Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ

މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ: ޅ.އަތޮޅު ސަރވޭކޮށް ނިމިއްޖެ

29 ސެޕްޓެމްބަރު 2023 | ހުކުރު 08:36

މި މަސައްކަތުގެ ތެރޭގައި މިހާތަނަށް 11 އަތޮޅުގެ ސަރވޭކޮށް ނިމިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ސެޕްޓެމްބަރު 2023 | ހުކުރު 08:36
މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ތެރެއިން

މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ތެރެއިން

ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ މައުލޫމާތު އެއްކުރުމަށް ކުރިޔަށްގެންދާ މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭއިން ޅ.އަތޮޅު ސަރވޭކޮށް ނިމިފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

މި ދިރާސާ އަކީ ރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި، ތަކެއްޗާއި އެތަކެތީގެ ކުރެހުންތަކާއި، އެކަމާއި ގުޅޭ މައުލޫމާތުތައް ދިރާސާކުރުމަށް ކުރިޔަށްގެންދާ ދިރާސާއެކެވެ. މި ދިރާސާ ކުރިޔަށްގެންދިޔުމުގައި އިސްކޮށް ހުންނަވަނީ ޕްރޮފެސަރ މައިކަލް ފީނަރ އެވެ. 

Advertisement - newsAdvertisement

މި މަސައްކަތް ކުރިއަށްގެންދަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި މައިކަލް ފީނަރ މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީގެ "ސެންޓަރ ފޯ ސައުތްއީސްޓް އޭޝިއަން ސްޓަޑީޒް"ގެ ޓީމް ގުޅިގެންނެވެ.

މިސަރވޭ ގުޅޭގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ ޅ.އަތޮޅުގެ ސަރވޭކޮށް ނިމިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރޭގައި މިހާތަނަށް 11 އަތޮޅުގެ ސަރވޭކޮށް ނިމިފައިވާ ކަމަށެވެ. އެއީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ލ، ސ، ޏ އަދި މާލެ ފިޔަވައި ކ.އަތޮޅު ކަމަށް އެމަރުކަޒުން ބުނެއެވެ.

މި ސަރވޭގެ މައުލޫމާތުތައް އެންމެނަށް ފެންނާނޭހެން އޯޕަން އެކްސެސް ޑޭޓާބޭސް އިން ލިބެން ހުންނާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެއެވެ.

ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ މައުލޫމާތު އެއްކުރުމަށް ސަރވޭ ކުރިއަށް ގެންދާއިރު، ރާއްޖޭގެ ތާރީހާއި ސަގާފަތް ހިމާޔަތް ކުރުމަށް ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އާއްމު ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް އަތޮޅުތެރޭގައި ސެޝަންތައް ކުރިއަށް ގެންދެއެވެ.

މިސެޝަންތަކުގައި ނައްތާލި ވެވުތަކާއި ތަޅާލި ކުރެހުން އެޅި ގައުތަކާ އެނޫންވެސް އެފަދަ ތަކެތީގެ މުހިންމުކަން ބުނެދެވުނު ކަމަށާއި، އާސާރުން ރަށަށް ނަފާ އާއި މަންފާ ހޯދޭނެ ގޮތްތައް ބުނެދެއެވެ. އަދި ނެތިވާން ގާތްވެފައި ހުރި އެތައް އާސާރީ ތަންތަނެއްގެ ތެރެއިން ބައެއް ތަންތަން އަލުން ރައްކާތެރި ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ރަށްރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތް ކުރުމަށް ކައުންސިލްތަކުން ވެސް ދަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ގުޅިގެން ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2018

ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަ ނުދިނީ ޓުއަރިސްޓް ވިސާގައި އައުމުން: އިމިގްރޭޝަން

26 ފެބުރުއަރީ 2018
ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަ ނުދިނީ ޓުއަރިސްޓް ވިސާގައި އައުމުން: އިމިގްރޭޝަން
26 ފެބުރުއަރީ 2018

ލޯއޭޝިއާގެ ވަފުދު ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލައިފި

26 ފެބުރުއަރީ 2018
ލޯއޭޝިއާގެ ވަފުދު ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލައިފި
04 ޖެނުއަރީ 2018

ޝަހިންދާއަށް ދިން އިންޒާރުތައް ކުށްވެރިކޮށް، ރައްކާތެރިކަން ދިނުމަށް ފޯރަމް އޭޝިއާއިން ގޮވާލައިފި

04 ޖެނުއަރީ 2018
ޝަހިންދާއަށް ދިން އިންޒާރުތައް ކުށްވެރިކޮށް، ރައްކާތެރިކަން ދިނުމަށް ފޯރަމް އޭޝިއާއިން ގޮވާލައިފި
02 ނޮވެމްބަރު 2017

މުޅި އޭޝިއާގައި ވެސް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ރާއްޖެ: ގަފޫރު

02 ނޮވެމްބަރު 2017
މުޅި އޭޝިއާގައި ވެސް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ރާއްޖެ: ގަފޫރު
18 ސެޕްޓެމްބަރު 2017

ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި ލޯ އޭޝިއާއިން ރާއްޖެއަށް ވަފުދެއް ފޮނުވަނީ

18 ސެޕްޓެމްބަރު 2017
ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި ލޯ އޭޝިއާއިން ރާއްޖެއަށް ވަފުދެއް ފޮނުވަނީ
08 އޯގަސްޓު 2017

އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް

08 އޯގަސްޓު 2017
އަމިއްލައަށް ނަން ހުށަހެޅުމުން ދޭ އޭޝިއާ އެޗްއާރްޑީ އެވޯޑް މިއަހަރު ރައީސް ޔާމީނަށް
07 ޖުލައި 2017

ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ

07 ޖުލައި 2017
ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
16 މެއި 2017

މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި

16 މެއި 2017
މަންދު ކޮލެޖާއި މެލޭޝިއާގެ ބްރިކްފީލްޑްސް އޭޝިއާ ކޮލެޖާއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް