Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާންގައި ބޮމެއް ގޮއްވާލުން

ޕާކިސްތާންގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 50 މީހުން މަރުވެ އިތުރު 52 މީހުންނަށް އަނިޔާވެއްޖެ

ހަމަލާއާ ގުޅިގެން ބަލޮޗިސްތާންގެ އޮފިޝަލުން ވަނީ އެހިސާބުގައި ސްޓޭޓް އޮފް އިމަރޖެންސީ ހިންގާފައެވެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 ސެޕްޓެމްބަރު 2023 | ހުކުރު 12:13
ޕާކިސްތާން ގައި ބޮންގޮއްވި ސަރަހައްދު

ޕާކިސްތާން ގައި ބޮންގޮއްވި ސަރަހައްދު

ޕާކިސްތާންގެ ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމަށްވާ ބަލޮޗިސްތާންގައި މީހަކު އަމިއްލަ ގައިގައި ބޮން ހަރުކޮށް ދިން ހަމަލާއެއްގައި 50 މީހުން މަރުވެ އިތުރު 52 މީހުންނަށް އަނިޔާތައް ލިބިއްޖެ އެވެ. އެގައުމުގައި ކީރިތި ރަސޫލާ (صلّى الله عليه وسلّم) ގެ އީދު މީލާދު ފާހަގަކުރީ ހުކުރު ދުވަހު ކަމަށް ވާއިރު ހަމަލާދީފައިވަނީ މިކަން ފާހަގަ ކުރުމަށާ ހުކުރު ނަމާދަށް މިސްކިތަށް މީހުން ޖަމާވި ވަގުތާ ދިމާކޮށް ކަމަށް ވެއެވެ. ހަމަލާ ދީފައިވަނީ ބަލޮޗިސްތާން ގެ މަސްޓުންގ ގެ ބޮޑު މިސްކިތެއްގެ ކައިރީގައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ބަލޮޗިސްތާންގެ އޮފިޝަލުން ވަނީ އެހިސާބުގައި ސްޓޭޓް އޮފް އިމަރޖެންސީ ހިންގާފައެވެ.

މިހަމަލާގެ ޒިންމާއަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

މީގެއިތުރުން ޕާކިސްތާންގެ ޕެޝާވަރުސިޓީއާކައިރި ހިސާބެއްގައިވެސް މިއަދުވަނީ ބޮމެއް ގޮއްވާލާފައެވެ. ހަންގޫ ޑިސްޓްރިކްޓްގައި ދިންހަމަލާގައި މަރުވި އަދި އަނިޔާވި މީހުންގެ ތަފްސީލްތައް އަދި ލިބިފައި ނުވި ނަމަވެސް، ހަމަލާއާގުޅިގެން ވެއްޓުނު މިސްކިތުގެ ފުރާޅުގެ ދަށުގައި ބަޔަކު ވެދާނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަންގޫ ގެ މިސްކިތަކީ ޕޮލިސް ކޮމްޕްލެކްސް އެއްގެ ތެރޭގައި ހިމެނޭ ކުޑަ މިސްކިތެކެވެ. އެތަނަށް އެއްފަހަރާ އެރެނީ 40 މީހުންނަށް ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

ބަލޮޗިސްތާންގައި ދިންހަމަލާ ދިނީ މީހަކު ގައިގައި ބޮން ހަރުކޮށްގެން ކަން އެޕްރޮވިންސްގެ ޕޮލިސްޗީފް އަބްދުލް ޚާލިޤް ޝެއިޚް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ހަމަލާ ދިންމީހާ ހުއްޓުވަން އުޅުމުގެ ސަބަބުން ސިނިއަރ ޕޮލިސް އޮފިސަރަކު މަރުވެފައިވާ ކަމަށެވެ.

އަފްޢާނިސްތާން އަދި އީރާނާ އިންވެގެން އޮންނަ ބަލޮޗިސްތާން އަކީ ޕާކިސްތާންގެ އެންމެ ބޮޑު ޕްރޮވިންސެވެ. މި ޕްރޮވިންސްގައި ތަހްރީކޭ ތާލިބާން ނުވަތަ އިސްލާމިކް ސްޓޭޓް ފަދަ ހަރުކަށި ޖަމާއަތް ތަކުން ދޭ ހަމަލާތައް ދިނުމަކީ އާންމު ކަމެކެވެ. ނަމަވެސް ހުކުރުދުވަހުގެ ހަމަލާ ދިނީ އެފަރާތުން ނޫން ކަމަށް ތަހްރީކޭ ޕާކިސްތާން ތާލިބާން އިން ބުނެފައި ވެއެވެ.

އަދި ހަމަ މިޑިސްޓްރިކްޓް ގައި މިދިޔަމަހު ހިންގި ބޮންގޮއްވުމުގެ ހާދިސާއެއްގައި މުސްލިމުންގެ ދީނީ އިމާމެއް ހިމެނޭ ގޮތުން އެގާރަ މީހުން މަރުވެފައި ވެއެވެ.     

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު