Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި މޮޅުވެ، ޗެމްޕިއަން ސިޓީ އަށް ރަނގަޅު ފެށުމެއް

ގްރޫޕްގެ އެއް ވަނައިގައި އޮތް ލައިޕްޒިގާއި، ދެ ވަނައިގައި އޮތް ސިޓީ އަށް ލިބެނީ ތިން ޕޮއިންޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 05:31
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެފްކޭ ކޫވްވެނާ ޒުވެޒްޑާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ފެށުން ރަނގަޅު ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެފްކޭ ކޫވްވެނާ ޒުވެޒްޑާ އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އޮސްމާން ބުކާރީ އެވެ. އޭނާ ލަނޑު ޖެހީ މިކޯ އިވާނިކް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ސިޓީން މެޗުގައި ނަތީޖާ ހަމަހަމަަކޮށް، ލީޑު ނެގީ ވެސް ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާގެ ހޫލިއަން އަލްވާރޭޒް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނޯވޭގެ އާލިން ހާލަންޑް އެވެ. މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ރޮޑްރީ ޖެހީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ. އޭނާ އެ ލަނޑު ޖެހީ ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މި ގްރޫޕްގައި އާރްބީ ލައިޕްޒިގުން ވަނީ ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ. ލައިޕްޒިގުން މެޗު ކާމިޔާބު ކުރީ 3-1 އިންނެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތް ލައިޕްޒިގާއި، ދެ ވަނައިގައި އޮތް ސިޓީ އަށް ލިބެނީ ތިން ޕޮއިންޓެވެ. ލައިޕްޒިގް ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު