Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލު

ގަވާއިދަށް އަމަލު ކުރަން ފެށުމުން، ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި 10 ފަންގިފިލަޔަށް އިމާރާތްކުރެވޭނެ: އަރބަންކޯ

ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި އާންމުކުރުމަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ސެޕްޓެމްބަރު 2023 | ބުދަ 11:17
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުން

"ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލަށް" އަމަލުކުރަން ފެށުމުން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރި ބިންތަކުގައި 10 ފަންގިފިލާއަށް ޢިމާރާތްކުރެވޭނެ ކަމަށް އަރބަންކޯއިން ބުނެފިއެވެ.

"ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތްކުރުމުގެ އުސޫލު" ބުދަ ދުވަހު އާންމުކޮށްފައިވާއިރު، މި އުސޫލުގައި ވާގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ. އަދި އިމާރާތެއްގައި އެންމެ ގިނަވެގެން ބެހެއްޓޭނީ 6 ފަންގިފިލައެވެ.

މިހާރު އާންމުކުރި އުސޫލުގެ ދަށުން 6 ފަންގިފިލަޔަށް ޢިމާރާތްކުރެވުނު ނަމަވެސް، އެ އުސްމިނަށް ބަދަލު އަންނާނެކަމަށް އަރބަންކޯއިން ބުނެއެވެ. އެގޮތުން އިމާރާތްކުރުމުގެ އެންމެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމައި ގަވާއިދު އެކުލަވާލާފައި ވާކަމަށާއި، އެ ގަވާއިދަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެކަމަށާއި، ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި އާންމުކުރުމަށްފަހު ކަމަށްވެސް އަރބަންކޯއިން ބުނެއެވެ.

6 ފަންގިފިލަޔަށް އިމާރާތްކުރެވޭގޮތަށް އުސޫލެއް އާންމުކުރީ، މިވަގުތު އެތަނުގައި އިމާރާތްކުރުމުގެ އުސޫލެއް ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެގޮތުން ކަމަށް އަރބަންކޯއިން ބުނެއެވެ. "ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލު"ގައި ބުނެފައިވަނީ، އެ ބިންތަކުގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ އިމާރާތުގެ ކުރެހުންތައް ފާސްކޮށް، އިމާރާތްކުރުމާގުޅޭ އެންމެހައި ހުއްދަތައް ނެގުމަށްފަހު ކަމަށެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދުން ގޯތި ކަނޑައިދޭން ފެށީ އޮގަސްޓް މަހުގައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ 9000ށްވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. މި ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެއެވެ. އޭގެ އިތުރުން 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

އަރބަންކޯބިންވެރިޔާ ސްކީމް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު