Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު

އިންތިޚާބުގެ ކަންތައްތައް ދިޔަ ގޮތާމެދު ހިތްހަމަޖެހޭ: ފުއާދު

އިންތިޚާބުގެ ކަންތައްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2023 | އާދީއްތަ 07:44
އީސީގެ ރައީސް ފުއާދު ތައުފީޤު

އީސީގެ ރައީސް ފުއާދު ތައުފީޤު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކަންތައްތައް ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ފުއާދު ވިދާޅުވީ ޖުމްލަ ގޮތެއްގައި އިންތިޚާބުގެ ކަންތައްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ދިޔަ ކަމަށާއި ފުރަތަމަ ބުރުގައި ސްޕީޑް ލަސްވުމުން ދެ ސެޓަޕަށް މިފަހަރު ބަދަލުކުރުމުން އެ މައްސަލަ ހައްލުވެގެންދިޔަ ކަމަށެވެ.

ހިތްހަމަނުޖެހޭ ދެކަމެއް ދިމާވިކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ލ. ފޮނަދޫގައި ހުރި ވޯޓް ކަރުދާސްތައް ދޫކުރިއިރު އެ ކަރުދާސްތަކުގައި ކުރެހުމެއް ހުރެގެން ވޯޓްލުން ހުއްޓާލި ކަމަށާއި ކޮމިޝަންގެ ޓީމެއް ވަޑައިގެން އެކަން ހައްލުކުރެއްވި ކަމަށެވެ. އަދި ގދ. ވާދޫ ވޯޓްލާ ގަޑިކައިރިވެފައި ހުއްޓާ އައިޑީކާޑު މައްސަލައެއް ދިމާވެގެން މީހަކު ރުޅި އައިސްގެން ވޯޓް ފޮށި ފުނޑުފުނޑުކޮށްލިކަމަށެވެ. ނަމަވެސް އެއްވެސް ވޯޓް ކަރުދާސްކޮޅަކަށް ގެއްލުން ނުވާކަމަށް ވެސް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ކުދި ކުދި ހިތްހަމަނުޖެހުން މީހުންގެ ހުރިނަމަވެސް ކޮމިޝަނަށް ހައްލު ނުކުރެވޭވަރުގެ ކަމެއް ދިމާނުވާ ކަމަށެވެ. އަދި އެއްވެސް މީހަކު ވޯޓްލާން އައިސް، ވޯޓް ނުލެވި އެނބުރިދާން ނުޖެހުނު ކަމަށެވެ.

ފުއާދު މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވަނީ 30 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވަނީ ވިދާޅުވެފައެވެ.

އީސީގެ ނާއިބު ރައީސް ހަބީބު ވިދާޅުވީ އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯއަށް ޖުމްލަ 30 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، ދެ ޝަކުވާ އަށް ޖަވާބު ދީފައިވާ ކަމަށެވެ. އަދި 28 ޝަކުވާގެ މައްސަލަ ބަލަމުންދާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިޝަކުވާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ގުޅުންހުރި 2 މައްސަލަ، ރަޖިސްޓްރޭޝަންއާ ގުޅޭ އެއް މައްސަލަ، ވޯޓު ދިނުމުގެ ހައްގާއި ގުޅޭ 3 މައްސަލަ، އިންތިޚާބީ މުވައްޒަފުންނާއި ގުޅުންހުރި 15 މައްސަލަ، އެންޓި ކެންޕޭން ކުރުމާއި ގުޅޭ 3 މައްސަލަ، ވޯޓުގެ ސިއްރުކަމާއި ގުޅުންހުރި އެއް މައްސަލަ އަދި އެހެނިހެން 3 މައްސަލަ ހިމެނޭ ކަމަށެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ ސީރިއަސް މައްސަލަ އައިސްފައިނުވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނުއިރު 86 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު