Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރޮބާޓޯ ބާސެލޯނާ ސަލާމަތް ކޮށްދިންއިރު، ޔަމާލަށް ރެކޯޑެއް

މި ނަތީޖާ އާއެކު ބާސެލޯނާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޮކްޓޯބަރު 2023 | ހޯމަ 05:34
ބާސެލޯނާ އިން ކުޅުނު މެޗުގައި ލަމީން ޔަމާލް ލަނޑު ޖަހަަނީ

ބާސެލޯނާ އިން ކުޅުނު މެޗުގައި ލަމީން ޔަމާލް ލަނޑު ޖަހަަނީ

ސްޕެނިޝް ލީގުގައި ގްރަނަޑާއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ބާސެލޯނާ އެއްވަރުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ވެސް ގްރަނަޑާ އިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ގްރަނަޑާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ  ބްރަޔަން ޒަރަގޯޒާ އެވެ. އޭނާ އެ ލަނޑު ޖެހީ ލޫކަސް ބޯޔީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޖެރާޑް ގުމްބާއު ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްރަނަޑާގެ ދެ ވަނަ ލަނޑު ޖެހީ ވެސް  ބްރަޔަން ޒަރަގޯޒާ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. އެ ލަނޑާއެކު އޭނާ ވެފައި ވަނީ ސްޕެނިޝް ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ބާސެލޯނާ އިން ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށެވެ. ޑިފެންޑަރު އަލެހާންޑްރޯ ބާލްޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ކެޕްޓަން ސާޖީ ރޮބާޓޯ އެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މި ނަތީޖާ އާއެކު ބާސެލޯނާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 24 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް ލިބެނީ 22 ޕޮއިންޓެވެ.

ސްޕެނިޝް ލީގުބާސެލޯނާލަމިން ޔަމާލް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު