Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޤައުމިއްޔަތު މިނިސްޓްރީ

ސަޕޯޓު ސްޓާފުން ތައްޔާރުކުރާ ސައިފޮދެއް ބައްލަވައިގަނެވޭ ވަރަށްވުރެ މަތީ ޖާހާއި އިއްޒަތް ލިބިގެންވާ "ބޭފުޅުން" ތިއްބަވާނަމަ އެއީ މައްސަލައެއް

14 ސެޕްޓެމްބަރު 2024 | ހޮނިހިރު 07:35

"ބޭފުޅުންނާއި" "ނިކަމެތިންނާއި" އާދައިގެ މީހުން" ބަލައިގެން މީހުން މިންތިކޮށް އުޅުން އަޅުގަނޑުމެން ފަހަތަށް ދޫކޮށްލައިފީމުނޫންތޯއެވެ؟

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ސެޕްޓެމްބަރު 2024 | ހޮނިހިރު 07:35
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ވެރިން އިސްވެ ތިބެ އެތަނުގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންވެސް މިވަނީ އެ މައްސަލަތައް ބަލަން ފަށާފައެވެ. ކޮމިޝަނުން މައްސަލަ ބަލަން ފަށާފައި މިވަނީ އެތަނުގެ މުވައްޒަފުންތަކެއް ކަންބޮޑުވުން ފާޅުކޮށް، ސަބަބުތަކެއް ބަޔާންކޮށް އެ ކޮމިޝަނަށް ފޮނުވި ޕެޓިޝަނަކާއި ގުޅިގެންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުވައްޒަފުންގެ ޕެޓިޝަނުގައި ކަންބޮޑުވާ އެތައް ކަމެއް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރެެއިންވެސް މައިގަނޑު އެއް ކަމަކީ އެ ތަނުގެ ބައެއް ވެރިން އިސްވެ ތިއްބަވައި އެތަނުގެ މުވައްޒަފުންނަށް އެކި ބާވަތުގެ މަލާމާތާއި ފުރައްސާރަ ކުރުމާއި، ވަޒީފާގެ މާހައުލުގައި ދަތިތައް ކުރިމަތި ކުރުވުންކަމަށްވެއެވެ.

އެ ޕެޓިޝަންގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އޭގައި ހަގީގަތުގައިވެސް ބަޔާންކޮށްފައި ހުރީ ނުހަނު ކަންބޮޑުވުންހުރި މައްސަލަތަކެވެ.

ޕެޓިޝަންގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ މީޓިންގތަކަށް ސައި ތައްޔާރު ކުރުމަށް ތަނުގެ ސަޕޯޓް ސްޓާފުން ތިބެމެ، އެކަން އިދާރީ މުވައްޒަފުންނާ މަތިކޮށް ވެރިން އެކަންކަމަށް އަމުރުކޮށް ހެދުމެވެ. އެއީވެސް ކީއްވެތޯއެވެ؟ މިނިސްޓްރީއަށް ވަޑައިގަންނަވާ ބައެއް ބޭފުޅުންނަށް ސައި ތައްޔާރު ކުރާވަރަށްވުރެ އެއްކަލަ ސަޕޯޓު ސްޓާފުން އެކަށީގެން ނުވާކަމަށް ބުނެއެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ އަޅުގަނޑުމެން ބޭނުންވެގެން މި އުޅޭ ޤައުމިއްޔަތަކީ މިއީބާއެވެ؟ ތަނުގައި މަސައްކަތް ކުރަން އުޅޭ ސަޕޯޓު ސްޓާފުން ތައްޔާރުކުރާ ސައިފޮދެއް ބައްލަވައިގަނެވޭވަރަށްވުރެ މަތީ ޖާހާއި އިއްޒަތް ލިބިގެންވާ "ބޭފުޅުން" ތިއްބަވާނަމަ އެއީ މައްސަލައެއްނޫންތޯއެވެ؟

ޤައުމިއްޔަތު މިނިސްޓްރީ ވުޖޫދުވެގެން އައީވެސް ޤައުމިއްުޔަތުގެ ބަހާތައް ދިރުވާ އާލާކޮށް، ރާއްޖޭގެ ސަޤާފަތާއި އާދަކާދަތައް ދިރުވާ އާލާކުރުމުގެ ބޭނުމުގައެވެ. ވީއިރު، އެތައް ޒަމާނެއް ފަހަތަށް އަޅުގަނޑުމެން ދޫކޮށްލާފައިވާ "ސުންޕާ" އާދާތައް އަލުން ބަލުން ގެންނަން މިނިސްޓްރީން މަސައްކަތް ކުރަންވީ ކީއްވެބާއެވެ؟ "ބޭފުޅުންނާއި" "ނިކަމެތިންނާއި" އާދައިގެ މީހުން" ބަލައިގެން މީހުން މިންތިކޮށް އުޅުން އަޅުގަނޑުމެން ފަހަތަށް ދޫކޮށްލައިފީމުނޫންތޯއެވެ؟

މިއީ ކަން ހިނގާފައިވާ ގޮތް ކަމަށްވާނަމަ، މިއީ ސީއެސްސީން ބަލައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަންކަމެވެ. މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން އޮފީހުގެ މުވައްޒަފުން ނޫން މީހުން އޮފީހަށް ގެނެސް، މަސައްކަތުގައި ޝާމިލުކޮށްގެން އުޅުމާއި، ވެރިން ހިތްހަމަ ނުޖެހޭ ބައެއް މުވައްޒަފުން ބާކީކޮށްގެން އުޅުން ފަަދަ ކަންކަންވެސް ވުޒާރާ ތެރޭގައި ވަނީ އާންމުވެފައެވެ. އެކަންކަމާ ގުޅިގެން މުވައްޒަފުންނަށް އެކި ޒާތުގެ ހުރަސްތައް ވަޒީފާގެ މާހައުލުގައި ކުރިމަތިވަމުންދާކަމުގެ ކަންބޮޑުވުންވެސް އެތަނުގެ މުވައްޒަފުން ވަނީ ހިއްސާކޮށްފައެވެ.

އޭގެ އިތުރުން، ސިޔާސީ އިސް ބައެއް ބޭފުޅުންނާ އެކު، އެކްޓިން ޕީއެސް އިންނަވައިގެން އޮފީހުގެ ބައެއް މުވައްޒަފުންގެ ސިފަޔާއި ބުރުސޫރައަށް މަލާމާތް ރައްދުވާ ގޮތަށް ނެތިމޮށުން ފަދަ ކަންކަން ހިނގަމުންދާކަމަށްވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ. ޤައުމިއްޔަތުގެ ބަހާތައް ދިރުވާ އާލާކޮށް، ޤައުމިއްޔަތު އާލާ ކުރުމަށް ވަކި ވުޒާރާއެއް ހެދުމުގެ ބޭނުމަކީ މިއީބާއެވެ؟

ނުވިތާކަށް ވަކި ސަބަބެއް އެންގުމެއްނެތި އަދި އެއްވެސް އުސޫލެއް ނެތި މުވައްޒަފުން މަސައްކަތުން އެކަހެރިކޮށް ބާކީ ކުރުމާއި، މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުންވެސް މިއީ މުވައްޒަފުން ފާހަގަކޮށްފައިވާ ކަންކަމެވެ. މީގެ އިތުރުންވެސް އިތުރު ގިނަ ކަންތައްތަކެއްގެ ކަންބޮޑުވުން މުވައްޒަފުން ވަނީ ހިއްސާކޮށްފައެވެ.

މުވައްޒަފުންގެ އެދުމަކީ އެމީހުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލައިދިނުމެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނުންވެސް އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުންވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެކެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2022

އެތައް ހާސް ބަންގްލަދޭޝް ރައްޔިތުން އާޖެންޓީނާ އަށް ސަޕޯޓުކޮށް މަރުދޭ ސަބަބު މިއޮތީ!

12 ޑިސެމްބަރު 2022
އެތައް ހާސް ބަންގްލަދޭޝް ރައްޔިތުން އާޖެންޓީނާ އަށް ސަޕޯޓުކޮށް މަރުދޭ ސަބަބު މިއޮތީ!
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް