Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މެސީގެ ވޯލްޑް ކަޕް ކާމިޔާބީ ކުލަގަދަކޮށް ފާހަގަ ނުކުރީ ފްރާންސް އަށް އިހުތިރާމް ކުރަން: ނާސިރު އެލް ހެއްލާފީ

ސަބަބަކީ މެސީ އަދި އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރީ ފްރާންސް ބަލިކޮށްފައި ކަމަށް ވުމުންނާއި، އެ ޓީމުގައި މެސީ އާއެކު ޕީއެސްޖީ އަށް ކުޅޭ ކުޅުންތެރިން ތިބުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ސެޕްޓެމްބަރު 2023 | އަންގާރަ 00:40
މެސީ ވޯލްޑް ކަޕް ކާމިޔާބު ކުރުމާއެކު، ޕީއެސްޖީގެ ރައީސް މެސީ އާއެކު

މެސީ ވޯލްޑް ކަޕް ކާމިޔާބު ކުރުމާއެކު، ޕީއެސްޖީގެ ރައީސް މެސީ އާއެކު

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފީފާ ވޯލްޑް ކަޕް ކާމިޔާބީ ކުލަ ގަދަކޮށް ފާހަގަ ނުކުރީ، ފްރާންސް އަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ރައީސް ނާސިރު އެލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާޖެންޓީނާ އާއެކު މެސީ ކާމިޔާބުކުރިއިރު، އޭނާ ހުރީ ޕީއެސްޖީގަ އެވެ. ވޯލްޑް ކަޕްގެ ތަށި ޕީއެސްޖީގެ ރަސްމީ ދަނޑުގައި މެސީ އާއެކު ދައްކާލުމުގެ ފުރުސަތަށް އެދުނު ނަމަވެސް، ޕީއެސްޖީން ހުއްދަ ދީފައެއް ނުވެ އެވެ. މިހާރު އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ ދާދި ފަހުން ދިން އިންޓަވިޔުއެއްގައި އޭނާ ބުނީ، ވޯލްޑް ކަޕްގެ ކާމިޔާބީ ކުލަބުން ފާހަގަ ނުކުރަނީ ހަމައެކަނި އޭނާގެ ކަމަށެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ނާސިރު އެލް ހެއްލާފީ ވިދާޅުވީ، އެކަމުގެ ވާހަކަ ވަރަށް ގިނަ ފަރާތްތަކުން ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީއެސްޖީގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔައިރު މެސީގެ ކާމިޔާބީ ފާހަގަ ކުރި ކަމަށާއި، އެ ވީޑިއޯ ކުލަބުން އާންމު ވެސް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އާންމުންނަށް ނޭންގޭނެހެން ވަކިން ވެސް މެސީގެ ކާމިޔާބީ ފާހަގަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރަށް ނާސިރު އެލް ހެއްލާފީ ވިދާޅުވީ، ޕީއެސްޖީ އަކީ ފްރާންސް އަށް ނިސްބަތްވާ ކުލަބެއް ކަމަށާއި، އެކަމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

ދަނޑު މަތީގައި މެސީގެ ކާމިޔާބީ ފާހަގަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ނާސިރު އެލް ހެއްލާފީ ދެކިލައްވަ އެވެ. ސަބަބަކީ މެސީ އަދި އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރީ ފްރާންސް ބަލިކޮށްފައި ކަމަށް ވުމުންނާއި، އެ ޓީމުގައި މެސީ އާއެކު ޕީއެސްޖީ އަށް ކުޅޭ ކުޅުންތެރިން ތިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މެސީ އަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށާއި، ޕީއެސްޖީގައި މެސީ ކުޅުމަކީ ކުލަބަށް ލިބުނު ފަޚުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރީ ފްރާންސް ބަލިކުރުމަށްފަހު އެވެ. ފްރާންސް ޓީމުގައި މެސީ އާއެކު ޕީއެސްޖީ އަށް ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ކީލިއަން އެމްބާޕޭ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު