Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޫކުރުން

މެއި މަހުގެ ތެރޭގައި ގުޅީފަޅުން ގޯތިތައް ދޫކުރާނެ: މިނިސްޓަރު މުއްތަލިބު

28 އެޕްރީލު 2025 | ހޯމަ 08:18

ކުރީ ސަރުކާރުގައި 465 ގޯތި، މިސަރުކާރުގައި 159 ގޯތި ހަވާލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އެޕްރީލު 2025 | ހޯމަ 08:18
ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް ގޯތިތައް ހަވާލުކުރަނީ

ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް ގޯތިތައް ހަވާލުކުރަނީ

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މެއި މަހުގެ ތެރޭގައި ގުޅީފަޅުން ގޯތިތައް ދޫކުރާނެ ކަމަށް ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލުތަކާއި ގުޅިގެން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެއިން 1407 ގޯތި، ގުޅީފަޅުން 2438 ގޯތި، ގިރާވަރުފަޅުން 5186 ގޯތި ކަމަށާއި، އެއީ ޖުމްލަ 9031 ގޯތި ކަމަށެވެ.

Advertisement - newsAdvertisement

މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތިތަކާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުގައި 465 ގޯތި ހަވާލުކޮށްފައިވާ ކަމަށާއި، މިސަރުކާރުގައި 159 ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ.

ގޯތި ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދުގައި ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ވިލިމާލެ ބްރިޖުގެ މަސައްކަތާއެކު، ހަދަންޖެހޭ ސައިޓްތަކާއި، ސްޓޯރޭޖްތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޕްލޭނަށް ބަދަލުތަކެއް ގެނެސްގެން މަސައްކަތް ކުރާ ކަމަށާއި، މެއި މަހުގެ ތެރޭގައި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރެވޭނެ ކަމަށެވެ.

އަޅުގަނޑު ފާހަގަކޮށްލަން ގުޅީފަޅުގައި ހިއްކާފައި ހުރި ސަރަހައްދުތަކުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތު ކުރެވެމުންދާތީ ބްރިޖު މަސައްކަތްތަކާ އަދި ބްރިޖާ ގުޅިގެން ހަދަންޖެހޭ ސައިޓާއި ސްޓޯރޭޖާއި މިހުރިހާ ތަންތަނަށް ބިން ކަނޑައަޅައިފައިވާތީ ގޯތި ހަވާލުކުރުމަށް ސީދާ ފިޒިކަލްކޮށް ގޯތިތައް ހަވާލު ކުރުމަށް ލަސްތަކެއް އައިސްފައި އޮތީ. އެހެންނަމަވެސް ޕްލޭނަށް ބަދަލުތަކެއް ގެނެސްގެން ވީހާ ވެސް ގިނަ ފަރާތްތަކަށް ވީހާ ވެސް އަވަހަށް ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މެއި މަހުގެ ތެރޭގައި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ އެގޯތިތައް ކަނޑައެޅިގެން އެނގޭތޯ ގޮތަށް ގޯތިތައް ހަވާލުކުރާނަން.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ނުދީ ހިފަހައްޓާފައިވާ ކަމަށް ބުނެ، ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި ދޭތެރެ ދޭތެރެއިން ސިލްސިލާ މުޒާހަރާތަކެއް ވެސް ހައުސިން މިނިސްޓްރީ ކައިރީގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް