Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ ރާއްޖެ ގުޅުން

އެންމެ ގާތް ގައުމަކަށް ވާނީ އިންޑިޔާ، ހުވާކުރެއްވުމަށްފަހު ޑރ.މުއިއްޒުވެސް ފުރަތަމަ ދަތުރު އިންޑިޔާއަށް

މުންދު ދެއްވި ޔަގީންކަމަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އިންޑިޔާގެ އެންމެ ވަރުގަދަ އެއް ބައިވެރިއަކަށް ވާނީ އަދިވެސް ރާއްޖެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 އޮކްޓޯބަރު 2023 | ހޯމަ 14:40
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު

ދެން އުފެދޭ ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައިވެސް އިންޑިޔާ ވާނީ ރާއްޖެއާ އެންމެ ގާތް އެކުވެރި ގައުމަށް ކަމަށާއި ހުވާކުރެއްވުމަށްފަހު ރައީސުން އެންމެ ފުރަތަމަ ވަޑައިގަންނަވާ ގައުމަކަށް އިންޑިޔާ އޮންނައޮތުން އެގޮތުގައި އޮންނާނެކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ޝަރީފް(މުންދު) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްރީލަންކާ އާއި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ޝަރީފް އިންޑިޔާގެ "ދަ ވަޔަރ" އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ދެން އުފެދޭ ޕީޕީއެމް/ޕީއެންސީ ސަރުކާރާމެދު އިންޑިޔާ އިން އެއްގޮތަކަށްވެސް ކަންބޮޑުވާން ނުޖެހޭނެކަމަށެވެ. އިންޑިޔާ އަށްވުރެ ޗައިނާއަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިސްކަން ދޭނެކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާއި އެކަމާއި އިންޑިޔާއިން ކަންބޮޑުވާން ނުޖެހޭނެ ކަމަށް މުންދު ވިދާޅުވިއެވެ.

ފޯނުން ދެއްވި އިންޓަރވިއުގައި މުންދު ދެއްވި ޔަގީންކަމަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އިންޑިޔާގެ އެންމެ ވަރުގަދަ އެއް ބައިވެރިއަކަށް ވާނީ އަދިވެސް ރާއްޖެކަމެވެ.

ތާރީޚަށް ބަލާއިރު ރާއްޖޭގެ ރައީސަކު ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާގައުމަކީ އިންޑިޔާއެވެ.އެހެން ކަމުން އަދިވެސް އެ ޘަގާފަތް ދެމި އޮންނާނެ ކަމަށް ގަބޫލު ކުރައްވާކަމަށް މުންދު ވިދާޅުވި އެވެ.

އެހެންނަމަވެސް އެކަމާމެދު އަދި އިތުރަށް މަޝްވަރާކުރާނެކަމަށް މުންދު ވިދާޅުވިއެވެ. މީގެއިތުރުން ޑރ މުއިއްޒުގެ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނަވާފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި އިންޑިޔާއިން ފަށާފައިވާ ތަރައްގީގެ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާނެކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަރާނެ ފަދަ ކަމަކަށްވާނީ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިޔާއިން ހަދިޔާކުރި ހެލިކޮޕްޓަރުތަކުގެ މައްސަލަކަމަށެވެ.

އެއެއްބަސްވުމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ޕައިލޮޓުން ތަމްރީންވުމަށްފަހުވެސް ހެލިކޮޕްޓަރުތައް ރާއްޖޭގެ އަސްކަރިއްޔާ އާ ހަވާލުނުކޮށް އިންޑިޔާގެ ޕައިލޮޓުން އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުންކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ޔާމީން ސަރުކާރުގައި ޗައިނާ އާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ހަމައެކަނި ވިޔަފާރީގެ ގޮތުން ހަދާފައިވާ އެއްބަސްވުންތަކެއްކަމަށާއި އެއީ އަސްކަރީގޮތުން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުންތަކެއް ނޫންކަމަށެވެ.

މުންދު ވަނީ ރާއްޖޭގައި ތިބޭ އިންޑިޔާގެ ޑިޕްލޮމެޓުންނާއި ޕީޕީއެމް/ޕީއެންސީ އާ ގުޅުން ކުޑަކަމަށް އެއްބަސް ވެވަޑައިގަންނަވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންދަ ވަޔަރ އިންޑިއާދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް