Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫ ފަރަށް އެރި ދެ އުޅަނދު

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ސެޕްޓެމްބަރު 2023 | ބުދަ 02:09
ދިއްދޫ ފަރަށް އެރި ޓަގު ބޯޓު

ދިއްދޫ ފަރަށް އެރި ޓަގު ބޯޓު

ހއ. ދިއްދޫ ފަރަށް އެރި، އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ޓަގަކާއި ބާޖުގެ ވެރި ފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ދިއްދޫ އަށް ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓް، "މުތާ ޕްރިންސަސް" އާއި ބާޖު ދިއްދޫ ފަރަށް އެރީ މޭ މަހުގެ އެއް ވަނަ ދުވަހުއެވެ. ބޮޑުހިލަ ބަރުކޮށްފައިވާ ބާޖު ފަސޭހަކަމާ އެކު ފުން ކުރެވުނަސް، ޓަގު ބޯޓު ފުން ކުރީ ފަރަށް އެރިތާ ހަތަރު ދުވަސް ފަހު މާލެއިން އިތުރު ޓަގެއް ގޮސްގެންނެވެ.

ދިއްދޫ އަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ގޮސް އެ ފަރަށް ލިބުނު ގެއްލުންތައް ބެލިއެވެ. އީޕީއޭން ބުނީ އެ ޓީމުން ކުރި ސާވޭއިން އެނގުނު ގޮތުގައި ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖޫރިމަނާއަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީ އަށް ދެއްކުމަށް އެ އުޅަނދުތަކުގެ ރާއްޖޭގެ އޭޖެންޓު، އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

ގަވާއިދުގައި އޮންނަ ގޮތުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ދައްކަން ޖެހޭނީ އެ އަދަދެވެ. އެ ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހާއެކު ފަށާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

ހއ.ދިއްދޫއީޕީއޭ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
30 ޖެނުއަރީ 2025

ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

30 ޖެނުއަރީ 2025
ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ
28 ޖެނުއަރީ 2025

ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖެނުއަރީ 2025
ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް
27 ޖެނުއަރީ 2025

ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި

27 ޖެނުއަރީ 2025
ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި
27 ޖެނުއަރީ 2025

އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!

27 ޖެނުއަރީ 2025
އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!
27 ޖެނުއަރީ 2025

މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ

27 ޖެނުއަރީ 2025
 މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ
15 މެއި 2024

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

15 މެއި 2024
އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު