Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަޒަރުބައިޖާނުގެ ބޯޓެއް ވެއްޓުން

މަތިންދާ ބޯޓު ވެއްޓުނީ ރަޝިޔާގެ ބިމުން އައި ހަމަލާއެއްގެ ސަބަބުން - އަޒަރުބައިޖާނުގެ ރައީސް

ރައީސް އިލްހާމް އަލިޔޭވް ވިދާޅުވީ، ބުދަ ދުވަހު ކަޒަކިސްތާނުގެ އަގްތައު ސަރަހައްދުން ގާތްގަނޑަކަށް 2 މޭލު ދުރު ސަރަހައްދަކަށް ވެއްޓުނު އެ އުޅަނދަށް ގަސްދުގައި ހަމަލާދިން ކަމަކަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް، އޭނާ ވަނީ ހާދިސާ ހިނގި ގޮތުގެ ހަގީގަތް ފޮރުވަން ރަޝިޔާގެ ބައެއް ފަރާތްތަކުން ބޭނުންވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2024 | ހޯމަ 10:59
ވެއްޓުނު އަޒަރުބައިޖާންގެ ފްލައިޓްގެ ބައިތައް

ވެއްޓުނު އަޒަރުބައިޖާންގެ ފްލައިޓްގެ ބައިތައް

އަޒަރުބައިޖާނުގެ ރައީސް ވިދާޅުވެފައިވާ ގޮތުގައި، 38 މީހުން މަރުވި އެ ގައުމުގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާ ހިނގީ ރަޝިޔާގެ މަތިން ދަތުރުކުރަމުން ދަނިކޮށް އެ ގައުމުގެ "ބިމުން އައި ހަމަލާއެއްގެ ސަބަބުން" ކަމަށެވެ.

ރައީސް އިލްހާމް އަލިޔޭވް ވިދާޅުވީ، ބުދަ ދުވަހު ކަޒަކިސްތާނުގެ އަގްތައު ސަރަހައްދުން ގާތްގަނޑަކަށް 2 މޭލު ދުރު ސަރަހައްދަކަށް ވެއްޓުނު އެ އުޅަނދަށް ރަޝިޔާ އިން ގަސްދުގައި ހަމަލާދިން ކަމަކަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް، އޭނާ ވަނީ ހާދިސާ ހިނގި ގޮތުގެ ހަގީގަތް ފޮރުވަން ރަޝިޔާގެ ބައެއް ފަރާތްތަކުން ބޭނުންވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެމްބްރެއަރ 190 ގެ މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫ އިން ރަޝިޔާގެ ގްރޮޒްނީ އަށެވެ. އެހެން ނަމަވެސް ބޯޓަށް ދިމާވި ހިތާމަވެރި ހާދިސާ ކުރިމަތިވި އިރު، އޭގެ ދަތުރުގެ މަގު ބަދަލުކޮށް، ކަސްޕިއަން ކަނޑު ހުރަސްކޮށް އިރަށް ދަތުރުކުރަން ފެށިއެވެ.

އެ އުޅަނދު ވެއްޓުނީ ކަޒަކިސްތާނުގައި ޖައްސަން މަސައްކަތްކުރަމުން ދަނިކޮށެވެ. މި ހާދިސާގައި 38 މީހުން މަރުވިއެވެ. އަނެއްކޮޅުން މަރުން ސަލާމަތްވި 29 މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ.

އަޒަރުބައިޖާނުގެ ރަސްމީ ޓީވީ އިން ދެއްކި އިންޓަވިއުއެއްގައި، ރައީސް އަލިޔެވް ވިދާޅުވީ އެ އުޅަނދަށް "ބޭރުން" ގެއްލުން ލިބުނީ ރަޝިޔާގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް ކަމަށާއި، އުޅނަދު ކޮންޓްރޯލުން ނެއްޓީ "އިލެކްޓްރޯނިކް ވޯފެއަރ ސިސްޓަމްތަކުގެ" ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ "ބިމުން ފޮނުވާލި ހަމަލާ އެއްގެ ސަބަބުން އުޅަނދުގެ ފަހަތު ބަޔަށްވެސް ބޮޑެތި ގެއްލުންތަކެއް،" ވަނީ ލިބިފައި ކަމަށެވެ.

އަލިޔެވް ވިދާޅުވީ ބޯޓުގެ ބޮޑީގައި އެޅިފައި ހުރި ލޯވަޅުތަކުން، ބޯޓު ވެއްޓުނީ ދޫނި އައިނެއް ގައި ބޯޓު ޖެހިގެން ކަމަށް ކުރިން ދައްކަން އުޅުނު ސަބަބު މިހާރު ބާތިލު ވެއްޖެ ކަމުގައެވެ.

އަލިޔެވް އިތުރަށް ވިދާޅުވީ، ރަޝިޔާގެ ބައެއް ފަރާތްތަކުން މި ވިސްނުން ކުރިއަށް ނެރެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން އަލިޔެވް ވިދާޅުވީ ބޯޓު ވެއްޓުނީ ބޯޓުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައިގެން ކަން ދައްކަން ވެސް ރަޝިޔާގެ ބައެއް ރަސްމީ އިދާރާ ތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އެހެން ބަހަކުން ދަންނަވާނަމަ، މިއީ ރަޝިޔާއިން މި މައްސަލަ ފޮރުވަން ބޭނުންވާކަން ސާފުކޮށް ދައްކުވައިދޭ ކަމެކެވެ. އެއީ، ހަމަ ޔަގީނުންވެސް އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫނެވެ،" އަލްޔެވް ވިދާޅުވިއެވެ.

އަލްޔެވް ވިދާޅުވީ އެ އުޅަނދަށް ހަމަލާ އެރީ "އެކްސިޑެންޓަކުން" ކަމަށާއި، މިއީ "ގަސްދުގައި ހިންގި ޓެރަރިސްޓް ޢަމަލެއް" ނޫން ކަމަށެވެ. ނަމަވެސް، އޭނާ ވަނީ ރަޝިޔާގެ ވެރިން ޒިންމާ ނުނަންގަވާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ކުށް ޤަބޫލުކޮށް، އެކުވެރި ޤައުމެއްގެ ގޮތުގައި ދެކެމުން އަންނަ އަޒަރުބައިޖާނުގެ ކިބައިން، ވަގުތުން މަޢާފަށް އެދި، އާންމުންނަށް މި ކަމުގެ މަޢުލޫމާތު ދިނުން - މިހުރިހާ ކަމަކީ އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ ކަންތައްތަކެވެ," އޭނާ ވިދާޅުވިއެވެ. "ނަމަވެސް، ހިތާމައަކީ، ފުރަތަމަ ތިން ދުވަހު، އަހަރެމެންނަށް ރަޝިޔާ އިން އިވުނީ ހަމައެކަނި ބައެއް ބޭކާރު ނަޒަރިއްޔާތު ތަކެއްގެ ވާހަކަތަކެވެ."

ހޮނިހިރު ދުވަހު، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ މަޢާފަށް އެދިވަޑައިގަނެފައެވެ. އޭނާ ވިދާޅުވީ "ހިތާމަވެރި ހާދިސާއެއް" ކަމަށެވެ. ނަމަވެސް، އޭނާ ހާދިސާގެ ޒިންމާ ނަންގަވާ ވާހަކަފުޅެއް ވިދާޅެއް ނުވެއެވެ. ހޮނިހިރު ދުވަހު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔުކްރެއިންގެ ޑްރޯން ހަމަލާއަކާ ގުޅިގެން ގްރޮޒްނީ ކައިރީގައި ރަޝިއާގެ އެއަރ ޑިފެންސް ސިސްޓަމްތަކުން މިސައިލް ހަމަލާ ދެމުން ދިޔަ ކަމަށެވެ. ނަމަވެސް ބޯޓު ވެއްޓުނީ މި ބާވަތުގެ ހަމަލާއެއް އަރައިގެން ކަމަށް ވެސް ރަޝިޔާ އިން ބުނެފައެއް ނުވެއެވެ.

ކްރެމްލިންއިން އިން އާންމު ކުރި ބަޔާނެއްގައި ވާ ގޮތުން ރަޝިޔާގެ ރައީސް އަޒަރުބައިޖާނުގެ ރައީސަށް މަޢާފަށް އެދިވަޑައިގަތީ "މި ހިތާމަވެރި ހާދިސާ ހިނގީ ރަޝިޔާގެ ވައިގެ ސަރަހައްދުގައި ކަމަށްވާތީ" އެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ ފުރަތަމަ ލިބުނު މަޢުލޫމާތުތައް ބަލާއިރު އެ އުޅަނދު ވެއްޓުނީ ރަޝިޔާގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެމެރިކާގެ ދެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ އެންބީސީ ނިއުސް އިން ބުނެފައިވަނީ އެމެރިކާއަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތުން ދައްކާ ގޮތުގައި ރަޝިޔާއިން އެ އުޅަނދު ޑްރޯން އެއް ގޮތައް ބެލެވި އެ އުޅަނދު ވައްޓާލީ ކަމަށް ބެލޭ ކަމުގައެވެ.

މި ހާދިސާ ހިނގުމާއެކު ރަޝިޔާގެ ވަރަށް ގިނަ އެއަރޕޯޓުތަކަށް ދަތުރުތައް ކުރުން އަޒަރބަރިޖާން އެއަރލައިން އިން ވަނީ ހުއްޓާލާފައެވެ.

މީގެ ކުރިން ރަޝިޔާ އިން ވަނީ މެލޭޝިއަން އެއަރލައިންގެ ބޯޓެއް ރަޝިޔާގެ މިސައިލް ހަމަލާއެއްގައި ވައްޓާލާފައެވެ. 2014 ވަނަ އަހަރު ހިނގި އެ ހާދިސާ ގައި 298 މީހުން މަރުވިއެވެ.                  

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު