Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - lifeStyleAdvertisement
ލައިފް ސްޓައިލްބަރުދަން ލުއި ކުރުން

ހަތް ދުވަސް ތެރޭގައި ބަރުދަން ލުއި ކޮށްދޭ، މި ޑްރިންކް ތައްޔާރުކޮށްލަމާ

7 ޖުލައި 2024 | އާދީއްތަ 05:36

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ބަރުދަން ލުއި ކުރަން ބޭނުންވެ، ނަމަވެސް ކޮންމެ ވެސް ސަބަބަކާ ހުރެ، އެކަން ކުރަން އުނދަގޫ ވެފައި ތިބި މީހުންނެވެ. ގިނަ މީހުންނަށް ވާގޮތަކީ، ބަރުދަން ލުއި ކުރުމުގެ މަސައްކަތް ފެށުމަށްފަހު ބޭނުންވާ ދުވެލީގައި ބަރުދަން ލުއި ނުވުމުން، ކުރީގައި ގެންގުޅު ކެއިން ބުއިމާއި، އެނޫންވެސް އާދަތަކަށް އެނބުރިދެވެނީއެވެ. ނަމަވެސް ބަރުދަން ލުއި ކުރުމަކީ، ނިއުޓްރިޝަން އާއި ކަސްރަތާއި ދިރިއުޅުމުގެ ވައްޓަފާޅި ވިސްނުންތެރިކަމާއެކު ޚިޔާރުކޮށްގެން ކުރެވޭނެ ކަމެކެވެ. މިއީ ކޮންމެ މީހަކަށްވެސް ތަފާތުވާ، ކެތްތެރިކަމާއި، އަޒުމާއި އަދި މަޑުމަޑުން ބޭނުންވާ ޓާގެޓު ހާސިލުކުރެވޭ ޕްރޮސެސްއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ބަރުދަން ލުއިކޮށް ރަނގަޅަށް މެނޭޖްކުރަން މަސައްކަތް ކުރާއިރު، އެކަމަށް އެހީތެރިވެދޭ ބައެއް ބުއިންތައް ހުރެއެވެ. ބަރުދަން ލުއިކުރުމުގެ އިތުރުން، މި ބުއިންތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބުމުގެ އިތުރުން މުޅި ސިއްހަތު ރަނގަޅުކުރުމަށް ވެސް އެހީތެރިވެދެއެވެ. ނަމަވެސް، މިކަން ހާސިލުކުރެވޭނީ، ސިއްހަތަށް ފައިދާހުރި ބުއިންތަކުގެ އިތުރުން އާންމުކޮށް ކަސްރަތު ކުރުމާއި، އެކްޓިވް ލައިފްސްޓައިލެއް ގެންގުޅުމާއި، ސިއްހަތަށް ފައިދާހުރި ކެއުންތައް އިޚްތިޔާރުކޮށްގެން ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރު މިގެނެސްދެނީ އަވަހަށް ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ، ތައްޔާރުކޮށްލަން ފަސޭހަ، އަދި އަވަހަށް ނަތީޖާ ފެންނަ ބުއިމެކެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 7 ޖުލައި 2024 | އާދީއްތަ 05:36
ބަރުދަން ލުއި ކުރުމަށް ތައްޔާރުކުރާ ބައެއް ބުއިންތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބުމުގެ އިތުރުން މުޅި ސިއްހަތު ރަނގަޅުކުރުމަށް ވެސް އެހީތެރިވެދޭ

ބަރުދަން ލުއި ކުރުމަށް ތައްޔާރުކުރާ ބައެއް ބުއިންތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބުމުގެ އިތުރުން މުޅި ސިއްހަތު ރަނގަޅުކުރުމަށް ވެސް އެހީތެރިވެދޭ

ފުރަތަމަ އިނގުރުކޮޅު މިކްސަރުން ގިރާލާށެވެ. އިނގުރު ދިޔަ ފެލާލުމަށްފަހު، އޭގެ ތެރެއަށް ލުނބޯގެ ދިޔަ އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ދިރިކޮޅެއް އަޅާ ގިރާލާށެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނު މި ޑްރިންކް ބޭނުންކޮށްލުމުން ރަނގަޅުވާނެއެވެ.

ބަރުދަން ލުއި ކުރުން

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2024

ގޭތެރޭގައި ހިފާފައި ހުންނަ ޒާތްޒާތުގެ ވަސްތައް ފިލުވާލުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް

24 އޯގަސްޓު 2024
ގޭތެރޭގައި ހިފާފައި ހުންނަ ޒާތްޒާތުގެ ވަސްތައް ފިލުވާލުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް