Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯލިޝަންގައި ސަރުކާރާއެކު ދެމިތިބުން

ރައީސާއެކު ކޯލިޝަންގައި ދެމިތިބީ މަޝްވަރާކޮށްގެން ހައްލު ނުލިބޭ ކަމެއް ނެތުމުން - އިމްރާން

29 ސެޕްޓެމްބަރު 2023 | ހުކުރު 07:33

ރިޔާސީ އިންތިޚާބުގައި ތާއީދުކުރަން ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ސެޕްޓެމްބަރު 2023 | ހުކުރު 07:33
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެކު ކޯލިޝަންގައި އަދާލަތު ޕާޓީން ދެމި ތިބެން ނިންމީ، ރައީސާއި މަޝްވަރާކޮށްގެން ކޮންމެވެސް ހައްލެއް ނުލިބުނު އެއްވެސް ކަމެއް މިހާތަނަށް އައި އިރު ފެނިފައި ނުވާތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގައި އިސްލާޙީ މަސައްކަތް ފެށުނީ 2000ގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ. ޕާޓީތައް އުފެދިގެން އައީ އޭރު ރާއްޖޭގައި އޮތް ނިޒާމްގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްނުވާތީ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އޭރުން ފެށިގެން ސިލްސިލާ އެއް ގޮތަށް 2008 އިން ފެށިގެން ސަރުކާރު ފެށޭ އިރު އަދާލަތު ޕާޓީ ސަރުކާރާއެކު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމުގެ ވަކި ހިސާބަކުން އަދާލަތުން ޖެހެނީ ކޯލިޝަން އިން ވަކިވެގެން ދާން ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް 2018 ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާޙީމް މުހައްމަދު ޞާލިހާ އެކު ހެދި ކޯލިޝަނުން، މި ފަހަރު ވަކިވެގެން ނުދިޔައީ ސަބަބުތަކެއް ހުރުމުން ކަމަށް އިމްރާން ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ރާއްޖޭގައި އެއް ޕާޓީ އަށް އެކަނި ވެރިކަން ނުލިބުން ހިމެނޭކަމުގައި އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އާއެކު ކޯލިޝަންގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަކީ ރަނގަޅު ތަޖުރިބާއެއް ކަަމަށް އޭނާ ވިދާޅުވިއެވެ. މި ވެރިކަމުގައި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިބެ ރިޔާސީ އިންތިޚާބަށް ވާދަކޮށް ދެކޮޅަށް އެއްޗެހި ގޮވި އިރުވެސް ރައީސަށް އެ ބޭފުޅުންނާއި އެކުގައި މަސައްކަތް ކުރެވޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މިހާތަނަށް މަޝްވަރާކޮށްގެން ހައްލު ނުހޯދޭ އެއްވެސް ކަމެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ.

2018އިން ފެށިގެން މި ވެރިކަމުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އަދާލަތު އޮތް އިރު ރައީސް ޞާލިހަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ތާއީދުކުރަން ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

17 އެޕްރީލު 2017
ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ
02 އެޕްރީލު 2017

ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

02 އެޕްރީލު 2017
ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް