Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމް ދީން ފެތުރުން

އިސްލާމީ އުއްމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައި އޮތް ހާލަތުން މުސްލިމަކަށް ވީތީ ހިތާމަކުރަންޖެހޭ - އިމްރާން

17 އޮކްޓޯބަރު 2023 | އަންގާރަ 08:19

މާތްﷲގެ މަގުގައި ހޭދަކުރުމުގެ މުހިންމު ކަމަށް އިމްރާން ވަނީ އަލިއަޅުވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޮކްޓޯބަރު 2023 | އަންގާރަ 08:19
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިސްލާމީ އުއްމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައި އޮތް ހާލަތުން، މުސްލިމަކަށް ވީތީ ހިތާމަކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިހާރު ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާ ތައް ފާހަގަކުރައްވާ އިމްރާން ވަނީ އެއީ މުސްލިމުން އިންތިހާ އަށް ކަންބޮޑުވާން ޖެހޭ މައްސަލަ އެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މަސްޖިދުލް އަޤްސާގައި ދިރިއުޅޭ މީހުންގެ ހާލަތާ މެދު ވެސް ފިކުރު ކުރަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން މުސްލިމުންގެ ހާލަތު ބަލިކަށި ހާލަތަށް ގޮސްފައިވާކަމަށާއި، އެކަމުގެ ހަގީގަތަކީ އީމާންކަން ބަލިކަށިވެފައި އޮތް މިންވަރު ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ކަންކަން ހިނގާ ގޮތަށް ބަލާ އިރު މުސްލިމް އުއްމަތާ ދޭތެރޭގައި އިހުސާންތެރިކަން ނެތް މިންވަރު ފެންނަ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. މި ވަގުތަކީ އިހުސާންތެރިކަން އިތުރުކުރަންޖެހޭ ވަގުތު ކަމަށް އިމްރާން ވިދާޅުވިއެވެ.

އަނިޔާ ލިބެމުންދާ މުސްލިމު ރައްޔިތުން ހިމާޔަތްކޮށްދެއްވުމަށް އެދި ދުއާ ކުރުމުގެ އިތުރުން މާތްﷲގެ މަގުގައި ހޭދަކުރުމުގެ މުހިންމު ކަމަށް އިމްރާން ވަނީ އަލިއަޅުވާލައްވާފައެވެ. އިތުރަށް ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އިސްލާމް ދީނަކީ ދިވެހި ޤައުމީ ބިނާގެ އެންމެ މައި ތަނބުކަމަށެވެ. އަދި އެކަން ދެނެ އެ ބިނާ ސާބިތުކުރުމާއި އަންނަން އޮތް ޖީލުތަކަށް ދީން ފޯރުކޮށްދިނުމަކީ މިއަދު ކުރަން ޖެހޭ ކަމެއްކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅުން ގޮސްފައިވާ ހިސާބެއް ނޭނގޭ: މިނިސްޓަރު ޒަމީރު

07 ނޮވެމްބަރު 2017
ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅުން ގޮސްފައިވާ ހިސާބެއް ނޭނގޭ: މިނިސްޓަރު ޒަމީރު
17 ސެޕްޓެމްބަރު 2017

ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު

17 ސެޕްޓެމްބަރު 2017
ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު
11 އޯގަސްޓު 2017

އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް

11 އޯގަސްޓު 2017
އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް
02 އޯގަސްޓު 2017

އަޅުގަނޑު މަޖިލީހަށް ގެންގޮސްފައި ހުރި ނަމަ މެންބަރެއްގެ ދަތްދޮޅި ދުއްވާލީމުސް: ޑިފެންސް މިނިސްޓަރު

02 އޯގަސްޓު 2017
އަޅުގަނޑު މަޖިލީހަށް ގެންގޮސްފައި ހުރި ނަމަ މެންބަރެއްގެ ދަތްދޮޅި ދުއްވާލީމުސް: ޑިފެންސް މިނިސްޓަރު
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
03 ޖޫން 2017

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

03 ޖޫން 2017
ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް