Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ރައްޔިތުން ތަމްސީލުކުރަން ހޮވި މެންބަރަކު މަސައްކަތް ކުރަންޖެހޭނީ ވަކި މީހެއްގެ ޙައްގުގައެއް ނޫން!

ޔާމީނާއި ޕާޓީ އަދި ޤައުމުގެ ޙައްގުގައި މަސައްކަތް ކުރެއްވީ އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދެއްވާ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2023 | ހުކުރު 04:28
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހަށް ފަސް އަހަރުގެ ދައުރަކަށް ދާއިރާތަކުން މެންބަރުން ހޮވަނީ އެ ދާއިރާއެއްގެ ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރުމަށެވެ. އެ ރައްޔިތުންގެ ބަސް މަޖިލީހުގެ ތެރޭގައި އިއްވުމަށެވެ. ނަމަވެސް މަޖިލީހުގައި ބައެއް ދާއިރާތަކުގެ އަޑުވެސް ނީވެއެވެ. ބައެއް މެންބަރުންނަކީ ތިބި ބައެއްކަން ވެސް ރައްޔިތުންނަށް އެނގެނީ ދެވަނަ ދައުރަކަށް ވާދަކުރަން ނުކުންނަ ހިސާބުންނެވެ.

މަޖިލީހުގެ ހާޒިރީގައި ފަހަތުން ޖާގަ ހޯދާ މެންބަރުންވެސް އެބަތިއްބެވެ. ނަމަވެސް މިފަހަރު މިދައްކަން އުޅެނީ އެ މެންބަރުންގެ ވާހަކައެއް ނޫނެވެ. މަޖިލީހަށް ހާޒިރުވިޔަސް އަމިއްލައަށް "ދާއިރާއަށް ދޭންވީ ވަގުތު" ނުދެވޭ ކަމަށް ވިދާޅުވި މެންބަރެއްގެ ވާހަކައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ބަސްފުޅަކަށް ރައްދު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކައެކެވެ.

ޔާމީން ސަޕޯޓަރުންނާ މުޙާތަބު ކުރައްވައި ވިދާޅުވީ މަގާމުތައް ލިބުމުން ފިނި ކޮޓަރިއަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށާއި މަގުމަތީގައި ތިބެނީ އެމަނިކުފާނުދެކެ ލޯބިވާ އާއްމު ރައްޔިތުން ކަމަށެވެ. އަދި ބޮޑެތި ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ފަސޭހަތަކެއް ލިބިގެންދިޔައީ އެމަނިކުފާނާއި އެ މަނިކުފާނުގެ ޓީމުން ކުރެއްވި މަސައްކަތުން ކަމަށް ވިދާޅުވެ ނަން ހާމަނުކުރައްވައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ފަރާތްތަކަށް ވަނީ ނުސީދާގޮތުން ފާޑު ވިދާޅުވެފައެވެ.

ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހުންނެވިއިރު މުޒާހަރާތައް ރޭވުގަޔާއި އަމަލީގޮތުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ޔާމީނާއި ޕާޓީ އަދި ޤައުމުގެ ޙައްގުގައި އެގޮތަށް ކަންކަން ކުރެއްވީ "އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދީ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފުގެ މި ޓްވީޓަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ދާއިރާގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކު ދާއިރާއަށް ވަގުތު ނުދޭންވީ ސަބަބާ މެދު ސުވާލު އުފައްދާފައެވެ. އަދި ދާއިރާއަށް ވަގުތު ނުދިން ވާހަކަ ދައްކަވަން ލަދުގަންނަންވާނެ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ދާއިރާއަށް އިހުމާލުވެފައިވާކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންވީއެވެ. ރައްޔިތުންގެ ބަސް އިއްވުމަށް ހޮވާފައިވާ މެންބަރަކު އެންމެ މީހެއްގެ ޙައްގުގައި މަސައްކަތް ކުރުމަށް އޭނާ ހޮވުމަށް ވޯޓުލީ އެތައް ބަޔަކާއި އޭނާ ތަމްސީލުކުރައްވާ ދާއިރާގެ އެތައް ބަޔަކު ބާކީ ކޮށްލިކަމަށް އިއުތިރާފުވެވަޑައިގެންނެވީއެވެ. ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާ ނުކުރެވުނު ކަމަށް އެއްބަސްވެވަޑައިގެންނެވުނީއެވެ. އެކަން ވެސް ހަދުމަފުޅުވީ ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ.

ތަމްސީލު ކުރައްވާ ދާއިރާއަށް ވަގުތު ނުދެއްވާކަމަށް ވިދާޅުވިއިރު އެ ދާއިރާ ތަމްސީލު ކުރައްވާ ކަމަށް ނެންގެވި މުސާރައަކީ ކޮން ހަމައަކުން ނެންގެވި މުސާރައެއްތޯ ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. ބަރާބަރަށް މުސާރަ ނަންގަވައިގެން ހުރެ އެފަދަ ވާހަކަ ދެއްކުން ލަދުވެތިއިރު، އެހެން ބުނަން ކެރެންވާނީ ރައްޔިތުންގެ ޙައްގުގައި ކުރާ މަސައްކަތުން ލިބޭ މުސާރައަށް ވެސް ނޫނެކޭ ބުނުމަށްފަހުއެވެ.

ކުރިއަށް އޮތީ މަޖިލިސް އިންތިޚާބެވެ. އަނެއްކާވެސް ވޯޓު ހޯދަން އަންނައިރު އަމިއްލަ ދާއިރާއަށް ކުރެވުނު ކަމަކާއި އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށް ކުރެވުނު ކަމެއް އެ ދާއިރާގެ ރައްޔިތުންނަށް ސާފުކޮށް ކިޔައިދެވެން ޖެހޭނެއެވެ. ދާއިރާގެ ގޮނޑިއަށް އަންނަންވާނީ އެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. ވަކި މީހެއްގެ ޙައްގުގައި މުޅި ދައުރު ހޭދަކޮށްލާކަށް ނޫނެވެ.

ރައްޔިތުންގެ މަޖިލިސްމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު