Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

އެމްބާޕޭ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ: އެންރީކޭ

އެންރީކޭ ބުނީ އެމްބާޕޭގެ ޓެކްނިކަލް ހުނަރަށްވުރެ އޭނާ އަށް އެންމެ ބޮޑަށް ފާހަގަވަނީ އޭނާގެ އިންސާނީ ހުނަރު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 00:53
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެމްބާޕޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕީއެސްޖީން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން ޕީއެސްޖީ މޮޅުވިއިރު، އެމްބާޕޭ ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ. އެ މެޗަށްފަހު އެންރީކޭ ބުނީ އެމްބާޕޭ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަބަދު ވެސް އެމްބާޕޭގެ ފަރާތުން އޭނާ ކުޅޭ ޓީމަކަށް އެންމެ ފައިދާވާ ކުޅުން ފެންނާނެ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެންރީކޭ ބުނީ އެމްބާޕޭގެ ޓެކްނިކަލް ހުނަރަށްވުރެ އޭނާ އަށް އެންމެ ބޮޑަށް ފާހަގަވަނީ އޭނާގެ އިންސާނީ ހުނަރު ކަމަށެވެ. މެޗުގެ ހާފް ވަގުތުގައި ޓީމުގެ ޗޭންޖިން ރޫމުގައި އެމްބާޕޭގެ ފަރާތުން ފެންނަ އަމަލުތަކަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ. އެންރީކޭ ފާހަގަ ކުރި ގޮތުގައި އެމްބާޕޭ އަކީ ހުރިހާ ވަގުތެއްގައި ވެސް މޫނު މަތިން ހިނިތުންވުން ފެންނަ ލީޑަރެއް ކަމަށެވެ.

އެންރީކޭ ބުނީ އޭނާގެ ޓީމުގައި އަބަދު ވެސް އެމްބާޕޭ ހުންނަން ބޭނުންވާ ކަމަށާއި، ޕީއެސްޖީން ކުރިއަށް ދާން ކުރާ މަސައްކަތުގައި އެމްބާޕޭ އަކީ މުހިންމު ބައިވެރިޔެއް ކަމަށެވެ. މި ސީޒަންގައި ވެސް އެމްބާޕޭ ޓީމާ ގުޅުނު ހިސާބުން އޭނާގެ ފަރާތުން ފެންނަމުން އަންނަ ރޯލަކީ އެހެން ޒުވާން ކުޅުންތެރިންނަށް މިސާލެއް ކަމަށް އެންރީކޭ ބުންޏެވެ.

ސީޒަންގެ ކުރީކޮޅު އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު މައްސަލަ ގަނޑެއް ޖެހުނެވެ. އެއީ ޕީއެސްޖީގެ އެއްބަސްވުން އައު ކުރުމަށް އެމްބާޕޭ ދެކޮޅު ހަދާތީ އެވެ. ނަމަވެސް ފަހުން ކުރިއަށް ދިޔަ މަޝްވަރާތަކަށްފަހު މިހާރު ވަނީ ސުލްހަވެފަ އެވެ.

ޕީއެސްޖީކީލިއަން އެމްބާޕޭލުއިސް އެންރީކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު