Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިންވެރިޔާގެ ސްކީމުގެ ތަހުގީގު

އަލިފާނުގެ ހާދިސާއާ ގުޅިގެން ބިންވެރިޔާގެ ސްކީމުގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް ނެތިގެން ގޮސްފައިނުވޭ: މިނިސްޓަރު މުއްތަލިބު

މި ސްކީމަކީ ޕޯޓަލެއްގެ މެދުވެރިކޮށް ބަލަހައްޓަމުންދާ ސްކީމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2025 | ހޯމަ 07:49
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ

ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބިންވެރިޔާގެ ސްކީމުގެ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް ނެތިގެން ގޮސްފައިނުވާ ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަނުން ގޯތިތަކެއް ހަވާލުކުރަން މަސައްކަތް ކުރިކަން ހާމަވެފައިވާއިރު، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިއުމެއް ހައުސިން މިނިސްޓްރީ އަނދާ ދިޔުގައި ނެތި ގޮސްފައިވޭތޯ ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

މިސުވާލަށް މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުން ދަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުވާލައިގެން ގޯތި ލިބިފައިނުވާ ފަރާތްތަކަށް ގޯތި ލިބިފައިވާ ކަމަށް ދައްކާ ސައްހަނޫން ލިޔެކިއުންތަކެއް ހަދާފައިވާ މައްސަލަ ކަމަށާއި، މި ސްކީމަކީ ޕޯޓަލެއްގެ މެދުވެރިކޮށް އެޕްލިކޭޝަންގެ މަރުހަލާތައް ނިންމައި، ޕޯޓަލް މެދުވެރިކޮށް ބަލަަހައްޓަމުން ގެންދާ ސްކީމެއް ކަމަށެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަކީ ގެޒެޓް ކުރެވިފައިވާ ލިސްޓަކަށްވާތީ އާއި އެ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީން މިގެންގުޅޭ ޕޯޓަލްގެ ތެރޭގައި ހުރި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މިނިވަން މުއައްސަސާތަކުން ބަލަމުންދާ މައްސަލަކަށް ބޭނުންވާ މައުލޫމާތު މިހާރު ވެސް މިނިސްޓްރީން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިނިސްޓްރީން ކުރިން ހިންގަމުންދިޔަ އިމާރާތުގައި 2024 ޑިސެންބަރު 12 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. ނަމަވެސް އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާ ގުޅޭ ޑޮކިއުމެންޓްތަކުގެ ހާޑު ކޮޕީ ނެތިގޮސްފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މިނިވަން މުއައްސަސާތަކުން ބަލަމުންދާ މައްސަލަކަށް ބޭނުންވާ މައުލޫމާތު މިހާރު ވެސް މިނިސްޓްރީން ދަނީ ފޯރުކޮށްދެމުން. އެހެންކަމުން މިނިސްޓްރީން ކުރިން ހިންގަމުންދިޔަ އިމާރާތުގައި 2024 ޑިސެންބަރު 12 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިނުވޭ. އެހެންނަމަވެސް އަލިފާނުގެ ހާދިސާ ހިނގާދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާ ގުޅޭ ޑޮކިއުމެންޓްތަކުގެ ހާޑު ކޮޕީ ނެތިގޮސްފައިވާކަން ފާހަގަކޮށްލަން.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މީގެ އިތުރުން މެންބަރު މީކާއީލް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަނުން ގޯތިތަކެއް ހަވާލުކުރުމަށް މަސައްކަތް ކުރިކަން ހާމަވެފައިވާއިރު، މިކަމުގައި ހިމެނޭ ޗީފް ސަސްޕެކްޓް އޭރުގެ އެމްޑީ ފަޒުލް ރަޝީދާ ވަރަށް ޚާއްސަ ގޮތަކަށް މިސަރުކާރުން އަމަލުކުރައްވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އިންވެސްޓިގޭޝަންއާ ބެހޭ ގޮތުން އެ ދާއިރާތަކުން ސުވާލު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އަޅުގަނޑަކީ އިންވެސްޓިގޭޓް ކުރާ މީހެއް ނޫން. އަޅުގަނޑުމެން އިންވެސްޓިގޭޓް ކުރާ އޮތޯރިޓީތަކުން އެދޭ މައުލޫމާތު ފޯރުކޮށްދެނީ. އެހެންކަމުން ތި ވިދާޅުވި ގޮތަށް އެ ހިމެނެނީ ޝައްކުވަނީ ކޮން ބައެއްތޯއާއި، އަދި އެކަމުގެ ތެރޭގައި ކަންތައްތައް ހިނގާ ދިޔަ ގޮތް އިންވެސްޓިގޭޓް ކުރަމުން ގެންދަނީ ކަމާބެހޭ އިދާރާތަކުން އެކަމުގެ މައުލޫމާތު އަޅުގަނޑަށް ސީދާ ލިބިފައިނުވޭ. އެހެންކަމުން އިންވެސްޓިގޭޝަންއާ ބެހޭ ގޮތުން އެދާއިރާތަކުން ސުވާލު ކުރެއްވުން އެންމެ ރަނގަޅު ކަމަށް ދަންނަވަން.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

12 ޑިސެންބަރު 2024 ގައި ހިނގި އަލިފާނުގެ ހާދިސާގައި ޓިނުން ހަދާފައިވާ އެއިމާރާތް ވަނީ އެއްކޮށް ވެއްޓިފައެވެ. އެ އިމާރާތުގައި އަލިފާން ރޯވާން މެދުވެރި ސަބަބު މިހާތަނަށް ހާމަކޮށްފައިނުވާއިރު، ފުލުހުން ވަނީ ރާއްޖެއިން ބޭރުން ވެސް ޓީމެއް ގެނެސްގެން ޚާއްސަ ތަހުގީގެއް ހިންގާފައެވެ. އަދި މި ތަހުގީގުގެ ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ.

މި ހާދިސާއަށްފަހު ވަގުތީ ގޮތުން ހައުސިން މިނިސްޓްރީ ހިންގަމުންދަނީ ދަރުބާރު ގޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު