Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ ގެ ރެސިޑެންޓް ކޯޑިނޭޓަރ

އދ ގެ ރެސިޑެންޓް ކޯޑިނޭޓަރ އިންތިހާބީ ރައީސާއި ބައްދަލުކުރައްވައިފި

އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ. ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އޮކްޓޯބަރު 2023 | އަންގާރަ 07:20
އދން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ އިންތިހާބީ ރައީސާއި ބައްދަލުކުރެއްވުން

އދން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ އިންތިހާބީ ރައީސާއި ބައްދަލުކުރެއްވުން

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ، ކެތަރީން ހެޒްވެލް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ބައްދަލުވުމުގައި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އ.ދ. އިން ދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ. ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

އ.ދ. ގެ ރެސިޑެންޓް ކޯޑިނޭޓަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. މި ގޮތުން އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ޕްލޭނަށާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންފައިވާ ޤައުމީ ތަރައްޤީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް ތަޢުރީފުކުރެއްވިއެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު