Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަޝިއާ ފުޓުބޯޅަ ސަސްޕެންޝަން

ރަޝިޔާއަށް ޔޫރަޕްގެ ފުޓްބޯޅައަށް އާދެވޭނީ ހަނގުރާމަ ހުއްޓާލުމުން ކަމަށް ޔޫއެފާއިން ބުނެފި

4 އެޕްރީލު 2025 | ހުކުރު 10:50

ރަޝިއާފެ ފުޓުބޯޅަ އާއި ބެހޭގޮތުން ކެފަރިން ބުނެފައިވަނީ ރަޝިޔާގެ ސަސްޕެންޝަން އުވާލުމާއިމެދު ޔޫއެފާއިން ނުވިސްނާ ކަމަށާއި އެކަމާއި ގުޅޭގޮތުން ވިސްނާނީ ވެސް ޔުކްރޭނާއި ދެކޮޅަށް އެގައުމުން ކުރަމުން އަންނަ ހަނގުރާމަ ނިމުމުން ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 4 އެޕްރީލު 2025 | ހުކުރު 10:50
ޔުކްރޭނާއި ދެކޮޅަށް ކުރާ ހަގނުރާމަ ހުއްޓާލުމުން ނޫނީ ރަޝިއާގެ ފުޓުބޯޅައާއި މެދު ނުވިސްނާނޭ ކަމަށް ޔޫއެފާގެ ރައީސް އެލެކްސަންޑަރ ކެފެރިން ވަނީ ބުނެފަ

ޔުކްރޭނާއި ދެކޮޅަށް ކުރާ ހަގނުރާމަ ހުއްޓާލުމުން ނޫނީ ރަޝިއާގެ ފުޓުބޯޅައާއި މެދު ނުވިސްނާނޭ ކަމަށް ޔޫއެފާގެ ރައީސް އެލެކްސަންޑަރ ކެފެރިން ވަނީ ބުނެފަ

ސަސްޕެންޑް ކޮށްފައިވާ ރަޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނަށް އަލުން އަނބުރާ ޔޫރަޕްގެ ފުޓްބޯޅައަށް އާދެވޭނީ މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުން ކަމުގައި ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ބުނެފި އެވެ.

ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން މިފަދައިން ބުނެފައި ވަނީ ސާބިއާގެ ބެލްގްރޭޑްގައި ބުރާސްފަތި ދުވަހު ބޭއްވި ޔޫއެފާގެ އަހަރީ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނެވެ.

ރަޝިއާފެ ފުޓުބޯޅަ އާއި ބެހޭގޮތުން މި ބައްދަލުވުމުގައި ކެފަރިން ބުނެފައިވަނީ ރަޝިޔާގެ ސަސްޕެންޝަން އުވާލުމާއިމެދު ޔޫެއފާއިން ނުވިސްނާ ކަމަށާއި އެކަމާއި ގުޅޭގޮތުން ވިސްނާނީ ވެސް ޔުކްރޭނާއި ދެކޮޅަށް އެގައުމުން ކުރަމުން އަންނަ ހަނގުރާމަ ނިމުމުން ކަމަށެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ ރަޝިޔާ ސަސްޕެންޑް ކޮށްފައިވާނީ ފީފާ އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށާއި އަދި އެ ނިންމުން ބަދަލުކުރާނީވެސް އެފަރާތާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި އެކަމާއި މަޝްވަރާ ކުރާނީ ރަޝިޔާއިން މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމުން ކަމަށް ކެފަރިން ބުންޏެވެ.

ރަޝިޔާ އާއި އިޒްރޭލާއި ދެމެދު ތަފާތެއް އޮތް ކަމަށް ގަބޫލުކުރަންތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ކެފަރިން ބުނެފައިވަނީ އެ ދެ ގައުމުގެ ދެމެދުގައި އޮތް ފުޓްބޯޅައިގެ ތަފާތު ރޭންކިންއިން ފެނިގެންދާ ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން ދެ ގައުމާއި ގުޅޭ ގޮތުން ސުވާލު ނުކުރުމަށްވަނީ އޭނާ ވަނީ އެދިފައެވެ.

ރަޝިޔާއަށް ޔޫރަޕްގެ އެއްވެސް ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އެގައުމުގެ ގައުމީ ޓީމާއި ކްލަބްތައް ސަސްޕެންޑްކޮށްފައި ވަނީ 2022 ވަނަ އަހަރު އެގައުމުން ޔުކްރޭން އާއި ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ.

ރަޝިޔާއިންއެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައި ވަނީ 2018 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގަ އެވެ.

އިތުރަށް ކިޔާލަން

09 މެއި 2020

ޖަރުމަން ލީގު ފަށަން ނިންމުމަކީ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް: ކެފެރިން

09 މެއި 2020
ޖަރުމަން ލީގު ފަށަން ނިންމުމަކީ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް: ކެފެރިން
16 އެޕްރީލު 2020

"ޔޫރަޕްގެ ލީގުތައް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް"

16 އެޕްރީލު 2020
"ޔޫރަޕްގެ ލީގުތައް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް"
09 ފެބުރުއަރީ 2020

ފުޓްބޯޅައަށް ފައިދާވާނެ ކަމެއް ކުރަން ލަދެއް ނުގަންނަން: ސުޒޭން

09 ފެބުރުއަރީ 2020
ފުޓްބޯޅައަށް ފައިދާވާނެ ކަމެއް ކުރަން ލަދެއް ނުގަންނަން: ސުޒޭން
22 ޑިސެމްބަރު 2019

އެވެޓަން އާއި އެކު ޔޫރަޕްގެ ބޮޑު މުބާރާތެއް ކުޅެން ބޭނުން: އެންޗެލޮޓީ

22 ޑިސެމްބަރު 2019
އެވެޓަން އާއި އެކު ޔޫރަޕްގެ ބޮޑު މުބާރާތެއް ކުޅެން ބޭނުން: އެންޗެލޮޓީ
09 އޯގަސްޓު 2019

ޔޫރަޕްގެ އެންމެ މޮޅު ފޯވާޑްގެ މަގާމަށް ރޮނާލްޑޯ އަދި މެސީ ވާދަކުރަނީ

09 އޯގަސްޓު 2019
ޔޫރަޕްގެ އެންމެ މޮޅު ފޯވާޑްގެ މަގާމަށް ރޮނާލްޑޯ އަދި މެސީ ވާދަކުރަނީ
05 އޯގަސްޓު 2019

ޔޫރަޕްގެ ޗެމްޕިއަނުން ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ޕްރިމިއަރ ލީގު ޗެމްޕިއަން ސިޓީއިން އުފުލައިލައިފި

05 އޯގަސްޓު 2019
ޔޫރަޕްގެ ޗެމްޕިއަނުން ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ޕްރިމިއަރ ލީގު ޗެމްޕިއަން ސިޓީއިން އުފުލައިލައިފި
14 މާރިޗު 2019

އެފްއޭއެމް އާއި ކްލަބްތަކާ ދެމެދު ހިނގި ''ހަނގުރާމައިގައި'' ނުރަނގަޅު ކަންތައްތައް ވަނީ ހިނގާފައި: އަލީ ވަހީދު

14 މާރިޗު 2019
އެފްއޭއެމް އާއި ކްލަބްތަކާ ދެމެދު ހިނގި ''ހަނގުރާމައިގައި'' ނުރަނގަޅު ކަންތައްތައް ވަނީ ހިނގާފައި: އަލީ ވަހީދު
07 މާރިޗު 2019

ބަގޫޒުން އައިއެސްގެ އެތައް ސަތޭކަ ހަނގުރާމަވެރިން އަމާންދީ ހަވާލުވެއްޖެ:އެސްޑީއެފް

07 މާރިޗު 2019
ބަގޫޒުން އައިއެސްގެ އެތައް ސަތޭކަ ހަނގުރާމަވެރިން އަމާންދީ ހަވާލުވެއްޖެ:އެސްޑީއެފް
05 ޖެނުއަރީ 2019

މިޔަންމާގެ ރަކީން ސްޓޭޓްގައި ބުދިސްޓު ހަނގުރާމަވެރިންތަކެއް 13 ފުލުހުން މަރާލައިފި

05 ޖެނުއަރީ 2019
މިޔަންމާގެ ރަކީން ސްޓޭޓްގައި ބުދިސްޓު ހަނގުރާމަވެރިންތަކެއް 13 ފުލުހުން މަރާލައިފި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް