Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމުގެ ހަމަޖެހުން

މަސައްކަތް ކުރަނީ ޤައުމާއި މަގުމަތީގެ ހަމަޖެހުން ގެނެސްދިނުމަށް - ރައީސް

8 ޑިސެމްބަރު 2024 | އާދީއްތަ 08:05

ކުށްވެރިން ދޫކޮށްލަނީ ސިޔާސީ ވިސްނުން ނުގެންގުޅޭ ކަމަށާއި އެކަން ކުރަނީ ޤައުމީ ވިސްނުމުގައި ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޑިސެމްބަރު 2024 | އާދީއްތަ 08:05
ރައީސް މުއިއްޒު، ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް މުއިއްޒު، ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ

މަސައްކަތްކުރައްވަނީ ޤައުމާއި މަގުމަތީގެ ހަމަޖެހުން ގެނެސްދިނުމަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ.ތޮއްޑޫގައި ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު މަސައްކަތްކުރައްވަނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކަމަށް ވިދާޅުވެފައެވެ. އެކަންކަން ކުރުމުގައި ސިޔާސީ ވިސްނުން ނުގެންގުޅޭ ކަމަށާއި އެކަން ކުރަނީ ޤައުމީ ވިސްނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ޖަލުގައި ތިބޭ ކުށްވެރިން ރިހިބިލިޓޭޝަނަކާއި ނުލާ ސިޔާސީ ބޭނުމަށް ދޫކޮށްލާފައިވާ ކަމަށާއި ރައީސަށް ލިބިދޭ ބާރު ބޭނުންކޮށްގެން އެތައް ކުށްވެރިންނެއް ދޫކޮށްލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އަހަރު ތެރޭގައި ރައީސްގެ ލުއިގެ ތެރެއިން ޖުމްލަކޮށް އަދަބު ލުއިކޮށްދިނީ 86 މީހުންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް 2023ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް 400 އަށް ވުރެ ގިނަ މީހުން، 2022 ވަނަ އަހަރު 256 މީހުން، 2021 ވަނަ އަަހަރު 456 މީހުން ދޫކޮށްލާފައިވާ ކަމަށާއި 2019 ވަނަ އަހަރު 506 މީހުން ދޫކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރަނީ އިންތިޚާބުތަކާއި ދިމާކޮށް ނުރަނގަޅު މަންފާއެއް ހޯދުމަށް ކަމަށް ރައީސް ވަނީ ސިފަކުރައްވާފައެވެ.

Advertisement - newsAdvertisement

ސިޔާސީ ބޭނުމަށް ކުށްވެރިން ދޫކޮށްލާ ކަމަށާއި، މަގުމަތީގެ ރައްކާތެރިކަން އޭގެ ސަބަބުން ގެއްލޭކަމަށް ދޭހަކޮށް ރައީސް ވާހަކަދައްކަވާފައި މި ވަނީ ޤާނޫނު އަސާސީގެ ދިފާއުގައި ޑިސެމްބަރު 10ގައި އެއްވުމެއް ބާއްވަން މަސައްކަތް ކުރަމުން ދަނީ ހަމަނުޖެހުން އުފެއްދުމަށް ކަމަށް ސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ އެކްޓިވިސްޓުންނާއި ސިޔާސީ އިސް މަޤާމުތަކުގައި ތިބި މީހުން ދަނީ އެ އެއްވުމަކީ މަސްލަހަތު ނަގާލާ މަގުމަތީގެ ރައްކާތިކަން ގެއްލޭ ގޮތަށް އަމަލުކުރުމަށް ކަމަށް ބުނެ މީސްމީޑިއާގައި މެސެޖުތައް ހިއްސާކުރަމުންނެވެ. އާދިއްތަ ދުވަހު ރައީސް ދެއްކެވި ވާހަކައަކީ ވެސް ނުސީދާގޮތެއްގައި ކުރީ ސަރުކާރުގައި ތިބި މީހުން މަގުމަތީގެ ހަމަނުޖެހުން ނަގާލަފާނެކަމަށް ދޭހަކުރުމަށް ދެއްކިވާހަކަތަކެއް ކަމަށް ބައެއް އާއްމުން ފާހަގަކުރެއެވެ. ސަރުކާރުން މިފަދަ ވާހަކަތައް ދައްކަނީ ޤައުމިއްޔަތާއި ހަމަޖެހުމުގެ ނަމުގައި ވަކި ސިޔާސީ ފިކުރަކާއި މެދު ނަފްރަތު އުފެއްދުމަށް ކަމަށް ވެސް ފާޑުކިޔާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒުރައީސް ޞާލިޙުގެ ސަރުކާރު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް