Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ރައީސް ޔާމީން

ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު

ރަައީސް ޔާމީން ހުންނެވީ ގިނިކަންޔާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޖުލައި 2017 | ހުކުރު 19:00
ސަމީރު: ރައީސް ޔާމީން ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވި

ސަމީރު: ރައީސް ޔާމީން ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެންދަވަނީ ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުންކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'މި ރައީސް' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅު ހުރިގޮތަށް ބަލާއިރު ބޮޑަށް ޤަބޫލުފުޅުކުރެއްވެނީ ރައީސް ގެންދަވަނީ ރާއްޖޭގައި އިސްލާމްދީނަށް ގޮންޖައްސަވަމުންކަމަށް ކަމަށާއި ދީނުގެ ކަންތައްތަކާއި މެދު އެމަނިކުފާނު އަމަލުކުރައްވަނީ ދީނުގެ އުސޫލުތަކާއި، ހަމަތަކާއި ޚިލާފަށް ކަމަށެވެ.

ސަމީރު ވިދާޅުވީ، ރައީސް ޔާމީން ރިޝްވަތުގެ ހުތުރު އަމަލު ހިންގެވުމަށްޓަކައި ނައިބު ރައީސް ބޭނުންފުޅުކުރެއްވި ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުން ރައީސް ޔާމީންއާ ދެކޮޅަށް ލޯކަލް ކައުންސިލް އިންތިޙާބުގައި ބަސް ބުނެފި. ރައްޔިތުން ނޭދޭ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނަވާކަށް. ރައީސްގެ އަމަލުތަކަށް ބަލާއިރު ރާއްޖޭގެ އިސްލާމްދީނާއި އެތައް ޚިލާފު އަމަލުތަކެއް ކުރައްވާފަ އެބަހުރި" ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގެންނެވި ކަމަށާއި، އެއްވެސް ތަނަކަށް އެއްވެވޭނެ ގޮތް މިއަދު ނެތްކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ނޫންކަމަށާއި ޖުޑިޝަރީވެސް އޮތީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ނޫންކަމަށެވެ.

ރައީސް ޔާމީން ހުންނެވީ ގިނިކަންޏާ ކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ހިސާބުން ރައީސް ޔާމީންގެ ކައްތައްތައް ނިމިގެން ހިނގައިދާނެ ކަމަށާއި ރައީސް ޔާމީން ރައްޔިތުންނަށް ބިރުދައްކަވަމުން ގެންދަވަނީ އެހެންވެގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންފުޅު ކުރައްވައިގެން ރައީސް ޔާމީން ބޭނުންފުޅުވެލައްވާގޮތަށް ޤާނޫނު ބަދައްލުކުރެއްވިކަންވެސް ސަމީރު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު