Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2028

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރައީސް ނަޝީދު ވަނީ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ބައެއް އިސް މެމްބަރުންނަށް މެސެޖެއް ފޮނުއްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2025 | ބުދަ 10:57
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ

ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވުމާ މެދު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޚިޔާލު ހޯއްދަވަން ފައްޓަވައިފި އެވެ.

މިވަގުތު ރާއްޖެ އިން ބޭރުގައި ވަޒީފާ އަދާ ކުރައްވަމުން އަންނަ ރައީސް ނަޝީދު ވަނީ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ބައެއް އިސް މެމްބަރުންނަށް މެސެޖެއް ފޮނުއްވައިފަ އެވެ.

Advertisement - newsAdvertisement

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އަދި އެކަމުގައި ފެންނަނީ ކިހިނެއްތޯ ވަނީ އައްސަވައިފަ އެވެ. އިތުރަށް އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ޖަވާބެއް ދެއްވި ނަމަވެސް، ރައީސް ނަޝީދާ އޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ހުރީ ކޮން ޕާޓީ އަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ނުވެ އެވެ.

މިވަގުތު ރައީސް ނަޝީދު އަކީ ދަ ޑިމޮކްރަޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރެކެވެ. ނަމަވެސް އެމަނިކުފާނަކީ ގިނަ ދުވަސް ތަކެއް ވަންދެން އެމްޑީޕީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ރައީސް ނަޝީދު އެ ޕާޓީ އިން ވަކިވެ ވަޑައިގަތީ 2023 ވަނަ އަހަރު އެވެ.

އެއަށްފަހު އެ އަހަރު އޮތް އިންތިޚާބުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ޑިމޮކްރަޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް އަށް ތާއީދު ހޯއްދެވުމަށެވެ. ރައީސް ނަޝީދުގެ ތާއީދާ އެކު ނިކުންނެވި އިލްޔާސް އަށް އެ އިންތިޚާބުގައި ލިބުނީ ތިން ވަނަ އެވެ.

އެ އަހަރު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވަނީ ވާދަކުރައްވައިފަ އެވެ. ނަމަވެސް، އެމަނިކުފާނުގެ ޒަމާންވީ ރަޙުމަތްތެރިޔާ، އަދި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ އެމްޑީޕީއާ ދުރަށް ޖެހި ވަޑައިގެން މަސައްކަތް ކުރައްވައިފަ އެވެ.

މިވަގުތު ސިޔާސީ ކަންކަމާ ތަންކޮޅެއް ދުރުގައި ހުންނެވި ނަމަވެސް، ދާދި ފަހުން ރައީސް ނަޝީދު ވަނީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރަޓްސް ގުޅިގެން މަސައްކަތް ކުރުން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް އެވެ. ފެހި ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވި ފަހުން 2008 ވަަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ކުރި ހޯއްދަވައި، ރައީސް ކަމަށް ވަޑައިގެންނެވި އެވެ.

ނަމަވެސް، 2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ވަނީ މަގު މަތިން ވައްޓާލައިފަ އެވެ. އެ ދުވަހު އެމަނިކުފާނު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި އެވެ.

އޭގެ ފަހުން 2013 ވަަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ނަޝީދު ވާދަކުރެއްވި އެވެ. ނަމަވެސް، އިންތިޚާބުގެ ދެ ވަނަ ބުރުގައި ރައީސް ނަޝީދު ބަލި ކުރައްވައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަން ހޯއްދެވި އެވެ.

ތިން ވަނަ ފަހަރަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު 2018 ވަނަ އަހަރު ރައީސް ނަޝީދަށް ލިބިވަޑައި ނުގެންނެވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް 13 އަހަރު ދުވަހުގެ ޖަލު ޙުކުމުގެ ސަބަބުންނެވެ. އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙު ކާމިޔާބު ކުރެއްވި ފަހުންނެވެ.

އޭގެ ފަހުން ރައީސް ނަޝީދު ވަނީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި، މަންޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް އެމަނިކުފާނު ކުރެއްވި އެވެ.

އޭގެ ފަހުން އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަަލައިގަައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ، މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން މިހާރު އެމަނިކުފާނު އަންނަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާ ކުރައްވަމުންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކުރީގެ ރައީސް، މުހައްމަދު ނަޝީދުދަ ޑިމޮކްރެޓްސް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު