Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމެރިކާ ލީގު

އިންޓަ މިއާމީން ޓޮރޮންޓޯ ބަލިކޮށްފި

މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ކުޅެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 06:33
އިންޓަ މިއާމީން ކުޅުނު މެޗުގެ ތެރެއިން

އިންޓަ މިއާމީން ކުޅުނު މެޗުގެ ތެރެއިން

މޭޖާ ލީގް ސޮކާ (އެމެރިކާ ލީގު) ގައި އިންޓަ މިއާމީން ޓޮރޮންޓޯއާ ދެކޮޅަށް ކުޅު މެޗުން މޮޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ކުޅެފަ އެވެ. އެއީ ޤައުމީ ޓީމާ އެކު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ފަހު އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން މެސީ ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިއާމީ އަށް ލީޑު ނަގައިދިނީ ފަކުންޑޯ ފާރިއާސް އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ރޮބާޓް ޓޭލާ އެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި މިއާމީގެ ތިން ވަނަ ލަނޑު ޖެހީ ބެންޖަމިން ކްރެސްމަޗީ އެވެ. މިއާމީގެ ހަތަރު ވަނަ ލަނޑު 87 ވަނަ މިނެޓުގައި ޖެހީ، ދެ ވަނަ ލަނޑު ވެސް ޖެހި ޓޭލާ އެވެ.

ލީގުގައި ދެން މިއާމީ އަށް އޮންނާނީ އަންނަ ހޯމަ ދުވަހު އޯލަންޑް ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)އިންޓަ މިއާމީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
08 އޮކްޓޯބަރު 2025

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި
27 ސެޕްޓެމްބަރު 2025

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު