Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ނަޝީދަށް މީހަކު ފޮނުވި އަސަރުގަދަ ސިޓީ

ކުރީގެ އަނިޔާވެރިކަމަށް ދެވޭކަށް ނެތް

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 11:59
ރައީސް ނަޝީދު

ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑަކީ މަނިކުފާނަށް މަރުދޭ ސަޕޯޓަރަކީމެވެ. ޖާނާއި މާލުން ގުރުބާންވާން އަބަދުވެސް ތައްޔާރަށް ހުންނަ މީހަކީމެވެ. މަނިކުފާނާއެކު ވީހާލެއްގައި ވެގެން، ހިތާއި ރޫހުން މަނިކުފާނަށް ތާއީދުކުރާ މީހަކީމެވެ.

ދެލޯ ނޭދި އެދޭ މާތް މަނިކުފާނެވެ. އަޅުގަނޑަށް މައާފް ކުރައްވާށެވެ. ފުރަތަމަ ފަހަރަށް މަނިކުފާނު ގާތު ހޭވެސް އަހާނުލައި ސިޔާސީ ކަމެއްގައި ގޮތް ނިންމާ މިއީ އަޅުގަނޑުގެ ފުރަތަމަ ފަހަރެވެ. ތަފާތު ބޮޑު ނިންމުމެއް އަޅުގަނޑު ނިންމައިފިއެވެ. ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުދޭން މި ނިންމީ ހިތާ ދެކޮޅަށެވެ.

މަނިކުފާނެވެ. އަޅުގަނޑު މިގޮތަށް މި ނިންމީ ހަމައެކަނި ގައުމަށާއި ޚުދު އަޅުގަނޑުގެ ފައިދާއަކަށް ނޫނެވެ. އެއަށްވުރެ ބޮޑަށް ސީދާ މަނިކުފާނަށް ޓަކައިވެސް މެއެވެ. އެދުވަސް އަނބުރާ ދެކެން ހިތް ނޭދޭތީއެވެ.

މަނިކުފާނެވެ. އަޅުގަނޑަކަށް އަލުން އެމަންޒަރު ދެކޭކަށް ކުޅަދާނައެއް ނޫނެވެ. އެހިތްވަރެއް މިހާރަކު ނެތެވެ.

ރައީސް ނަޝީދެވެ. ޕީޕީއެމް ސަރުކާރުގައި ރައްޔިތުންނަށް އެދިން އަނިޔާއާއި ޚުދު މަނިކުފާނަށް ދިން އަނިޔާ މިހާރުވެސް ލޯ ކުރިމަތިން ސްކްރީނަކުން ފެންނަހެން، ފެންނަ ކަހަލައެވެ. އެ ހިތި އަރުގައި  މިހާރުވެސް އެބަ ލައެވެ. އެމަންޒަރު ސިފަވުމުން ބޭއިޚްތިޔާރުގައި މިއަދުވެސް ފެންކަޅިވެއެވެ.

ރައީސް ނަޝީދެވެ. ހަމަ އެންމެ ހާދިސާއެކެވެ. މަނިކުފާނު ދަމާކޫއްތާފައި ގެންދިޔަ ދުވަހެވެ. އަޅުގަނޑު ހުރީ ގާތުގައެވެ. އަތްދަމާލީމާ އަތްޖެހޭ ހިސާބުގައެވެ. މަނިކުފާނު އޮންނެވި ހާލާއި، އެވެރިންގެ އެހެރަ ބަސްމަގާއި، ދައްކަމުންދިޔަ ގަދަ ބަދަވިކަން އަޅުގަނޑު ދުށީމެވެ. ބަލަން ހުރެވުނީ ކިރިޔާއެވެ. މުޅި އުމުރު ޖަލުގައި އޮންނަން ޖެހުނަސް މަނިކުފާނު ގެންދިއުމަށް ހުރަސްއަޅަން ހިތަށް އެރިއެވެ. ގާތަށް ލެފިލީމާ އަތުގެ އިޝާރާތުން ކެތްތެރިވާން އެންގީ މަނިކުފާނު ނޫންތޯއެވެ. އެދުވަހު ހިމޭންވީ މަނިކުފާނު ވިދާޅުވި ބަސްފުޅަކުންނެވެ. ކުރިއަށް އޮތީ ރަނގަޅު ގޮތްކަމަށާއި ހިތްވަރު ކުރުމަށެވެ.

މަނިކުފާނެވެ. އެތައް ކަމެއް ކަޑައްތުވެ މަނިކުފާނު ވިދާޅުވި ދުވަސް އައެވެ. އެކަމަކު މިއަދު މިފެންނަނީ އެނބުރި އެ ހާލަތަށް ވެއްޓެން ދާ މަންޒަރެވެ. އެ އަނިޔާވެރިކަން އިއާދަވާތަނެވެ. އަޅުގަނޑަކަށް މުއިއްޒެއް ނޯޅެއެވެ. އެއީ ޔާމީން ދައްކާލާފައި ހުރި ފޮޓޯގަނޑެކެވެ. މުއިއްޒުގެ ވެރިކަމުގައި ޔާމީން އަންނާނީ މާ ގަދަކޮށެވެ. ކޮކަޑިކޭ މީދާ ވާރޭފެންބޮއި ގަދަވެގެން އަންނަ ބީދައިންނެވެ. އިސާހިތަކު އޭނާއަށް ތުރެޓަކަށް އެއްވި އެންމެން ހަމަ ބިމަށް ތިރިކުރާނެއެވެ. ހިރިނުލެވޭވަރު ކުރާނެވެ. އިހު ދެއްކި އަހުވައަށްވުރެ ބޮޑު ލާނެތްކަމެއް ދައްކާނެއެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. އެހެންނަމަ އޭނާގެ ތުއްތޮންބެ މުސްކުޅި ހާލުގައި ޖަލަށްލައިގެން އެއަނިޔާއެއް ނުދިނީހެވެ.

މަނިކުފާނެވެ. ޕީޕީއެމާއި ޔާމީންގެ ފުރަތަމަ އަމާޒުފަތްގަނޑަކަށް ވާނީ މަނިކުފާނެވެ. ފުރަތަމަވެސް ޖަލުގެ ތޭރިތަކުގެ ފަހަތަށް އެއްލާލާނީ މަނިކުފާނެވެ. އެއްހުޅު ބިޑިއާއި ޗޭނު ޖެހުމާއި، ހަތަރެސްފައި ބަނދެ ފުޅިތޮށި ކާންދީފައި ބޮޑު އިންޖީނު ބުޑުގައި މަނިކުފާނު ބޭއްވި ހަނދާން ހަމަގައިމުވެސް އަޅުގަނޑަށް އެބަ އިހުސާސް ކުރެވެއެވެ. މިފަހަރު އެ ވަރަކުން ނިންމައެއް ނުލާނައެވެ. މަނިކުފާނު ދުނިޔެއިން މޮޔަވާ ހިސާބަށް ނުގެންދާނެއެކޭ ނުބުނާނަމެވެ. މިއީ ރޭދުވާ އެނގޭހެން ކަށަވަރު ކަމެކެވެ. އުޑުބަޅުކުރި ހިސާބުގައި މިވާހަކަ ގަބޫލުނުކުރާނޭ ހަމަ އެކަކުވެސް ނޫޅޭނެއެވެ.

އެންމެ ހެޔޮއެދޭ ރައީސް ނަޝީދެވެ. އެ ދުވަސް އެނބުރި އަންނާކަށް އަޅުގަނޑެއް ނޭދެމެވެ. އެ ކެތްތެރިކަމެއް ދެނެއް ނުލިބޭނެވެ. މަނިކުފާނުގެ ސަލާމަތަށް އަޑު އުފުލައި މަގުމަތީގައި އިތުރަކަށް އުޅެވޭނެ ހިތްވަރެއް އެ ދުވަހަކުން ނުލިބޭނެއެވެ. އެންމެންވެސް ތިބޭނީ ބިރުން ފިތްކަނޑުވާފައެވެ.

ދިގުކޮށް މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. މަނިކުފާނަށް، އަޅުގަނޑު މިދަންނަވާ ވާހަކަތައް އަޅުގަނޑަށްވުރެ ބޮޑަށް ފަހުމްވާނެއެވެ. މިވާހަކަތައް ލިޔަމުންދާއިރު ވެސް ގައިން ހީބިހިނަގައެވެ. އަސަރު އިހުސާސް ކުރެވެއެވެ. އެވާހަކަތައް ދައްކާކަށް ކުޅަދާނައެއް ނޫނެވެ. އެހެންކަމުން މި ސިޓީ ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑާމެދު އެއްވެސް ހިތްބުރަކަމެއް ނުބާއްވަވައްޗެވެ. އަޅުގަނޑަކީ އަދިވެސް މަނިކުފާނުގެ މީހެކެވެ. މިނިންމި ނިންމުމަކީވެސް މަނިކުފާނަށްޓަކައި ނިންމި ނިންމުމެކެވެ. މަނިކުފާނުގެ ހައްގުގައި ނިންމި ނިންމުމެކެވެ. އަޅުގަނޑުގެ މި އާދޭސް ގަބޫލުކޮށްދެއްވުން އެދި ވަރަށް އިހްތިރާމާއެކު ދަންނަވަމެވެ.

އިހްތިރާމް ގަބޫލް ކުރެއްވުން އެދެމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު