Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަގޯނޯ-ކަރަބާޚް

ނަގޯނޯ-ކަރަބާޚް: ގާތްގަނޑަކަށް 30،000 ރެފިއުޖީން އަރްމޭނިއާއަށް ހިޖުރަކޮށްފި

އަރްމޭނިއާ ނަސްލުގެ ގާތްގަޑަކަށް 120،000 މީހުން ކަރަބާޚް ދޫކޮށް އަމިއްލަ ފުރާނަ ސަލާމަތް ކުރުމުގެ އުންމީދުގައި މިހަފްތާގެ ނިޔަލަށް އަރްމޭނިއާއަށް އެތެރެވާނެ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2023 | ބުދަ 02:34
އަރްމީނިއާ-އަޒަރުބައިޖާން ބޯޑަރު ސަރަހައްދުގައި އެތައް ހާސް ބަޔަކު ވަނީ ހަރުކަށި ޗެކިންތަކާ ކުރިމަތިލާން ޖެހިފައި

އަރްމީނިއާ-އަޒަރުބައިޖާން ބޯޑަރު ސަރަހައްދުގައި އެތައް ހާސް ބަޔަކު ވަނީ ހަރުކަށި ޗެކިންތަކާ ކުރިމަތިލާން ޖެހިފައި

އަޒަރުބައިޖާނުން މިދިޔަ ހަފުތާގައި ހިފާފައިވާ އެންކްލޭވްގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ކަމަށްވާ އަރްމޭނިއާ ނަސްލުގެ ގާތްގަނޑަކަށް 30،000 މީހުން ވަނީ އަމިއްލަ ފުރާނަ ސަލާމަތްކުރުމުގެ އުންމީދުގައި ނަގޯނޯ-ކަރަބާޚް ދޫކޮށް ހިޖުރަކޮށްފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި އަޒަރުބައިޖާނުގައި ތިބި އަރްމޭނިއާ ނަސްލުގެ ގާތްގަޑަކަށް 120،000 އެއްހާ މީހުން ކަރަބާޚް ދޫކޮށް އަމިއްލަ ފުރާނަ ސަލާމަތް ކުރުމުގެ އުންމީދުގައި މިހަފްތާގެ ނިޔަލަށް އަރްމޭނިއާއަށް އެތެރެވާން މަސައްކަތް ކުރާނެއެވެ.

އަޒަރުބައިޖާނުން ރައްޔިތުން ސަލާމަތުން ތިބޭނެ ކަމަށް ބުނި ނަމަވެސް އަރްމޭނިއާގެ ބޮޑުވަޒީރު ވިދާޅުވަނީ "ނަސްލު ނައްތާލުމުގެ" މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައި ބަލައިގެންފައިވާ ނަގޯނޯ-ކަރަބަޚް އަކީ އަރްމޭނިއާ ނަސްލުގެ މީހުން އެތަނުގައި އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަތާ ތިން އަހަރު ވެފައިވާ ގައުމެކެވެ.

ދެކުނު ކޮކޭސަސްގެ ފަރުބަދަމަތީ ސަރަޙައްދަކީ އަރްމީނިއާގެ އިތުރުން އެސަރަޙައްދުގައި ބައިވެރިވާ ރަޝިޔާއިންވެސް ތާއީދުކުރާ ސަރަޙައްދެކެވެ.

އަޒަރުބައިޖާންގެ އަސްކަރިއްޔާއިން ހިންގި ހަމަނުޖެހުންތަކުގައި އަރްމޭނިއާ ނަސްލުގެ 200 މީހުންނާއި އަޒަރުބައިޖާންގެ އެތައް ސިފައިންނެއް ވަނީ މަރުވެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބަހަށްޓަން ވަކިވެގަތް މީހުން ވަނީ އެއްބަސްވެފަ އެވެ.

އަރްމީނިއާ ނަސްލުގެ މީހުންނަކީ ހަމަހަމަ ރައްޔިތެއްގެ ގޮތުގައި ދެކެން ބޭނުންވާ ބައެއް ކަމަށް އަޒަރުބައިޖާނުގެ އޮފިޝަލުން ބުނަމުން ދިޔަ ނަމަވެސް، އެހީގެ ފުރުސަތު ދީފައި ވަނީ ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށްވާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފިލައިގެން އެސަރަޙައްދު ދޫކޮށްދާން މަސައްކަތް ފަށާފައެވެ.

އެސަރަޙައްދުން ފިލައިގެން ދާ މީހުންނަށް ހުރަސްއެޅުމުގެ ގޮތުން އަޒަރުބައިޖާނުގެ ސިފައިން މިދިޔަ ހޯމަ ދުވަހު ގޮއްވާލި ބާރުގަދަ ގޮވުމުގެ ސަބަބުން 68 މީހުން ވަނީ އެތަނުން ފުރަން އުޅެނިކޮށް މަރުވެފަ އެވެ. އަދި އިތުރު 300 އެއްހާ މީހުން ޒަޚަމްވެފައިވާއިރު 105 މީހަކު ވަނީ ގެއްލިފައެވެ.

އަންގާރަ ދުވަހު ބޯޑަރު ހުރަސްކުރިއިރު، އަޒަރުބައިޖާންގެ ބޯޑަރު ކޮންޓްރޯލްގެ ހަރުކަށި ޗެކިންތަކަށް އަރުމީނިއާ ނަސްލުގެ އެތައް ހާސް ބަޔަކު ވަނީ ކުރިމަތިލާން ޖެހިފައެވެ.

އަޒަރުބައިޖާނުގެ ކަމާބެހޭ ފަރާތްތަކުން "ހަނގުރާމައިގެ ޖަރީމާތަކަށް" ތުހުމަތު ކުރެވޭ މީހުން ހޯދަމުންދާ ކަމަށް ބުނާއިރު، ސަރުކާރުގެ މަސްދަރަކުން އެޖެންސް ފްރާންސް ޕްރެސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އެ ގައުމުގެ ވިސްނުން ހުރީ "ކަރަބާޚުގައި ހަތިޔާރު ބަހައްޓާ ފައިވާ އަރްމީނިއާގެ ހަނގުރާމަވެރިންނަށް މައާފްދިނުމަށް" ކަމަށެވެ.

ބޯޑަރު ހުރަސްކޮށް ގޯރިސް އަވަށަށް ދިއުމަށް އެތައް ސަތޭކަ ކާރަކާއި ބަސްތަކެއް ވަނީ ރެފިއުޖީންގެ ގޮތުގައި އެހިސާބު ދޫކޮށްދާ އަރްމޭނިއާ ދަރިކޮޅުގެ މީހުންނާއެކު ފުރިބާރުވެފައެވެ.

ފަރުބަދަތަކުން ފުރިފައިވާ ކުޑަ އަވަށެއް ކަމަށްވާ ގޯރިސްގެ އެތެރޭގައި ހުރި ހަނި މަގުތައްވެސް ވަނީ ހިޖްރަވެރިންގެ ގިނަޢާއިލާތަކެއް ދަތުރުކުރުމަށް ބަރާކޮށްފައިވާ އިތުރު ކާރުތަކަކާއި ބަސްތަކުން ފުރިފަ އެވެ.

މިދިޔަ ހަފުތާގައި ދެ ދުވަސް ވަންދެން ހިނގި ހަނގުރާމައިގައި ކަރަބާޚް ސިފައިން އަމިއްލައަށް އަމާން ދިނުމުން ހުރިހާ އެންމެން އަރްމީނިއާއަށް ދިއުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އެންގި އެވެ. އެހެންކަމާއެކު ނަގޯނޯ-ކަރަބާޚްގެ މާޓަކަޓް ސަރަހައްދުގައި އޮންނަ އެމީހުންގެ ވިލެޖް މިހާރު އޮތީ ހުސްކޮށެވެ.

ހިޖްރަކުރި އާއިލާތަކުން ބުނަމުންދަނީ އެމީހުންނަށް ފުރާނަ ސަލާމަތްވާނެކަމުގެ އެއްވެސް އުންމީދެއް ނެތުމާއެކު ފިލަން މަޖުބޫރުވީ ކަމުގައެވެ.

އަންގާރަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްގެ ކިބައިން ވަނީ "އާންމުންނަށް ޝަރުތެއް ނެތި ހިމާޔަތާއި ދަތުރުފަތުރުކުރުމުގެ މިނިވަންކަން" ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ދެ ފަރާތުން ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފަ އެވެ.

ވަކިވެގަތް މީހުން ހަނގުރާމަ ހުއްޓާލުމަށް ޤަބޫލުކޮށް ހަތިޔާރު ބެހެއްޓުމަށް އެއްބަސްވި ފަހުން މިހާތަނަށް ހުއްދަ ދީފައިވަނީ 70 ޓަނުގެ ކާބޯތަކެތީގެ އެންމެ އެހީއެކެވެ. އަޒަރުބައިޖާނުން ބުނީ 40 ޓަނުގެ ކާބޯތަކެއްޗާއި، އަސާސީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ  ބާވަތްތަކާއެކު އިތުރު އެހީގެ ގާފިލާއެއް އެންކްލޭވްއަށް ދަތުރުކުރަމުންދާ ކަމަށެވެ.

އަންގާރަ ދުވަހު އަރްމޭނިއާ އާއި އަޒަރުބައިޖާންގެ މަންދޫބުން ވަނީ ޔޫރަޕިއަން ޔޫނިއަންގެ ތާއީދު އޮންނަ މަޝްވަރާތަކަށް ބްރަސަލްސްގައި ބައްދަލުކޮށްފަ އެވެ.

މިއީ މިދިޔަ ހަފުތާގައި އަޒަރުބައިޖާނުން އެންކްލޭވް ހިފުމަށްފަހު ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ބޭއްވި ފުރަތަމަ ފަހަރެވެ.

އަޒަރުބައިޖާނުން ވަނީ ކަރަބާޚްގެ ނަސްލުގެ އަރްމީނިއާގެ ކަމާބެހޭ ފަރާތްތަކާއެކު ވެސް މި ސަރަހައްދުގެ މުސްތަގުބަލާ ބެހޭ ގޮތުން ވަކިވަކިން މަޝްވަރާތައް ފަށައިފަ އެވެ.

އަރްމޭނިއާ ނަސްލުގެ ލީޑަރުން ވިދާޅުވާ ގޮތުގައި އެތައް ހާސް ބަޔަކު ކާބޯތަކެއްޗާއި ބޯހިޔާވަހިކަމެއް ނެތި، ބޭސްމަންޓްތަކާއި ސްކޫލް އިމާރާތްތަކުގައި ނުވަތަ އެއްވެސް ހިޔާވަހިކަމެއް ނެތި ބޭރުގައި އެބަތިއްބެވެ.

އަރްމޭނިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހާލުގައި ޖެހިފައިވާ ބަލި މީހުން ގެންދިއުމަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ހެލިކޮޕްޓަރުތައް ފޮނުވަމުން އަންނަ ކަމަށެވެ. އަޒަރުބައިޖާނުން ވެސް ވަނީ ސިއްހީ ސާމާނު ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީދޭ އދގެ ޖަމިއްޔާއަށް މާލީ އެހީ ހުއްޓާލުން: ހުޅަނގުން ނިންމި ރަނގަޅު ނިންމުމެއްބާ؟

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީދޭ އދގެ ޖަމިއްޔާއަށް މާލީ އެހީ ހުއްޓާލުން: ހުޅަނގުން ނިންމި ރަނގަޅު ނިންމުމެއްބާ؟

30 ޖެނުއަރީ 2024
ޕާކިސްތާނުން ބަލިކުރިޔަސް، އަފްޣާނިސްތާނުން، ރެފިއުޖީން ފޮނުވާލަން ކެމްޕޭން ނުކުރާނަން: ބޮޑުވަޒީރު

ޕާކިސްތާނުން ބަލިކުރިޔަސް، އަފްޣާނިސްތާނުން، ރެފިއުޖީން ފޮނުވާލަން ކެމްޕޭން ނުކުރާނަން: ބޮޑުވަޒީރު

09 ނޮވެމްބަރު 2023
ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

25 މެއި 2023
ރެފިއުޖީން އަނެއްކާވެސް ރެފިއުޖީންނަށްވެ، އެނބުރި އުފަން ވަޒަނަށް!

ރެފިއުޖީން އަނެއްކާވެސް ރެފިއުޖީންނަށްވެ، އެނބުރި އުފަން ވަޒަނަށް!

19 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު