Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

2034 ގެ ފީފާ ވޯލްޑް ކަޕް ބާއްވަން ސައުދީން ބިޑު ކުރަނީ

އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަން އިން އިސްނަގައިގެން 2034 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑު ކުރުމުގެ މަޤްސަދަކީ ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 00:38
ފީފާ ވޯލްޑް ކަޕްގެ ތަށި

ފީފާ ވޯލްޑް ކަޕްގެ ތަށި

ފުޓުބޯޅައިގައި ގިނަ އިންވެސްޓުތަކެއް ކުރަމުން އަންނަ ސައުދީ އަރަބިޔާ އިން، 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ނިންމައިފި އެވެ.

އެކަން ހާމަކޮަށް ސައުދީގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަން އިން އިސްނަގައިގެން 2034 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑު ކުރުމުގެ މަޤްސަދަކީ ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުން ކަމަށެވެ. އިތުރަށް ބުނެފައި ވަނީ މުބާރާތް ބާއްވަން ބިޑު ކުރަން އެ ޤައުމުން ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާ ހުރި ޤައުމުތަކުގެ އެހީތެރިކަމާއި، އެއްބާރުލުން ލިބޭނެކަން ޔަގީންވުމުން ކަަމަށެވެ. ހަމައެހެންމެ މިއަހަރު އެ ޤައުމުގައި ބާއްވާ ފީފާ ކުލަބު ވޯލްޑް ކަޕް އަދި 2027 ވަނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މަރުޙަބާ ދެންނެވުމަށް މިހާރު ޕްލޭންތައް ރާވަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސައުދީން މިކަން އިއުލާން ކޮށްފައި މިވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ޤައުމުތަކުގެ ގޮތުގައި މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލް ފީފާ އިން ކަނޑައަޅައި، އަދި މުބާރާތުގެ 100 އަހަރު ފުރުމުގެ މުނާސަބަތުގައި އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭ އިން ފުރަތަމަ މެޗުތައް ބޭއްވުން ނިންމާފައިވާކަން އިއުލާން ކުރިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޝިއާ ނުވަތަ އޯޝޭނިއާ ސަރަހައްދުގައި ކަމަށް ފީފާ އިން ބުނުމުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވަނީ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ ފިރިހެން ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތް ކަމަށްވާ، ފީފާ ވޯލްޑް ކަޕަށް ބިޑުކޮށް، މުބާރާތް ބޭއްވުމަށް ހުރިހާ ކޮންފެޑެރޭޝަނަކަށް ވެސް އިތުރު ހަމަހަމަ ފުރުސަތެއް ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ފީފާ ވޯލްޑް ކަޕް ބާއްވަން ސައުދީން ބިޑު ކޮށްފައިވާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ، ނޭމާ ޖޫނިއާ އަދި ކަރީމް ބެންޒެމާ ފަދަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ދާދި ފަހުން ވަނީ ސައުދީ ޕްރޯ ލީގުގެ ކުލަބުތަކަށް ބަދަލުވެފަ އެވެ. އެއާއެކު އެ ޤައުމުގެ އަމާޒަކީ ވޯލްޑް ކަޕް މުބާރާތެއް އެ ޤައުމުގައި ބޭއްވުން ކަމަށް އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.

48 ޓީމު ވާދަކުރާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގަ އެވެ.

ފީފާފީފާ ވޯލްޑް ކަޕްސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު