Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިނުން

ކޯގަންނު ގަބުރުސްތާނުގައި ހުރި މަހާނަގައުތަކަކަށް ދިން ގެއްލުން ސާވޭކޮށް, މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

27 ސެޕްޓެމްބަރު 2023 | ބުދަ 15:50

މިމައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2023 | ބުދަ 15:50
ކޯގަންނު ގަބުރުސްތާނު

ކޯގަންނު ގަބުރުސްތާނު

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަގައުތަކަކަށް ދިން ގެއްލުން ސާވޭކޮށް, މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބުދަ ދުވަހު ހެރިޓޭޖް މިނިސްޓްރީން ބުނީ މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ މަޝްރޫއުގެ ޓީމުގެ ފަރާތުން ސ.މީދޫ ކޯގަންނު ގަބުރުސްތާނަށް ބަޔަކު ދީފައިވާ ގެއްލުންތައް ޑޮކިއުމަންޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ގާތަށް މަރާމާތުކުރުމުގައި އެހީތެރިވުމުގެ ގޮތުން އެ ސަރަހައްދަށް ކުރި ޒިޔާރަތް ކުރި ކަމަށެވެ.

Advertisement - newsAdvertisement

ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދީފައިވަނީ 22 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މިމައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ. އަދި މި ކަމުގައި ޒިންމާވާ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އާ އެއްގޮތަށް ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ އާސާރީ ސަރަހައްދެއް ކަމުން، މިކަމާއި ގުޅިގެން އެ މަރުކަޒުން ދަނީ ދުނިޔޭގެ ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ، ކަމާއިބެހޭ ބައިނަލްއަގުވާމީ އިދާރާތަކަށް މި މައްސަލައާއި ގުޅޭ މައުލޫމާތު އަދާހަމަކޮށްދެމުންނެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދިވެހި ކާބަފައިންގެ މަސައްކަތްތެރިކަން ފެންނަންހުރި، ހިރިގަލުގައި ކަނޑާނަގާފައިވާ، ދިވެހިރާއްޖޭގެ އެހެން އެއްވެސް ރަށަކުން ނުފެންނަ ވަރުގެ ބޮޑެތި މަހާނަގައުތަކެއް ހުރި ގަބުރުސްތާނެކެވެ. މިތަނަކީ އައްޑޫ ސިޓީގެ ތާރީޚާއި ތަރިކަ ފެންނަންހުރި މުހިންމު ސަގާފީ ތަރިކައެކެވެ. މިތަންތަނަކީ އިތުރަށް ދިރާސާ ކުރެއްވިޖެނަމަ، ދިވެހިރާއްޖޭގެ ތާރީޚަށް އަގުހުރި އައު މައުލޫމާތުތަކެއް ލިބިދާނެ ތަނެކެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަކީ، 2022 ވަނަ އަހަރު ވޯލްޑް މޮނިއުމަންޓް ފަންޑުން އެކުލަވާލި ވޮޗްލިސްޓުގައި ހިމަނާފައިވާ އާސާރީ ސަރަހައްދެކެވެ. ވޯލްޑް މޮނިއުމެންޓް ފަންޑުގެ ވޮޗްލިސްޓަކީ އާސާރީ ސަރަޙައްދުތަކުގެ ސަގާފީ އަގާއި، މޫސުމީ ބަދަލުތަކަށް އެތަން ހުށަހެޅިފައިވާ ނުރައްކާތެރި މިންވަރަށް ބަލައި ކޮންމެ 2 އަހަރަކުން އެކުލަވާލާ 25 އާސާރީ ސަރަޙައްދުގެ ލިސްޓެކެވެ. މީގެ އިތުރުން އެ މަރުކަޒުން ގެންދަނީ އެ ސަރަޙައްދުގައި ހުރި އާސާރީ މިސްކިތެއް ކަމުގައިވާ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް