Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމު

"ގަދަބާރުން އަޅުގަނޑުމެންވެސް ނަގާ ހޫރާލި": ޝަމާއު

މާލެ ސިޓީ ކައުންސިލް މަގުމަތިކޮށްލި

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 06:35
ޝަމާއު ޝަރީފްގެ އިންޓަވިއުގެ ތެރެއިން

ޝަމާއު ޝަރީފްގެ އިންޓަވިއުގެ ތެރެއިން

ކައުންސިލްތައް ބާރުވެރިކޮށް ލޯކަލް ގަވަރނަންސް ރާއްޖޭގައި ހަރުދަނާ ކުރެވޭނީ އެމްޑީޕީގެ ސަރުކާރެއްގައިކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ކައުންސިލްތައް ބާރުވެރިކުރުވުމަށް ކައުންސިލްތަކާއިބެހޭ މިނިސްޓްރީއެއް އުފައްދަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން ރާއްޖެޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝަމާއު ވިދާޅުވީ އެކަންކުރުމަށް ވަކި ހާއްސަ މިނިސްޓްރީއެއް އުފައްދަން ނުޖެހޭނެކަމަށެވެ.

Advertisement - newsAdvertisement

ޝަމާއު ވިދާޅުވީ، އެއީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ވަރަށް ސާފުކޮށް ކަންކަން ފަހިކޮށްދޭނެކަން ޤާނޫނުގައި ބަޔާންކޮށްފައިކަމަށެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް ކަންކަން ފަހިކޮށްދޭން ޤާނޫނީ ހުރަހެއް ނެތްކަމުން، އެކަންކަން ނުކުރެވެންޖެހޭ އެއްވެސް ސަބަބެއްނެތްކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާއުވަނީ 2012ން 2018އަށް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މާލެ ސިޓީ ކައުންސިލްއާއި މެދު ކަންކަން ކުރެއްވިގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން، މާލެ ސިޓީ ސިޓީ ކައުންސިލްގެ ބާރު އެއްކޮށް ކަނޑުވާލާ ހައުސިން މިނިސްޓްރީގެ ބާރުގެ ދަށަށް މާލެ ސިޓީ ކައުންސިލް ގެންގޮސް، މާލެ ސިޓީ ކައުންސިލް މަގުމަތިކޮށްލެއްވިކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި މާލެ ސިޓީ ކައުންސިލަށް ދޭނެ ތަނެއް ނެތް ކަމަށް މުއިއްޒު އޭރު ވިދާޅުވިކަމަށް ޝަމާއު ފާހަގަކުރެއްވިއެވެ.

ޝަމާއު އިތުރަށް ވިދާޅުވީ، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މާލެ ސިޓީ ކައުންސިލަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރެއްވިކަމަށެވެ. އެގޮތުން، ސިޓީ ހޯލް އިން ގަދަ ބާރުން، އަނިޔާވެރިކަމާއެކު ސިޓީ ކައުންސިލް ނެރެލާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ބޮޑެތި ހުރަސްތަކެއް އެޅުއްވިކަމަށެވެ. އަދި ގާނޫނަށް ބަދަލުތަށް ގެނެސް، ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަށް އޭރުގެ ރައީސްގެ އަތްޕުޅަށް ނެންގެވުމަށްފަހު، އޭރު ކައުންސިލްތަކުން ކުރަމުން ގެންދިޔަ މައިގަނޑު 27 ކަމެއް ހައުސިން މިނިސްޓްރީއަށް ބަދަލުކުރެއްވިކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި އެ ބަދަލާއެކު މާލެ ސިޓީ ކައުންސިލަށް ހަވާލުކުރެއްވި ހަމައެކަނި މަސައްކަތަކީ ވިހައި މަރުވާ ބެލެހެއްޓުން އެކަނި ކަމަށް ޝަމާއު ވިދާޅުވިއެވެ.  

މީގެއިތުރުން، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން، މާލެ ރައްޔިތުން ދަތުރުދިޔުމަށް އޮތް ކުޑަބަނޑޮސް އަތުލައި، ރިސޯޓް ހަދަން ވިއްކާލެއްވިކަމަށާއި، އަދި ސިޓީ ކައުންސިލް އޭރު ހިންގަމުންދިޔަ ޓިނު އޮފީހުގައި ރައްޔިތުންނާއި މާލެ ސިޓީ ކައުންސިލުން ބައްދަލުކުރަމުންދަނިކޮށް ކަރަންޓު ކަނޑާލިކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު އިތުރަށް ވިދާޅުވީ، މުސްތަގްބަލަށް ވިސްނާ، އުފާވެރިކަމާއެކު ދިރިއުޅެން ބޭނުންކަމަށްވަނީ ނަމަ، މުއިއްޒު ކަންކަން ކުރައްވާފަ ހުންނެވި ގޮތްތަކާ މެދު ވިސްނަން ޖެހޭކަމަށެވެ. އެގޮތުން، ޕީޕީއެމްގެ ސަރުކާރުގައި، ޚާއްސަކޮށް މުއިއްޒު އިސްވެހުންނަވައިގެން ކުރިން ނުކުރެއްވި ކަމެއް ދެނެއް ނުކުރައްވާނެކަމަށާއި، ކުރިން ކުރެއްވި ކަންކަން ދެންވެސް ކުރައްވާނެކަމަށް ޝަމާއު ތުހުމަތުކުރެއްވިއެވެ.

ނަމަވެސް، ރައީސް ސާލިހްގެ ވެރިކަމުގައި ކައުންސިލްތަކަށް ލިބިގެންވާ ހުރިހާ ބާރެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކަށް ދެއްވާފައިވާކަމަށާއި، ރައީސް ސާލިހްއަކީ، "ޓްރެކް ރެކޯރޑް" ސާފު ބޭފުޅެއްކަމަށް ވެސް ޝަމާއު ފާހަގަކުރެއްވިއެވެ.

ވަރަށްފުންކޮށް މިކަންކަމާ މެދު ވިސްނާ ކުރިން ވެދިޔަ ގޯސްތަކަށް އަލުން ފުރުސަތު ނުދީ، ދެވަނަ ދައުރަކަށް ރައީސް ސާލިހު އައްޔަންކުރެއްވުމަށް ޝަމާއު ވަނީ ގޮވާލައްވާފައެވެ.

ޝަމާއު ޝަރީފްމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު