Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ މާލީ ހާލަތު

ރާއްޖޭގެ މާލީ ހާލަތު ގޯސް، ކަންކަން ކިރިޔަ ކިރިޔާ ހަމަ ޖައްސާލެވެނީ އެކުވެރިންގެ ސަބަބުން!

ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުވެ އެމީހުންގެ ޒިންމާ އެމީހުން ފުރިހަމަ އަށް އަދާ ކުރުން މުހިންމު

ރާއްޖެ އެމްވީ | 30 މެއި 2024 | ބުރާސްފަތި 13:33
މިނިސްޓަރ މައިގަނޑު ގޮތެއްގައި ވިދާޅުވީ، ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް

މިނިސްޓަރ މައިގަނޑު ގޮތެއްގައި ވިދާޅުވީ، ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތާ ބެހޭ ގޮތުން ރާއްޖޭގެ މާލީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަފީގް ބުރާސްފަތި ދުވަހު ރާއްޖޭގެ ނޫސްވެރިންނަށް ވަރަށް ގިނަ މައުލޫމާތު ދެއްވިއެވެ.

މިނިސްޓަރ މައިގަނޑު ގޮތެއްގައި ވިދާޅުވީ، ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށެވެ. އެހެންވެ ޚަރަދު ކުޑަ ކުރުން މަޖުބޫރު ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުވެ އެމީހުންގެ ޒިންމާ އެމީހުން ފުރިހަމަ އަށް އަދާ ކުރުމުގެ މުހިންމު ކަމުގެ ވާހަކަފުޅު މިނިސްޓަރ ދެއްކެވިއެވެ. އެންމެންނަށް މި ދޭ ގޮތައް ސަބްސިޑީ ނުދެވޭނެ ކަމަށާއި، މަޝްރޫއުތަކުގެ ތެރެއިން ހިންގޭނީ މުހިންމު މަޝްރޫއުތައް އެކަނި ކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުން ދޭހަވީ މާލީ ހާލަތު އޮތީ ދަރަންޏައް އެއްޗެއް ހޯދަންވެސް ދާއިރު ދަރަނިދޭ ފަރާތުންވެސް ލުއި ގޮތަކަށް އެއްޗެއް ދޭ ފަދަ ހާލަތެއްގައެއް ނޫނެވެ.

އެހެން ކަމުން ދަރަންޏެއް އެއްޗެއް ނުނަގާ ވޭތޯ ބައްލަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަކު ނުނަގާ ވާކަށްވެސް ނެތޭ، ނަގަން ވެސް ޖެހޭނޭ، އެހެންވެ ނަގަންޏާ ނަގާނީ އެންމެ ރަނގަޅު ގޮތެއް ހަދައިދޭ ފަރާތަކުންނޭ ވިދާޅުވެ މިފަދަ މޭރުމަކުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

އިހަށް އޮތް ސަރުކާރަކުން ނަގާ ދަރަނި ފަހުން އަންނަ ސަރުކާރުން ދައްކާ ގޮތަކީ މިރާއްޖެ ވަރަށް ފަރިތަ ވެފައިވާ ގޮތެކެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދަރަނިތައް ދައްކަން ފެށީ ރައީސް ސޯލިހްގެ ވެރިކަމުގައެވެ. ނިމި ދިޔަ ވެރިކަމުގެ ލޯނު އެގޮތުން ދައްކާނީ މި ހިނގާ ވެރިކަމުންނެވެ. ކޮންމެ ފަދަ ހާލަތެއްގައިވެސް އެއިރަކު އެ އޮންނަ ސަރަކާރަކުން ރައްޔިތުންގެ ނަމުގައި ނަގާފައި ހުންނަ ދަރަނި ދައްކައެވެ. ގައުމު ބަޔަކަށް ދެރި ކަމުގެ ނަން އެޅުނަކު ނުދެއެވެ.

މި އުސޫލުން ދަރަނި ދައްކާލަ ދައްކާލަ އޮންނަ ގައުމެއްގައި ދަރަނި ނުދެއްކިދާނެ ކަމުގެ ފިކުރެއް ހުރި އާއްމުންގެ މީހަކުވެސް އުޅޭނޭ ހިތެއް ނުބުނެއެވެ. އެހެން އެކަން އޮއްވާ ބުރާސްފަތި ދުވަހުގެ ނޫސްކޮންފަރެންސުން މަރުގެ އެތިފަހަރަކުން ރާއްޖެ ސަލާމަތްވެއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ. ބޭރު ގައުމަކުން ނަގާފައިވާ ދަރަންޏެއް ނުދެއްކި ދަރަނިވެރިވި ކަން އިއުލާން ކުރަން ނުޖެހި މިދިޔައީ ހަމަ ކިރިޔާއެވެ.

މިކަން މިހިނގީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރ ވަރަށް ހަމަ ޖެހިވަޑައިގެން ވިދާޅުވީ، ޖެނުއަރީ މަހު އިންޑިއާ އަށް ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ދެއްކި ކަމަށެވެ. މެއި މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު ދައްކަން އޮތް ހިސާބުން ކުނި ޖެހުނުކަން އެނގުނެވެ. އެހެން މިނިސްޓަރ ވިދާޅުވީއެއް ނޫނެވެ. އެކަމަކު ވާހަކަފުޅު ހުރި ގޮތުން އެހެން ދޭހަވީއެވެ. އެއީ ރާއްޖޭގެ ފޮރިން މިނިސްޓަރ ދެ ގައުމުގެ ގުޅުން ބަދަހި ކުރައްވަން އިންޑިއާ އަށް ވަޑައިގަންނަވަން ޖެހުނު ހިސާބެވެ. އެ ދަތުރުފުޅު ކާމިޔާބެވެ. އެ ގައުމުން ލޯނުން ބާކީ އޮތް 150 މިލިއަން ޑޮލަރު ދެއްކުން ކަނޑައަޅާފައިވާ ޝެޑިއުލަށް ވުރެ ފަސްކޮށްދޭނެ ކަމަށް އެންގިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، ލޯނާ އެހީ އާ އެހެން ކަންކަން ހަމަ ޖެހިގެން ދަނީވެސް ސަރުކާރާ އެ ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވީމައެވެ. ވަރަށް ރަނގަޅު ވާހަކަފުޅެކެވެ. މެއި މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު ފަސްކޮށްދިނީ ދެ ގައުމުގެ ގުޅުން އޮތްލެއް ބޮޑު ކަމުންނެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ސުންގަޑިއަށް ދަރަނި ދެއްކުމަށް ވުރެ ވެސް މި ކަމުގައި ރާއްޖެއަށް ވީ މާ މޮޅު ގޮތެކެވެ. އެއީ ދަރަނި ރޯލް އޯވާ ކޮށްދިނީ ގާތް ކަން އޮތްވަރުން ކަމަށް ވާތީއެވެ. ތެދެކެވެ. ދައްކަން އޮތް ދަރަންޏެއް ފަސް ކޮށްދޭނީ ގާތްވީމައެވެ. މި ލިބުނު ޔަގީން ކަމާއެކު މިނިސްޓަރ ގެ ވާހަކަފުޅު ހުރީ އަދި މާ އުއްމީދީ ގޮތަކަށެވެ. ސެޕްޓެމްބަރ މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރ ހިލޭ އެޙީ އަށް ބަދަލު ކޮށްލުމެވެ. އޭރުން ހަމަ އެއްގޮތަކަށްވެސް އެ ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. އެ ޔަގީންކަން މިނިސްޓަރަށް ލިބިވަޑއިގަތީ، ދެ ގައުމުގެ ގުޅުން ގާތް ކަމާއެކު މެއި މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު ފަސްކޮށް ދިނުމާ އެކު ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު ގުޅުން ބަދަހިވެގެން ގޮސް ދަރަނި އެހީއަށް ބަދަލު ކޮށްލެވިދާނެ ކަމުގެ އުއްމީދު އާވެފައިވާތީއެވެ.

ވާހަކަ ދައްކައިގެން ފަސް ކުރިއަސް، ސުންގަޑިއަށް ދަރަނި އޮތީ ނުދެއްކިއެވެ. އެ ރެކޯޑް އޮންނާނީ އެހެންނެވެ. ދަރަނި ފަސްކޮށްދޭން އެދޭނީ އަތުގައި ނެތީމައެވެ. އަތްމަތި ތާށިވީމައެވެ. ދަރަނި އިންޑިއާ އިން ފަސް ކޮށްދިންކަން ހުރިހާ ނޫހެއްގައި އެކި ބަސްބަހުން އެހުރީ ފެންނާށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭން ލޯނު ހޯދަން ދާއިރު މި ފެނުނު ގާތް ރަހުމަތްތެރި ކަމުން ލިބޭ މިންވަރު އިތުރެއް ނުވާނެއެވެ. ފައިސާ ނުދެއްކިދާނެ ކަމުގެ ރިސްކް އޮތް ކަމަށް ބަލާ ދެން ލިބޭ މިންވަރު ވާނީ ކުޑައެއް ނޫން ބާވައެވެ.

ވެރިކަމަށް ވަޑައިގަތުމަށް ޑރ. މުއިއްޒު ދެއްކެވި އެއް ވާހަކަފުޅަކީ ފައިސާ ހަމަޖެހިފައި ހުރި ވާހަކައެވެ. އެކި ދިމަދިމާލުން ދަރަނި ދައްކާނެ ފައިސާ އާއި ބަޖެޓް ހިންގާނެ ފައިސާ ހަމަޖެހިފައި ހުރި ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުން، މާ ޚާއްސަ ގޮތްތަކެއް މިއީ ދިވެހިރާއްޖެ ވެގެންނެއް، ވެރިކަމުގައި ހުންނެވީ ޑރ. މުއިއްޒު ވެގެން ހަމަ ޖެހިފައެއް ނެތެވެ.

ކަން ހަމަ މި ހިނގަނީ ކުރިންވެސް ހިނގި ގޮތަށެވެ. ވީ ވަރެއް އޭރުވެސް މިހާރުވެސް މި ވަނީ އެކުވެރިންގެ ސަބަބުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

07 މެއި 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު