Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑު ޤައުމީ ޓީމު

ބެލްޖިއަމް ކައިރިން އިންގްލެންޑް ސަލާމަތްކޮށްދިނީ ބެލިންހަމް

ބްރެޒިލާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ވެސް އިންގްލެންޑު ވަނީ ބަލިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2024 | އަންގާރަ 23:10
މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާ ފާޅުކުރަނީ

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑު އެއްްވަރުވެއްޖެ އެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. އޭގެ ކުރިން ބްރެޒިލާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން އިންގްލެންޑު ވަނީ ބަލިވެފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބެލްޖިއަމް އިންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޔޫރީ ޓިއެލެމަންސް އެވެ. އޭނާ އެ ލަނޑު ޖެހީ އަމަދޫ އޮނާނާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ހަ މިނެޓު ފަހުން އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިވާން ޓޮނޭ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ޖަރޫޑް ބޮވެން ވަނީ ލަނޑު ޖަހައި އިންގްލެންޑަށް ލީޑު ވެސް ނަގައިދީފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަލައި ނުގަތުމަށެވެ. އޭގެ ފަހުން 36 ވަނަ މިނެޓުގައި ޓިއެލެމަންސް ވަނީ ދެ ވަނަ ލަނޑު ޖަހައި ބެލްޖިއަމަށް ލީޑު ނަގައިދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައި އިންގްލެންޑު ސަމާލަތްކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. އޭނާ އެ ލަނޑު ޖެހީ ޖޭމްސް މެޑިސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މިއީ މިއަހަރު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑުން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުތަކެކެވެ. ނަމަވެސް، ޔޫރޯ އަށް ކުރިމަތިލާއިރު، އިންގްލެންޑުގެ ފޯމު މި ވަނީ ދަށްވެފަ އެވެ.

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2017

ޑޭވިސް ކަޕް: ބެލްޖިއަމް ބަލިކޮށް ފްރާންސް ޗެމްޕިއަންކަން ހޯދައިފި

27 ނޮވެމްބަރު 2017
ޑޭވިސް ކަޕް: ބެލްޖިއަމް ބަލިކޮށް ފްރާންސް ޗެމްޕިއަންކަން ހޯދައިފި
11 ނޮވެމްބަރު 2017

ވޯލްޑް ފްރެންޑްލީ: ބެލްޖިއަމް އާއި މެކްސިކޯ އެއްވަރުވެއްޖެ

11 ނޮވެމްބަރު 2017
ވޯލްޑް ފްރެންޑްލީ: ބެލްޖިއަމް އާއި މެކްސިކޯ އެއްވަރުވެއްޖެ
05 ނޮވެމްބަރު 2017

އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި

05 ނޮވެމްބަރު 2017
އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި
11 އޮކްޓޯބަރު 2017

އެއްވެސް މެޗަކުން ބަލިނުވެ ބެލްޖިއަމް ކޮލިފައިން ނިންމާލިއިރު، ގްރީސް ޕްލޭއޮފްއަށް

11 އޮކްޓޯބަރު 2017
އެއްވެސް މެޗަކުން ބަލިނުވެ ބެލްޖިއަމް ކޮލިފައިން ނިންމާލިއިރު، ގްރީސް ޕްލޭއޮފްއަށް
18 ސެޕްޓެމްބަރު 2017

ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް

18 ސެޕްޓެމްބަރު 2017
ޑޭވިސް ކަޕް: ފައިނަލްގައި ވާދަކުރާނީ ބެލްޖިއަމް އާއި ފްރާންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު