Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުންގެ ހިދުމަތަށް 91 އަހަރު

ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު

އިންޓަރޕޯލާއި ރާއްޖޭގެ ފުލުހުންނާއި ގުޅާލާ ބޯޑަރު ހުރަސްކޮށް ކުރެވޭ ކަންކަން ބެލެވެން ފެށި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 މާރިޗު 2024 | ހުކުރު 06:35
ފުލުހުންތަކެއް މަގުމަތި ބަލަހައްޓަނީ

ފުލުހުންތަކެއް މަގުމަތި ބަލަހައްޓަނީ

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފަށާފައިވަނީ 1933 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާރޗް 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ދޭން ސަރުކާރުން ހަމަޖެއްސީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ފެށިގެން އައީ މާލޭގެ އޭރު އޮތް ހަތަރު އަވަށުން މީސްކޮޅެއް ހޮވާލައިގެންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފައުޖުގައި ހިމެނުނީ 120 ފުލުހުންނެވެ. އޭރު ފުލުހުން އެންމެ ބޮޑު އިސްކަމެއްދޭން ޖެހިފައި އޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށެވެ.

ފުލުހުންގެ ހިދުމަތަށް އެކި ޒަމާނުގެ އައިސްފައި އޮތީ އެކި ބަދަލެވެ. ނަމަވެސް ބަވަނަވަމުން އަންނަ ދުނިޔޭގައި ފުލުހުން ތަރައްގީކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ފުލުހުންގެ ހިދުމަތް ތަރައްގީކުރި ފަސް އަހަރަކީ މިދިޔަ ފަސް އަހަރެވެ. އޭގެ ކުރިންވެސް އަދި މިފަހުންވެސް މި ހިދުމަތް ފުޅާކޮށް ތަރައްގީކުރުމަށް މާބޮޑު އަހައްމިއްޔަތުކަމެއް ދީފައި ނެތެވެ.

ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި، މި ޚިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އަތުވެއްޖެއެވެ. އެންމެ މުހިންމު އެއް ބަދަލަކީ، ޢަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުމެވެ. އެބަދަލަށް މާގިނަ ދުވަސްތަކެއް ނުވިޔަސް، އަޅުގަނޑުމެން މި ބޭނުންވާ ޒަމާނީ ތަރައްޤީއާއި ކުރިއެރުން މިއަދު ފުލުހުންގެ ތެރެއިން ފެންނަމުން އެބަދެއެވެ.

ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖުތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނަންޖެހޭ ޚިދުމަތެކެވެ. އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީ ކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެކެވެ.

ރައްޔިތުންގެ އުންމީދަކީ ހަމަޖެހުމާއި ޞުލްޙަވެރިކަމެވެ. ފުލުހުންގެ މަސައްކަތަކީ، ހަމަޖެހުމާއި ޞުލްޙަޔަށް ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ނައްތައިލުމެވެ. ރައްޔިތުން އެދެނީ، އެ މީހުންގެ މުދަލާއި ފުރާނަ ރައްކާތެރިކޮށްދިނުމަށެވެ. ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރަނީ، އަދި ރޭގަނޑުގެ އަރާމު ނިދި ދޫކޮށް، ޑިއުޓީއަށް ނުކުމެ އެ ތިބެނީ، ރައްޔިތުންނަށް އެ ޔަޤީންކަން ދިނުމަށެވެ.

އެކަމަށްޓަކައި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ފެތުރިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިދިޔަ ވެރިކަމުގައި ދެކޭތީ ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށްވުރެ ގިނަ ރަށުގައި ނެއިބަރހުޑް ޕޮލިސިންގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

އަދި ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަށް ކޮންޓްރެކްޓް ކުރެވި 2023 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ މަދު ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ވަނީ އަމާންކަން ގާއިމްކުރުމަށް ފުލުހުންގެ ހިދުމަތްދޭން ފެށިފައެވެ.

ދިވެހިންގެ ވިސްނުމަށް އައި ހެޔޮ ބަދަލާއެކު، ޓެކްނޮލޮޖީގެ ލުއިފަސޭހަތަކާއެކު، ޢާންމު އެތައް ޚިދުމަތެއް މިހާރު ހުރީ އަތުގެ އިނގިލި ކުރިއަށް ތިލަވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތް ވެސް ކުރިއަރައި ތަރައްޤީވަމުން އެ އަންނަނީ އެ ބަދަލުތަކާ ފައިހަމަކުރަމުންނެވެ.

މިދިޔަ ސަރުކާރުން ކުރި އެންމެ މުހިންމު އެއް ކަމަކީ ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭގޮތުން ތަޢުލީމާއި ތަމްރީނު ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެދުމެވެ. މީގެ 2 އަހަރު ކުރިން އައްޑޫގައި ހުޅުވި "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް"އަކީ ފެންވަރު ރަނގަޅު ފުލުހުން ތަމްރީނު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ، ވަރަށް ބޭނުންތެރި މުއައްސަސާއެކެވެ.

ބޯޑަރުތަކާއި ސަރަޙައްދީ އިމަކީ، ކުށްވެރިންނާއި ކުށުގެ މާޙައުލު ދަންނަ އެއްޗެއް ނޫނެވެ. އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި އަމާޒުކުރަން ޖެހެނީ ހަމައެކަނި ރާއްޖެއަކަށް ނޫން ކަމަށް މިދިޔަ ވެރިކަމުގައި ގަބޫލުކޮށް، ދިވެހިރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާދުރަށް ދިވެހި ފުލުހުންގެ ލޯތައް ހުޅުވުމަށް މަސައްކަތް ކުރެވެން ފެށިއެވެ. އަދި އެކަމަށް މަސައްކަތް ވެސް ފެށުނެވެ. އަވަށްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތައް ދިވެހި ފުލުހުންނާއި ހަމައަށް ގެނެސްދީ ގާބިލު ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވުނެވެ.

ދިވެހި ފުލުހުންނަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހިނގާ އޮއިވަރުތަކަށް ހޭލައި، ތައްޔާރީ ޙާލަތުގައި ތިބޭ ބައެކެވެ. އަދި ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ އިންޓަރޕޯލްގެ، ފިކްސްޑް ނެޓްވަރކް ޑޭޓާބޭސް އާއި، ރާއްޖޭގެ ބޯޑަރ މެނޭޖްމަންޓް ސިސްޓަމް، 2019 ވަނަ އަހަރުން ފެށިގެން ވަނީ ގުޅައިލާފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމް ވެސް، 2020 ވަނަ އަހަރުން ފެށިގެން ވަނީ އިންޓަރޕޯލްގެ ޑޭޓާބޭސްއާ ގުޅައިލެވިފައެވެ.

މިހާރު ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މަޢުލޫމާތު، އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް، އިންޓަރޕޯލްގެ ޑޭޓާބޭސްތަކުން ޗެކް ކުރެވޭނެއެވެ. އަދި ފުލުހުންގެ ފްރޮންޓްލައިން އޮފިސަރުން ބަލައި ފާސްކުރާ އެއްވެސް މީހެއްގެ މަޢުލޫމާތު، އިންޓަރޕޯލްގައި ހުރިނަމަ، އެ މަޢުލޫމާތެއްވެސް، އެ ނިޒާމުގެ ތެރެއިން ދިވެހި ފުލުހުންނަށް މިހާރު ލިބެއެވެ.

ރާއްޖޭގައި މި ވަގުތު ހުރި ހުރިހާ ޕޮލިސް ސްޓޭޝަނެއްގައި ވެސް، މި ނިޒާމު ބޭނުންކުރެވޭނެ އިންތިޒާމު މިހާރު ހުރީ ހަމަޖެހިފައެވެ. މިއީވެސް، ބޯޑަރުތައް ހުރަސްކޮށް ހިންގާ ޖަރީމާތަކާއި، ޓެރަރިޒަމާއި، އެނޫން ބޮޑެތި ކުށްތަކާ ދެކޮޅަށްވެސް، ދުރާލައި ފިޔަވަޅު އެޅުމަށް މަގު ފަހިވެގެންދާނެ ކަމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީ ޓެކްނޮލޮޖީއާއި، އައު ވިސްނުންތަކުގެ އަލީގައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދޭ މުއައްސަސާއެއްގެ ގޮތުގައި ބައްޓަން ކުރެވުނެވެ. އެގޮތުން، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ވަނީ، ބޮޑީ ވޯން ކެމެރާ އާއި، ޓޭޒަރ ގަން ބޭނުންކުރަން ފަށާފައެވެ. މިކަމުގެ ސަބަބުން ކުށުގެ ވެށީގައި ޢާންމު ރައްޔިތުންނަށާއި، ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ކުރިއަށްވުރެ ފުޅާވެ ފްރޮންޓްލައިނަށް ނުކުންނަ ފުލުހުން ޒިންމާދާރު ކުރުވުމުގެ ދާއިރާވެސް ފުޅާކުރެވުނެވެ.

ދިވެހި ފުލުހުންނަކީވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށް ހެދުމަށް މިދިޔަ ސަރުކާރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރީ ބޯހިޔާވަހިކަމުގެ މަސައްކަތެވެ. ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފެށި "ބްލޫ ހައުސިންގ ސްކީމް"ގެ ދަށުން ހެދި ފްލެޓްތައް ޙަވާލުކުރި އިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމިއެވެ. އަދިވެސް ފުލުހުންނަށް މި ދާއިރާއިން އިތުރުކަންކަން ކުރެވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

21 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު