Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

ކުޑަ ވަގުތު ކޮޅަކަށް ވެސް މެސީ އަށް ކުޅުމުގެ ފުރުސަތު ދިނުމަކީ ބުއްދިވެރިކަމެއް ނޫން: މާޓިނޯ

28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 05:26

ޓީމުގެ މެޑިކަލް ޓީމުން އެދުނީ އަރާމު ކުރުމަށް މެސީ އަށް ވަގުތު ދިނުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 05:26
ފައިނަލްގެ ކުރިން އިންޓަ މިއާމީން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ

ފައިނަލްގެ ކުރިން އިންޓަ މިއާމީން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ

ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި، އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ކުޅުމުގެ ފުރުސަތު ދިނުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފި އެވެ.

ފައިނަލްގައި ހިއުސްޓަން ޑައިނަމޯސްއާ ވާދަކޮށް މިއާމީ ވަނީ ބަލިވެފަ އެވެ. އެ މެޗުގައި އެ ޓީމުގެ ކެޕްޓަން މެސީ ކުޅެފައެއް ނުވެ އެވެ. އަނިޔާގެ ސަބަބުން ކުރިން ކުޅުނު މެޗެއްގައި މެސީ ބަދަލު ކުރަން ޖެހުނުއިރު، ފައިނަލްގެ ކުރިން މާޓިނޯ ބުނީ މެސީއާމެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށެވެ. ފަހު ވަގުތު މާޓިނޯ ނިންމީ ފައިނަލްގައި މެސީ ނުކުޅުވުމަށެވެ. ފައިނަލް މެޗު ކުރިއަށް ދިޔަ އިރު މެސީ އިނީ ރޮސްޓްރޮމްގައި މެޗު ބަލާށެވެ.

ފައިނަލަށްފަހު ވާހަކަ ދައްކަމުން މާޓިނޯ ބުނީ، މެސީ ލައްވާ ކުޅުވުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ. މެޗުގެ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އެކަން ކުރުމަކީ އޭނާ ދެކޭ ގޮތުގައި އެންމެ މުހިންމު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި މާޓިނޯ ބުނީ، ޓީމުގެ މެޑިކަލް ޑިޕާޓުމަންޓުން މެސީ ކުޅުމުގެ ހުއްދަ ދިނުމާ ހަމައަށް، މެޗަކަށްފަހު މެޗެއް ބަލަން ޖެހޭ ކަމަށެވެ. އޭނާ ބުނީ މެސީގެ އަނިޔާ އެހާ ސީރިއަސްކަމަށް ފެންނަން ނެތް ނަމަވެސް، ރިސްކު ނެގުން ރަނގަޅު ނޫން ކަމަށެވެ. ޚާއްސަކޮށް ޓީމުގެ މެޑިކަލް ޓީމުން އެދުނީ އަރާމު ކުރުމަށް މެސީ އަށް ވަގުތު ދިނުމަށް ކަމަށް ވެސް މާޓިނޯ ވަނީ ބުނެފަ އެވެ.

އިންޓަ މިއާމީ އަށް ބަދަލުވެ އެ ޓީމުގައި މޮޅު ކުޅުމެއް ދަައްކަމުން އަންނިކޮށް، މެސީ އަށް ވަނޯ އަނިޔާވެފަ އެވެ. އެ އަނިޔާގެ ފަހުން ކުރިއަށް ގެންދިޔަ މެޑިކަލް ޓެސްޓުތަކުން ދައްކާ ގޮތުގައި މެސީގެ ކަކުލުގެ ޓިޝޫ އަކަށް އަނިޔާވެފައިވާ ކަމަށް މިއާމީއާ ހަވާލާދީ މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް