Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލިހުގެ ކެންޕޭން ދަތުރުފުޅުތައް

ފުރަތަމަ ބުރުގެ ކެންޕޭނުގައިވެސް ރައީސް ސާލިހު 170އަށްވުރެ ގިނަ ރަށަށް ވަޑައިގެންނެވި، ޑރ. މުއިއްޒުއަށް އަރާ ހަމަނުކުރެއްވޭނެ: މާރިޔާ

މެނިފެސްޓޯ ތައްޔާރުކޮށްފައިވަނީ ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 16:42
ރައީސް އިބްރާހީމް މުހައްމަދު ސާލިހު މާފުއްޓަށް ވަޑައިގަންނަވައި، އާއްމު ރައްޔިތުންނާއެކު ސެލްފީ ނަންގަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސާލިހު މާފުއްޓަށް ވަޑައިގަންނަވައި، އާއްމު ރައްޔިތުންނާއެކު ސެލްފީ ނަންގަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެންޕޭނުގައި ވެސް 170އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައި ވާކަމަށް، އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ''ދެވަނަ ބުރުގައި ޑރ. މުއިއްޒު 56 ރަށަކަށް, ރައީސް އިބްރާހީމް މާލޭގައި ބަނޑަހަ ޖަހައިގެން'' މި ސުރުޚީގެ ދަށުން ދިޔަރެހުގައި އާއްމުކުރި ޚަބަރަކާ ގުޅިގެންނެއެވެ. އެ ޚަބަރުގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު 50ށްވުރެ ގިނަ ރަށަށް ވަޑައިގެންފައި ވާކަމަށެވެ. އަދި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާ ހަވާލާދެއްވައި ބުނެފައިވަނީ، ދެވަނަ ބުރު ފެށުނު ފަހުން އެއްވެސް ރަށަކަށް ވަޑައިނުގެން ރައީސް މާލޭގައި ''ބަނޑަހަ ޖަހައިގެން'' ހުންނަވަނީ އިންތިޚާބުން ވައްކަން ކުރުމަށް ނުބައިނުލަފާ ރޭވުންތައް ރޭއްވެވުމަށްޓަކައި ކަމަށެވެ.

މިކަމަށް ރައްދުދެއްވައި މާރިޔާ ވިދާޅުވީ، އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ދަތުރުކޮށް, ދިވެހި ރައްޔިތުންގެ ހާލު އެންމެ ގާތުން ބަލައި, ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށެވެ. އަދި މި މެނިފެސްޓޯއާ އެކީ ރައީސް ސާލިހު ވަނީ ފުރަތަމަ ބުރުގައި އެކަނި 170އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައި ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅިގެން މެނިފެސްޓޯ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި ދެ ބުރު އެއްކޮށްވެސް އިދިކޮޅު ކެންޑިޑޭޓަށް މި އަދަދާ ގާތްވާވަރަށް ވެސް ރަށްރަށަށް ވަޑައިގެންނެވިފައި ނުވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، މިހާރުވެސް ޕީޕީއެމް/ޕީއެންސީން ދަނީ އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތު ކުރަމުންނެވެ. މިތުހުމަތުތައް ކުރަނީ އިންތިޚާބުން ބަލިވާނެކަން އެފަރާތްތަކަށް އެނގޭތީ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު