Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެޑެން ހަޒާޑް

ހަޒާޑް، ޗުއްޓީ ހޭދަ ކުރުމަށް ރާއްޖޭގައި

ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ މަންޒަރު ފެންނަ ފޮޓޯތައް، ހަޒާޑް ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2025 | ހޮނިހިރު 06:49
ބެލްޖިއަމްގެ ކުރީގެ ކެޕްޓަން އެޑެން ހަޒާޑް، ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް ނަގަފާއިވާ ފޮޓޯއެއް

ބެލްޖިއަމްގެ ކުރީގެ ކެޕްޓަން އެޑެން ހަޒާޑް، ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް ނަގަފާއިވާ ފޮޓޯއެއް

ބެލްޖިއަމްގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އެޑެން ހަޒާޑް، ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ހަޒާޑް ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ، ޖޯލި މޯލްޑިވްސްގަ އެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ މަންޒަރު ފެންނަ ފޮޓޯތައް، ހަޒާޑް ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

ލީލް އިން ސީނިއާ ކެރިއަރު ފަށި ހަޒާޑް އެންމެ ބޮޑަށް ވިދާލީ ޗެލްސީގަ އެވެ. 2007 ވަނަ އަހަރު ލީލް އިން ސީނިއާ ކެރިއަރު ފަށި ހަޒާޑް ޗެލްސީ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. ހަޒާޑް ވަނީ ޗެލްސީ އަށް ކުޅެދިން 352 މެޗުގައި 110 ލަނޑު ޖަހައިފަ އެވެ.

ޗެލްސީގައި ހަޒާޑް ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން، ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ 2019 ވަނަ އަހަރު އޭނާގެ ސޮއި ހޯދަައިފަ އެވެ. ނަމަވެސް ރެއާލަށް ބަދަލުވީ ފަހުން ހަޒާޑަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. ރެއާލަށް ކުޅެދިން 76 މެޗުގައި ހަޒާޑް ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.

ބެލްޖިއަމްގެ ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރި ހަޒާޑް މިހާރު ހުރީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފަ އެވެ. 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށްފަހު އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފަ އެވެ.

ރެއާލްގައި ހަޒާޑަށް އޭނާގެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނީ އަނިޔާ އަދި ފިޓްނަސްގެ މައްސަލަތަކާ ހެދި އެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަޒާޑް ވަނީ ރަސްމީ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން ކުއްލި އަކަށް އިއުލާން ކޮށްފަ އެވެ.

އެޑެން ހަޒާޑް

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2023

މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު: ހަޒާޑް

10 އޮކްޓޯބަރު 2023
މިވަގުތަކީ ލޯބިވާ މީހުންނާއެކު އުފާކޮށް އައު ތަޖުރިބާތަކެއް ކުރަންވީ ވަގުތު: ހަޒާޑް
10 އޮކްޓޯބަރު 2023

32 އަހަރުގައި ހަޒާޑް ކުޅުން ހުއްޓާލައިފި

10 އޮކްޓޯބަރު 2023
32 އަހަރުގައި ހަޒާޑް ކުޅުން ހުއްޓާލައިފި
04 ޖޫން 2023

ހަޒާޑް ދޫކޮށްލުމުން ރެއާލަށް ހަތް މިލިއަން ޔޫރޯގެ ފައިދާއެއް

04 ޖޫން 2023
ހަޒާޑް ދޫކޮށްލުމުން ރެއާލަށް ހަތް މިލިއަން ޔޫރޯގެ ފައިދާއެއް
07 ޑިސެމްބަރު 2022

ހަޒާޑް ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

07 ޑިސެމްބަރު 2022
ހަޒާޑް ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
30 މެއި 2022

އަންނަ އަހަރަކީ އަހަރެންގެ އަހަރު: ހަޒާޑު

30 މެއި 2022
އަންނަ އަހަރަކީ އަހަރެންގެ އަހަރު: ހަޒާޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު