Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަރަބި ލީގު

އަރަބި ލީގު ސަމިޓަށް ލީޑަރުން ބަޣްދާދަށް

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓުގައި ޣައްޒާގެ މައްސަލަ އާއި ސަރަހައްދުގެ އެހެން ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ލީޑަރުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 17 މެއި 2025 | ހޮނިހިރު 08:56
އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސެއިން އިރާގުގެ ބަޣްދާދުގައި ބޭއްވޭ 34 ވަނަ އަރަބި ލީގުގެ ސަމިޓަށް ވަޑައިގެންނެވި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަށް މަރުހަބާ ވިދާޅުވަނީ - މެއި 16، 2025

އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސެއިން އިރާގުގެ ބަޣްދާދުގައި ބޭއްވޭ 34 ވަނަ އަރަބި ލީގުގެ ސަމިޓަށް ވަޑައިގެންނެވި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަށް މަރުހަބާ ވިދާޅުވަނީ - މެއި 16، 2025

އިރާގު ގައި ބޭއްވޭ 34 ވަނަ އަރަބި ލީގުގެ ސަމިޓަށް ލީޑަރުން ބަޣްދާދަށް ވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓުގައި ޣައްޒާގެ މައްސަލަ އާއި ސަރަހައްދުގެ އެހެން ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ލީޑަރުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފްގެ ތިން ގައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވި ދަނޑިވަޅުގައި ބާއްވާ މި ސަމިޓުގައި ބައެއް އަރަބި ގައުމުތަކުގެ ވެރިން ބައިވެވެރިވެ ވަޑައިނުގަންނަވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ މައްސަލަ އަށް ސަމިޓުގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޅި ދުނިޔެއަށް ހައިރާންކަން ގެނުވި ވާހަކަފުޅެއް ޣައްޒާ އާ ބެހޭ ގޮތުން މިއަހަރުގެ ކުރީކޮޅު ދައްކަވާފައެވެ. އެއީ ޣައްޒާ ހިފައި، އެތަން "މެދުއިރުމަތީގެ ރިވިއެރާ އަށް" ބަދަލުކުރައްވާނެ ކަމަށް ވިދާޅުވުމެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވަނިކޮށް އަރަބި ލީޑަރުން މާރޗް މަހު ގާހިރާ ގައި ބޭއްވުނު ސަމިޓެއްގައި ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނެއް އެކުލަވާލިއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް އަކީ ބަޣްދާދަށް ހުކުރު ދުވަހު ވަޑައިގެންނެވި ފުރަތަމަ އަރަބި ލީޑަރެވެ.

ނަމަވެސް ޑިޕްލޮމެޓިކް މަސްދަރެއް ބުނާގޮތުގައި ގިނަ ގަލްފް ޤައުމުތަކުން ބައިވެރިވާނީ މިނިސްޓަރުންގެ ފެންވަރުގައެވެ.

މި ސަމިޓުގެ އެޖެންޑާގައި އެންމެ ބޮޑަށް އިސްކަންދޭނެކަމަށް ލަފާކުރެވެނީ ޣައްޒާގެ ހަނގުރާމައަށެވެ. ސަމިޓު ބޭއްވޭއިރު، އިސްރާއީލުން ވަނީ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ފުޅާކުރާނެ ކަމަށް ބުނެ، މުޅި ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމުގެ ޕްލޭނެއް އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ބުނެފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް މި ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ޣައްޒާގައި އިސްރާއީލުން ހިންގާ ނުރައްކާތެރި ހަމަލާތަކާމެދު ވަރަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއް ކަމަށްވާ ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މެހެމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވާނެކަމަށް ލަފާކުރެވެއެވެ.

އިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ވިދާޅުވި ގޮތުގައި ބަޣްދާދު ސަމިޓުގައި ޣައްޒާ އަލުން ބިނާކުރުމަށް މާރޗް މަހު ކައިރޯގައި ބޭއްވުނު ބައްދަލުވުމުގައި ނިންމުނު ނިންމުންތަކަށް ތާއީދުކުރާނެއެވެ. މިއީ ޓްރަމްޕްގެ ފާޑުކިޔުމާ ކުރިމަތިވި ހުށަހެޅުމުގެ ބަދަލުގައި ހުށަހެޅޭ ހުށަހެޅުމެކެވެ.

ބުރާސްފަތި ދުވަހު ގަތަރުގައި ހުންނަވައި ޓްރަމްޕް އަނެއްކާވެސް ވިދާޅުވީ އެމެރިކާ އިން ޣައްޒާ "ހިފައި" އެތަން "މިނިވަންކަމުގެ ސަރަޙައްދަކަށް" ބަދަލުކުރަން ބޭނުންފުޅުވާ ކަމަށެވެ.

ސަމިޓު ބޭއްވޭ އިރާޤަކީ ގިނަ އަހަރުތަކެއް ވަންދެން ހިނގި ނުރައްކާތެރި ހަނގުރާމަތަކާއި ހަމަނުޖެހުންތަކަށްފަހު ދާދިފަހުން އާންމު ޙާލަތަކަށް އައިސްފައިވާ ޤައުމެކެވެ. އެ ޤައުމުގެ ލީޑަރުން މި ސަމިޓަށް ބަލަނީ އިރާގަށް ހަމަޖެހުން އައިސްފައިވާ މަންޒަރު ދެއްކުމުގެ ފުރުޞަތެއްގެ ގޮތުގައެވެ.

ބަޣްދާދުގައި އެންމެ ފަހުން އަރަބި ލީގުގެ ސަމިޓެއް ބޭއްވުނީ 2012 ވަނަ އަހަރުއެވެ. އެއީ އެ ޤައުމުގެ އެތެރޭގައި ހަމަނުޖެހުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި އެއީ އިރާޤާ އިންވެގެންވާ ސީރިއާގައި ހަނގުރާމަ ފެށިގެން ދިޔަ ދުވަސްވަރެވެ. ސީރިއާގެ ހަމަނުޖެހުންތަކަށް ނިމުމެއް އަތުވެދާނެ ކަމުގެ އުއްމީދު ލިބޭ އައު ބާބެއް ފެށުނީ މީގެ 6 މަސްދުވަސް ކުރިން، ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެންނެވެ.

މި ސަމިޓު ބޭއްވެނީ އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއަރ މަޝްވަރާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ އިރާނާ އެކު އެއްބަސްވުމަކާ "ކައިރިވަމުން" އަންނަ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ޓްރަމްޕް އިންޒާރު ދެއްވީ އީރާނުން އަވަސް ނުވެއްޖެނަމަ "ނުރައްކަލެއް ހިނގާފާނެ" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

23 އޮކްޓޯބަރު 2017
ސައުދީ އަރަބިއްޔާއިން ގަތަރުގެ ވެރިކަން ބަދަލުކުރަން އުޅުނު:ގަތަރު

ސައުދީ އަރަބިއްޔާއިން ގަތަރުގެ ވެރިކަން ބަދަލުކުރަން އުޅުނު:ގަތަރު

19 އޮކްޓޯބަރު 2017
އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން އައިކާއޯއަށް ހުށަހަޅައިފި

އަލް އަރަބިއާއިން ދެއްކި ރިޕޯޓްގެ މައްސަލަ ޤަތަރުން އައިކާއޯއަށް ހުށަހަޅައިފި

20 އޯގަސްޓު 2017
ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

ސައުދީ އަރަބިއްޔާ އާއި އިރާގާ ގުޅިފައިވާ "އަރާރް ބޯޑަރު" ސައުދީން ހުޅުވާލަނީ

16 އޯގަސްޓު 2017
ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް

ހައްޔަރުކޮށްފައިވާ ވެނެޒުއޭލާގެ އިދިކޮޅު ދެ ލީޑަރުންގެ ރައްކާތެރިކަމަށް ޒިންމާވާން ޖެހޭނީ "ސީދާ ރައީސް ނިކޮލަސް މަޑޫރޯ": ރައީސް ޓްރަމްޕް

02 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު