Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަޒަރުބައިޖާން

އަޒަރުބައިޖާނުގެ ބޯޓަށް ހަމަލާދީ ވައްޓާލީ، އެކަމުގައި ރަޝިޔާ ކުށްވެރިވޭ: އަޒަރުބައިޖާންގެ ރައީސް

އަލީޔެވް ވިދާޅުވީ މަޢާފަށް އެދުމަށާއި، ކުށް ޤަބޫލުކުރުމަށާއި، އަދި މަތިންދާ ބޯޓަށް ހަމަލާ ދިން ފަރާތްތައް ހޯދާ އެމީހުންނަށް އަދަބު ދިނުމަށެވެ.

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2025 | ހޯމަ 14:18
ޑިސެމްބަރު 29: ކަޒަކިސްތާނުގައި ހިނގި ނުރައްކާތެރި ބޯޓު ވެއްޓުމުގެ ހާދިސާ އެއްގައި މަރުވި އަޒަރުބައިޖާން އެއާލައިންސް އެމްބްރޭއާ 190 ގެ ފަޅުވެރިންގެ ޖަނާޒާއެއްގައި މީހުން ހިތާމަކުރަނީ

ޑިސެމްބަރު 29: ކަޒަކިސްތާނުގައި ހިނގި ނުރައްކާތެރި ބޯޓު ވެއްޓުމުގެ ހާދިސާ އެއްގައި މަރުވި އަޒަރުބައިޖާން އެއާލައިންސް އެމްބްރޭއާ 190 ގެ ފަޅުވެރިންގެ ޖަނާޒާއެއްގައި މީހުން ހިތާމަކުރަނީ

ހުސްވި މަހު ރަޝިޔާ މަތިން ދަތުރުކުރަނިކޮށް ވެއްޓުނު އަޒަރުބައިޖާނުގެ މަތިންދާ ބޯޓަށް ހަމަލާދީ ވައްޓާލީ ކަމަށާއި އެކަމުގައި ރަޝިޔާ ކުށްވެރިވާ ކަމަށް އަޒަރުބައިޖާންގެ ރައީސް ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާނުން ބުނާ ގޮތުގައި މި މަތިންދާބޯޓު ވަނީ ރަޝިޔާގެ ވައިގެ ދިފާއީ ބާރުތަކުން ހަމަލާދީ ވައްޓާލާފައެވެ.

އަޒަރުބައިޖާން އެއަރލައިންސްގެ އެމްބްރެއަރ 190 ޖެޓް މަތިންދާބޯޓެއް ޑިސެމްބަރު 25 ވަނަ ދުވަހު ކަޒަކިސްތާނަށް ވެއްޓި، ބޯޓުން ދަތުރުކުރި 67 މީހުންގެ ތެރެއިން 38 މީހުން މަރުވިއެވެ.

މި މަތިންދާބޯޓު ވެއްޓުނު އިރު ރަޝިޔާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ގްރޮޒްނީއަށް ޖައްސަން ހަމަޖެހިފައި އޮތް އެ ބޯޓު ޖައްސާތަން ވަނީ އެހެން ދިމާލަކަށް ބަދަލުކޮށްފައެވެ.

މޮސްކޯއިން އެއްބަސްވެފައިވާ ގޮތުގައި ބޯޓު ވެއްޓުނު އިރު އެ ވަގުތު އެ ސަރަޙައްދުގައި ރަޝިޔާގެ ވައިގެ ދިފާއީ ބާރުތައް ހަރަކާތްތެރިވެފައި ވެއެވެ. ޔޫކްރެއިންގެ ޑްރޯން ހަމަލާތަކެއް އެ ސަރަހައްދަށް އަމާޒުވުމާއެކު ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ހަރަކާތްތެރިވި ވަގުތެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ރަޝިޔާގެ ވައިގެ ސަރަހައްދުގައި މި ހާދިސާ ހިނގާފައިވާތީ ރަޝިޔާގެ ރައީސް ވަނީ މާފަށް އެދިވަޑައިގަނެފައެވެ. އެހެން ނަމަވެސް ބޯޓަށް ރަޝިޔާގެ ހަމަލާއެއް އެރި ކަމަށް ކުރެވޭ ތުހުމަތަށް ޕުޓިން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލީޔެވް ހޯމަ ދުވަހު ވަނީ މިހާދިސާ ގައި ބޯޓުން ސަލާމަތްވި މީހުންނާއި އެމީހުންގެ އާއިލާތަކާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަލީޔެވް ވިދާޅުވީ، "މި ހާދިސާ ގައި އަޒަރުބައިޖާނުގެ ރައްޔިތުން މަރުވުމުގެ ކުށް އޮތީ ރަޝިޔާގެ ވެރިންގެ ބޮލުގައެވެ،" އަލީޔެވް ހޯމަ ދުވަހު ވިދާޅުވި ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

ޕުޓިން އާ ގާތް ގުޅުމެއް އޮންނަ އަޒަރުބައިޖާނުގެ ވެރިޔާ، މި ހާދިސާއާ ގުޅިގެން މޮސްކޯއަށް ހަރުކަށި ބަސްތަކުން ފާޑުވިދާޅުވެ ވާހަކަ ފުޅު ދެއްކެވުމަކީ އެމަނިކުފާނު ކުރެއްވި ވަރަށް ނާދިރު ކަމެއް ކަމަށް ރިޕޯޓުތައް ފާހަގަ ކުރެވެއެވެ. އަލީޔެވް ވިދާޅުވީ މަޢާފަށް އެދުމަށާއި، ކުށް ޤަބޫލުކުރުމަށާއި، އަދި މަތިންދާ ބޯޓަށް ހަމަލާ ދިން ފަރާތްތައް ހޯދާ އެމީހުންނަށް އަދަބު ދިނުމަށެވެ.

ހޯމަ ދުވަހު އޭނާ ވިދާޅުވީ މިކަމުގެ ހަގީގަތް އޮޅުވާލުމަށާއި ބުއްދި ގަބޫލު ނުކެރޭ ސަބަބުތައް ރަޝިޔާ އިން ދައްކަން އުޅުމުން އަޒަރުބައިޖާނުން ރުޅި އައުން ހައްގު ކަމުގައެވެ.

ބޯޓު ވެއްޓުނު ސަބަބާ ބެހޭ ގޮތުން ރަޝިޔާ އިން ފުރަތަމަ ނެރުނު ވާހަކައިގައި ބޯޓުގައި ދޫނިތަކެއް ޖެހުމުގެ ސަބަބުން ބޯޓުގެ މަގު ބަދަލުކުރަން މަޖުބޫރުވިކަމަށް ރަޝިޔާގެ ވައިގެ ދަތުރުފަތުރުގެ އިދާރާއިން ބުނެފައިވެއެވެ.

އަލީޔެވް ވިދާޅުވީ، ރަޝިޔާ އިން ބުނާ ވައިގެ ދިފާއީ ނިޒާމުގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު ބޯޓު ޖައްސަން ހަމަ ޖެހިފައިވާ ގްރޮޒްނީގެ އެއަރޕޯޓަށް ދިނީ މަތިންދާ ބޯޓަށް ހަމަލާ އެރިފަހުން ކަމުގައެވެ.

"ރަޝިޔާގެ ވައިގެ ސަރަޙައްދަށް ނުރައްކަލެއް އޮތްނަމަ، މަތިންދާބޯޓުގެ ކެޕްޓަނަށް އެކަން ކުރިން އަންގަންވާނެ،" އަލީޔެވް ވިދާޅުވިއެވެ.

އަދި ކެސްޕިއަން ކަނޑު ހުރަސްކޮށް އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުގައި އޮތް ކަޒަކިސްތާނުގެ އަގުތައު ސިޓީގައި ބޯޓު ޖައްސަން ފޮނުވާލީ ކީއްވެތޯވެސް އަލީޔެވް ވަނީ ސުވާލު ކުރައްވާފައެވެ.

"އަގުތައު އަށް ދަތުރު ބަދަލުކުރެވުނީ ކީއްވެގެންކަން އަޅުގަނޑުމެންނަކަށް ނޭނގެ،" އަލީޔެވް ވިދާޅުވިއެވެ.

އަޒަރުބައިޖާނުން ބުނާ ގޮތުގައި އެ ޤައުމުން ކުރި ތަޙުޤީޤުގެ އިބްތިދާއީ ނަތީޖާތަކުން ދައްކާ ގޮތުގައި މަތިންދާބޯޓަށް އަރައިފައިވަނީ ރަޝިޔާގެ ވައިގެ ދިފާޢީ މިސައިލެކެވެ. އެހެން ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް ނުދޭ ކަމަށްވެސް އެ ގައުމުން ބުނެފައިވެއެވެ.

ހާދިސާ އާ ބެހޭ ގޮތުން ރަޝިޔާ އިން ވަނީ އެ ޤައުމުގެ އަމިއްލަ ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ.

މަތިންދާބޯޓުގެ ބްލެކް ބޮކްސްތައް ވަނީ ދިރާސާކުރުމަށް ބްރެޒިލް އަށް ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ތާލިބާނުން ހަމަލާދީ އަފްޣާންގެ 5 ފުލުސް އޮފިސަރުން މަރާލައިފި

18 ޖޫން 2017
ތާލިބާނުން ހަމަލާދީ އަފްޣާންގެ 5 ފުލުސް އޮފިސަރުން މަރާލައިފި
09 ޖޫން 2017

އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި

09 ޖޫން 2017
އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި
17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު