Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ-ރާއްޖެ ގުޅުން

ބޮޑު ވަޒީރު މޯދީގެ ތައުރީފު ރައީސް ނަޝީދު އަށް

މޯދީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، އެމަނިކުފާނަކީ އަބަދު ވެސް އިންޑިއާ އާއި ދިވެހި ރާއްޖޭގެ އެކުވެރި ކަމަށް ވަރުގަދަ އަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2025 | ހޮނިހިރު 12:43
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލު ކުރައްވައިފި އެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، ހޮނިހިރު ދުވަހު ވަނީ ރައީސް ނަޝީދުއާ ބައްދަލު ކުރައްވައިފި އެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމަށް ފަހު މޯދީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، އެމަނިކުފާނަކީ އަބަދު ވެސް އިންޑިއާ އާއި ދިވެހި ރާއްޖޭގެ އެކުވެރި ކަމަށް ވަރުގަދަ އަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން މޯދީ ވިދާޅުވީ، ‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި، މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭ ގޮތުން ރައީސް ނަޝީދުއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އިންޑިއާ އިން ދިވެހި ރާއްޖެ އަށް ކެޕޭސިޓީ ބިލްޑިންގ އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ ޕޯސްޓުގައި މޯދީ ވަނީ ވިދާޅުވެފަ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، މިއީ މި ދަތުރުފުޅުގައި ރާއްޖޭގެ ކުރީގެ ރައީސަކާ މޯދީ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާ ވެސް ބޮޑު ވަޒީރު މޯދީ އޮތީ ބައްދަލު ކުރައްވާ ގޮތަށެވެ. ނަމަވެސް، ރައީސް ޞާލިޙު މިވަގުތު ހުންނެވީ މެލޭޝިޔާގައި ކަމަށްވާތީ، އެ ބައްދަލުވުން އިންތިޒާމު ކުރެވޭ ގޮތް ނުވީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިއީ އިންޑިއާގެ ބޮޑު ވަޒީރު ކަމަށް މޯދީ ވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރު ކަމުގެ ތިން ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެ އަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންފައިވާއިރު، މީގެ ކުރިން ރައީސް މުޢިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އިންޑިއާ އަދި މޯދީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އިންޑިއާ އައުޓްގެ ނަމުގަައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި ވަނީ، މޯދީ އަށް ފުރައްސާރަކޮށް ރެލީތައް ވެސް ބާއްވައިފަ އެވެ. އަދި ހަޑި ހުތުރު އެތައް ބަސްތަކެއް ބޭނުން ކޮށްގެން ވަނީ މޯދީ އަށް ނިސްބަތްކޮށް ވާހަކަ ދައްކައިފަ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު