Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެދުއިރުމަތީގެ މައްސަލަ

ފަލަސްތީނުގެ ފަސް މެންބަރުން ހިމެނޭ ޢާއިލާއެއް އިސްރާއީލް ސިފައިން ބަޑިޖަހާ ޝަހީދުކޮށްލައިފި

މިއީ އިސްރާއީލްގައި ދިރިއުޅޭ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގޭ ބިރުވެރި ރޭވުމެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 09:21
އިޒްރޭލުގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ ފަލަސްތީނު މީހުން

އިޒްރޭލުގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ ފަލަސްތީނު މީހުން

އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާއެއްގެ ފަސް މީހަކު ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

މިއީ އިސްރާއީލްގައި ދިރިއުޅޭ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގޭ ބިރުވެރި ރޭވުމެއްގެ ތެރެއިން ހިންގި އަމަލެއްގެ ގޮތުގައި ފަލަސްތީނުގެ އޮފިޝަލުން ވަނީ ސިފަކޮށްފައެވެ.

އިސްރާއިލްގެ ބަދަވީންގެ އަވަށެއް ކަމަށްވާ ބަސްމަތު ތަބުންގައި އަންހެނަކާއި ދެ ކުޑަކުދިން ހިމެނޭ ގޮތަށް އެ ފަސް މީހުންގެ ބޮލަށް ބަޑިޖަހާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ފަލަސްތީނުގެ ބައެއްގެ ހަމަލާގައި އިސްރާއިލްގެ 50 އަހަރުގެ ފިރިހެނަކު މަރުވި ހާދިސާއަކާ ގުޅިގެންކަމަށް އިސްރާއީލްގެ އޮފިޝަލުން ބުނެއެވެ.

އިސްރާއީލުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 180 އަށް ވުރެ ގިނަ ރައްޔިތުން ވަނީ އެކި ޖަރީމާތަކާ ގުޅުންހުރި ހަމަނުޖެހުންތަކުގައި ޝަހީދުވެފަ އެވެ.

އިސްރާއީލްގައި ތިއްބެވި ފަލަސްތީނުގެ މޭޔަރުން ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރާއި ފުލުހުން އެމީހުންގެ މުޖުތަމައުތަކަށް އިހުމާލުވެ، ކުށްވެރިންނަށް ނުހައްގުން އަމަލު ކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. ޓެރަރިޒަމާއި އަރަބިންނާ ދެކޮޅަށް ހިތްވަރު ދިނުމުގެ ކުށް މީގެ ކުރިން ސާބިތުވެފައިވާ ހަރުކަށި ފިކުރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓާމާރް ބެން-ގްވީރްއާ އެކު މަސައްކަތް ކުރަން މޭޔަރުން ވަނި ދެކޮޅު ހަދާފައެވެ. އަދި އޭގެ ބަދަލުގައި ސީދާ ނަތަންޔާހޫގެ އޮފީހުން މޭޔަރުންނާ ކޮންޓެކްޓް ކުރުމަށް އެމީހުންވަނީ އެދިފައެވެ.  

އިސްރާއީލުގެ ޝަރުއީ ދާއިރާ އިސްލާހް ކުރުމުގެ ނަމުގައި ނަތަންޔާހޫ ކުރައްވަމުން ގެންދަވާ މަސައްކަތާ ގުޅިގެން އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ސިޔާސީ ކާރިސާއާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ބުނަނީ އެމީހުންގެ މުޖުތަމައުތަކުގައި ފަރުދީ ރައްކާތެރިކަން ފުނޑުފުނޑުވެގެން ދިއުމަކީ ސަރުކާރުގެ ސަމާލުކަން އިތުރުވާން ޖެހޭ ކަމެއް ކަމަށެވެ.

ބުދަ ދުވަހުގެ ހާދިސާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނި ބެން-ގްވީރް ވަނީ ފިޔަވަޅު ނާޅާ ކަމުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ ކުށާ ދެކޮޅަށް މަސައްކަތް ކުރުމަކީ އޭނާގެ އެޖެންޑާގައި ވަރަށް ބޮޑު ކަމެއް ކަމަށާއި ކުށުގެ ވެށިން ހަތިޔާރާއި ފައިސާ އަތުލުން ފަދަ ކުށްތައް ނައްތާލުމުގެ ހަރަކާތްތައް ފުލުހުން އިތުރުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ އަރަބި ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ 1948 ވަނަ އަހަރު އިސްރާއީލު ދައުލަތް އުފެދުމާ އެކު، ޒަޔަނިސްޓް ލަޝްކަރުތަކުން ނަސްލު ނައްތާލުމާއި، އާންމުންގެ މެދުގައި ގެދޮރު ގެއްލުމުން ސަލާމަތްވި ފަލަސްތީނުގެ ދަރިކޮޅުގެ މީހުންނެވެ. އެއީ އިޒްރޭލުގެ އާބާދީގެ ފަސްބައިކުޅަ އެއްބައެވެ.

ފަގީރުކަމުގެ ރޭޓް މަތިވުމާއި، ފަންޑު ކުޑަ ސްކޫލްތަކާއި، މީހުން ތޮއްޖެހިފައިވާ އަވަށްތަކުގައި ހިދުމަތް ނުލިބޭތާ އެތައް އަހަރެއް ވެފައިވާއިރު، އިޒްރޭލުގެ އެހެން ރައްޔިތުންނާ އަޅާބަލާއިރު އެމީހުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތެއްގެ ގޮތުގައި ދެކޭ މީހުން ކަމަށް އެ މީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

17 އެޕްރީލު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު