Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިސްލާމްވި ދުވަސް

" އިސްލާމް ދީނުގެ ޢިލްމު ފެތުުރުން މިއަދު މަދު، ދީނުގެ އަސްލު ހިފެހެއްޓުމަކީ ކޮންމެ މީހަކަށް މަގުދައްކަން ފަސޭހަ ކަމެއް "

އިމްރާން ވިދާޅުވީ އިސްލާމް ދީން ދަންނަ މީހުން މިއަދު މުޅި އުންމަތުގައި ވެސް މަދު ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޮކްޓޯބަރު 2023 | އަންގާރަ 03:22
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިސްލާމް ދީނުގެ ޢިލްމު ފެތުުރުން މިއަދު މަދުކަަމަށާއި އިސްލާމް ދީނުގެ އަސްލު ހިފެހެއްޓުމަކީ ކޮންމެ މީހަކަށް މަގުދައްކަން ފަސޭހަ ކަމެއް ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އިސްލާމް ދީނަށް 2 ބިލިއަނެއްހާ މީހުން ނިސްބަތްވާ އިރު އިމްރާން ވިދާޅުވީ އިސްލާމް ދީން ދަންނަ މީހުން މިއަދު މުޅި އުންމަތުގައި ވެސް މަދު ކަމަށެވެ. ރާއްޖޭގައި ވެސް ބައެއް ފަހަރު ޒުވާނުންގެ ތެރޭގައި އިސްލާމް ދީނަކީ އުނދަނގޫ، ވަރަށް ގިނަ ކަންކަން އެނގިގެން ނޫނީ ނޫޅެވޭ ދީނެއް ކަަމަށް ދެކޭ ކަމަށެވެ. ނަމަވެސް އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއްކަން އިމްރާން ފާހަގަކުރެއްވިއެވެ. އެއީ ދިރިއުޅުމުގެ ހުރިހާ ކަމެއް އޭގެ މައްޗަށް ބިނާވާ ދީން ކަަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ރާއްޖެއަކީ އިސްލާމީ ގަައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި، ކުރިއަށް އޮތް ޖީލުތަކަށް އެގޮތުގައި ގެންގޮސްދިނުމުގެ މުހިއްމުކަމާއި މެދު ވާހަކަދައްކަވާފައެވެ. އެހެންކަމުން ރާއްޖޭގައި ދީނީ އިލްމު ފެތުރުމަށާއި ދީނަށް އަހުލުވެރިކުރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ޢިލްތިމާސްކުރެއްވިއެވެ. އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބުމަށް އަޅުގަނޑުމެން އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭންޖެހޭ ކަމަށް ވެސް އިމްރާން ވަނީ ވިދާލުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން އިމްރާން ވަނީ ދީނީ ކަންކަން ނޭނގޭ މީހުންނާއި މެދު އިހާނެތިކޮށް ކަންކަން ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބައެއް ނޫންކަމަށް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެއީ އެކަމުގެ ސަބަބުން އަނެކާގެ މައްޗަށް ބަދު ބަސް ރައްދުކޮށްގެން ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު