Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

5 އޮކްޓޯބަރު 2023 | ބުރާސްފަތި 00:46

ވޯޓު ކަރުދާސް ނައްތާލުމުގެ ކުރިން ބާތިލު ވޯޓުތަކުގެ ކޮންމެސް މިންވަރެއް އީސީން ބަލާނެކަމަށް ހަބީބު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 00:46
ރިޔާސީ އިންތިޚާބު ރަސްމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރިޔާސީ އިންތިޚާބު ރަސްމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނު(އީސީ)ން ދިރާސާއެއްކުރާނެކަމަށް އެކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ ދެވަނަ ބުރުގައި ފުރަތަމަ ބުރަށްވުރެ ބާތިލު ވޯޓު ގިނަކަމަށެވެ.

Advertisement - newsAdvertisement

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއަށް ބަލާއިރު ބާތިލު ވޯޓުގެ އަދަދަކީ 4835 އެވެ. ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ބޭއްވި ދެވަނަ ބުރުގެ ރަސްމީ ނަތީޖާއަށް ބަލާއިރު ބާތިލު ވޯޓުގެ އަދަދު ވަނީ 7888ށް މައްޗަށް ޖެހިފައެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ހަބީބު ވިދާޅުވީ މިހާތަނަށް އައިއިރު އަދި ބާތިލު ހުރިހާ ވޯޓެއް ފެނިވަޑައިގަންފައިނުވާކަމަށެވެ. ނަމަވެސް ބައެއް މީހުން ފޮނުވާފައިހުރި ފޮޓޯތަކަށް ބަލާއިރު ބައެއް ވޯޓު ބާތިލުވެފައިވަނީ ވޯޓު ކަރުދާހުގައި ކުރަހައިގެން ނުވަތަ ލިޔެގެންކަމަށެވެ. ނަމަވެސް ބައެއް ވޯޓު ކަރުދާސް ބާތިލުވެފައިވާ ގޮތަށް ބަލާއިރު ވަރަށް ހިތާމަކުރައްވާ ކަންކަން އެބަހުރިކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މީގެކުރީގެ އިންތިޚާބުތަކުގައި ވޯޓު ބާތިލުވެފައި ހުރި ގޮތްތަކާއި މިފަހަރު ބާތިލުވެފައި ހުރި ގޮތްތަކަށް ބަލާއިރު އައު ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަންކަމަކީ ދިރާސާ ކުރަންޖެހޭކަންކަންކަމަށާއި އެކަންކަން އީސީން ދިރާސާކުރާނެކަމަށް ހަބީބު ވިދާޅުވިއެވެ.

އެގޮތުން ވޯޓު ކަރުދާސް ނައްތާލުމުގެ ކުރިން ބާތިލު ވޯޓުތަކުގެ ކޮންމެސް މިންވަރެއް އީސީން ބަލާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އީސީގެ ދިރާސާއަށްފަހު މިކަމަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. މީގެއިތުރުން އިންތިޚާބުތަކާއި ބެހޭ ގާނޫނުތަކަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ހެދިފައިވާ ގާނޫނުތަކަކަށްވާއިރު މިޒަމާނަށް ފެތޭ ގޮތަށް ގަނޫނަށް ބަދަލުތަކެއްވެސް އަންނަންޖެހޭކަމަށް ހަބީބު ވިދާޅުވިއެވެ.

މިމަސައްކަތްކުރަންޖެހޭނީ އިންތިޚާބެއް ބޯމަތިވެފައި ނެތް ދުވަސްވަރެއްގައި ކަމަށާއި އެކަމާއި ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި އީސީން މަޝްވަރާތައް ކުރާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2023އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް