Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނަށް ދެމުންދާ ހަމަލާތައް

ފަލަސްތީނުގެ ޢާއްމުންނަށް ދޭ ކޮންމެ ހަމަލާއަކަށް އިސްރާއީލުގެ ރަހީނަކު ކަތިލާނަން: ހަމާސް

10 އޮކްޓޯބަރު 2023 | އަންގާރަ 04:18

ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 687 މީހުން ޝަހީދުވެ 3726 މީހުން ޒަޚަމްވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 10 އޮކްޓޯބަރު 2023 | އަންގާރަ 04:18
އިސްރާއިލުން، ހޮނިހިރު ދުވަހުން ފެށިގެން ކެނޑިނޭޅިދަނީ ވައިގެމަގުން ހަމަލާތައްދެމުން

އިސްރާއިލުން، ހޮނިހިރު ދުވަހުން ފެށިގެން ކެނޑިނޭޅިދަނީ ވައިގެމަގުން ހަމަލާތައްދެމުން

ފަލަސްތީނުގެ ޢާއްމުންނަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކަށް، ހަމާސްއިން ހިފަހައްޓާފައިވާ އިޒްރޭލުގެ ރަހީނަކު ކަތިލާނެ ކަމުގެ އިންޒާރު ހަމާސް ޖަމާޢަތުން ދީފިއެވެ.

ހަމާސްގެ ހަތިޔާރު އެޅި މީހުން ހަފުތާ ބަންދުގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދަނީ މެދުނުކެނޑި ވަރުގަދަ ހަމަލާތަކެއް ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުންނެވެ.

އިސްރާއީލުގެ ޓީވީ ޗެނަލްތަކުން ބުނީ ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 900 އަށް އަރާފައިވާ ކަމަށާއި 2،600 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ބަންދުކޮށްފައިވާ އެންކްލޭވްއަށް ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 687 މީހުން ޝަހީދުވެ 3726 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި އިޓަލީ، ޔޫކްރެއިން އަދި އެމެރިކާއަށް ނިސްބަތްވާ ރައްޔިތުން ވެސް ހިމެނޭ އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާގެ 11 މީހަކު މަރާލާފައިވާ ކަމަށް ހޯމަ ދުވަހު އިއުލާން ކުރައްވައިފަ އެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ އެ ޖަމާއަތުން ރަހީނުންނާމެދު އަމަލު ކުރަމުން ދަނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިންކަމާށާއި، ގައިދީންނަށް އަނިޔާވެރި ނުވާކަމަށެވެ. ނަމަވެސް އުބައިދާ އިންޒާރުދެއްވީ އިސްރާއިލް ސިފައިން ފަލަސްތީނުގެ ޢާއްމުންނަށް ހަމަލާދޭނަމަ ފަހަރަކު ގައިދީއަކު އެއްވެސް އިންޒާރެއް ދިނުމަކާއި ނުލައި ކަތިލަމުން ދާނެކަމަށެވެ.

ހަމާސްގެ އިތުރުން އިސްރާއީލުގެ 30 އަށް ވުރެ ގިނަ މީހުން ހިފަހައްޓައިގެން ތިބި ކަމަށް ބުނާ އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފިންވެސް ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ރަހީނުންނާ މެދު ވިސްނާނަމަ އާންމުންނަށް ހަމަލާ ނުދިނުމަށް އިސްރާއީލުގެ ކިބައިން އެދިފަ އެވެ.

ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އިންޒާރު ތަކާއެކުވެސް އިސްރާއީލުން ބަދަލުހިފުމުގެ ގޮތުންވަނީ ފަލަސްތީނުގެ ޣާއްޒާއަށް ދެމުންދާ ފެނާއި، ކަރަންޓާއި، ކާބޯތަކެތި ހިމެނޭހެން ޒަރޫރީ ވަޞީލަތްތަކާއި ޚިދުމަތްތައް ބަންދުކޮށްފައެވެ.

ފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް