Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީންގެ ރައްދު މުއިއްޒުއަށް

މަގާމުތައް ލިބުނީމާ ފިނި ކޮޓަރިއަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ - ޔާމީން

5 އޮކްޓޯބަރު 2023 | ބުރާސްފަތި 08:46

ބޮޑެތި ގޮނޑިތަކުގައި ތިބި ބޭފުޅުންނަށް އެ ފަސޭހަތަކެއް ލިބިގެންދިޔައީ ރައީސް ޔާމީނާއި ޓީމް ކުރި މަސައްކަތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 08:46
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން

މަގާމުތައް ލިބުނީމާ ފިނި ކޮޓަރި އަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށް ވިދާޅުވެ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ގެއަށް ބަދަލުކޮށްފައިވަނިކޮށް، ބުދަ ދުވަހުގެ ރޭ އެމަނިކުފާނަށް ފަރިވަޅުއެރުވުމަށް ދިޔަ ސަޕޯޓަރުންނާއި ކުޑަދޮރުކައިރީގައި ހުންނަވައިގެން ވާހަކަފުޅުފައްކަވަމުން ޔާމީން ވިދާޅުވީ މިހާރުވެސް ފެނިގެން މިދަނީ އެތައް މަސައްކަތެއް ކުރުމަށްފަހުގައި، ގޭގައި ހުންނަންޖެހުނީމަ ނޫނިއްޔާ ޖަލަށްލީމަ އާދައިގެ އާންމު ރައްޔިތުންތަކެއް، އެމަނިކުފާނު ދެކެ ލޯބިވާ ރައްޔިތުންތަކެއް ނުކުންނަތަން ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ބޮޑެތި ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ފަސޭހަތަކެއް ލިބިގެންދިޔައީ ރައީސް ޔާމީނާއި ޓީމް ކުރެއްވި މަސައްކަތުން ކަމަށެވެ.

ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔާމީން ރީތި ގޮތުގައި މިނިވަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވައި، މަގުމަތީ ހަރަކާތްތަކާއި އެއްވުންތައް ނުބޭއްވުމަށް ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފައިވަނިކޮށެވެ. ނަމަވެސް އެރޭވެސް މަގުތަކަށް ނުކުމެ ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅު ސަޕޯޓަރުން ދިޔައީ ގޮވަމުންނެވެ.

ނަމަވެސް ޔާމީން ވަނީ މުއިއްޒުގެ މި ވާހަކަފުޅަށް ނުސީދާގޮތަކަށް ފާޑުވިދާޅުވެ، އެމަނިކުފާނާއި ސަޕޯޓަރުންގެ މަސައްކަތުން ފިނިކޮޓަރީގައި އިންނަން ފުރުސަތު ލިބުމުން ކަންކަން މަތިން ހަނދާންނެތޭކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހަށް ނުކުމެވަޑައިގެން، ކެމްޕޭނަށް ވަޑައިގަންނަވާނީ ސަޕޯޓަރުން ކައިރިއަށް ކަމަށެވެ. ޓަކި ޖަހާނީ ސަޕޯޓަރުންގެ ގޭގޭގައި ކަމަށް، ގެކޮޅު ކައިރިއަށް ފަރިވަޅު ހިފައިގެން އައިސް ތިބި ސަޕޯޓަރުންނަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.

ނަމަވެސް ސަޕޯޓަރުން މިއަދު މަގުމައްޗަށް ނުކުމެ ތިބީ އެމަނިކުފާނުގެ ހައްގުގައި ކަމަށާއި، މާލޭގެ ގޮނޑިތަކާއި ރަށްރަށުގެ ގޮނޑިތަކަށް ކުރިމަތިލައްވާ ބޭފުޅުންނާއި "އަޅުގަނޑުމެންގެ" ބޭފުޅުން ސަޕޯޓަރުން ކައިރިއަށް ވަޑައިގަންނަވާނެ ވޯޓު ހޯދަން ދާނެ ކަމަށެވެ. ޔާމީން ވިދާޅުވީ ނުކުމެ ތިބީ ގިނައިން ކަނބަލުން ކަމަށާއި، ތާއިދު ހޯދަން އަންނަ ފަރާތްތަކާއި ސަލާމްކުރައްވާ، ރައީސް ޔާމީންގެ ހައްގުގައި ތިމަންނަމެން ނުކުތީ މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ފަހު ކަމަށާއި މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށް ވިދާޅުވުމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ޔާމީން ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިއީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި، މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ. އަދި ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވީ ގައުމުގެ މަސްލަހަތަށް ބައްލަވާފައި ކަމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ ޔާމީން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވާތީ އަމަލު ކުރަމުން ގެންދާނީ ގައިދީންނާމެދު އަމަލު ކުރާ އުސޫލުގެ މަތިން ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް