Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސާލިހަށް ދެވަނަ ދައުރެއް

ރައީސް ސާލިހަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓު: ޝައިޚް އިލްޔާސް

27 ސެޕްޓެމްބަރު 2023 | ބުދަ 13:23

އުދަނގޫ ހާލަތުގައިވެސް ކެތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2023 | ބުދަ 13:23
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓު ކަމަށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އައްޑޫސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޝައިޚް އިލްޔާސް ވިދާޅުވީ، ރައީސް ސާލިހަކީ ރައްޔިތުންގެ ކެންޑިޑޭޓު ކަމަށާއި، އެކަން ފާއިތުވި އަހަރުތަކުގައި ސާބިތުކޮށްދީފައި ވާކަމަށެވެ.

Advertisement - newsAdvertisement

މުޅި ދުނިޔެއަށް ކުރިމަތިވި ވަބާއެއް ކަމަށްވާ ކޮވިޑް-19އަށް އިޝާރަތް ކުރައްވައި އިލްޔާސް ވިދާޅުވީ، އެ ދުވަސްތަކުގައި ރައީސް ސާލިހު އިސްކުރެއްވީ ރައްޔިތުން ކަމަށާއިި، އުދަނގޫ ދަތި ހާލުގައިވެސް ކެތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ދެއަހަރު ކޮވިޑް-19އާ ގުޅިގެން ގެއްލިގެންދިޔަކަން އިލްޔާސް ފާހަގަކުރެއްވިއެވެ.

އިލްޔާސް ވިދާޅުވީ ރައީސް ސާލިހު ރާއްޖޭގައި ހަމަޖެހުން ގާއިމްކޮށްދެއްވި ކަމަށާއި، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރެއްވުމެއްނެތި ތަރައްގީ ގެނެސްދެއްވި ކަމަށާއި، ޚިޔާލާއި ފިކުރު ތަފާތުވި ނަމަވެސް ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށްދެއްވި ކަމަށެވެ.

މި ސަރުކާރުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނެސްދީފައިވާކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ، ދެވަނަ ދައުރެއް ރައީސް ސާލިހަށް ހޯއްދަވައިދެއްވަންޖެހޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަކަން ގެނެސްދެއްވާނެ ވެރިއަކީ ރައީސް ސާލިހު ކަމަށެވެ.

އިލްޔާސް ވިދާޅުވީ ނާމާން ދުވަސްތަކަށް ދާން ބޭނުންނުވާނަމަ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ހުރިހާ ރައްޔިތުން ނުކުމެ ރައީސް ސާލިހަށް ވޯޓުދޭން ޖެހޭ ކަމަށެވެ. އަދި މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބެލުމަށްފަހު ވޯޓު ދިނުމަށް އިލްޔާސް ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް