Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލީބިޔާގެ ފެންބޮޑުވުމުގެ ހާދިސާ

"ގަރާޖުން ނުކުމެގެން ދިޔައިރު ކުރެވެމުން ދިޔައީ މަރު ގާތްވެއްޖެ ކަމުގެ އިޙުސާސް"

ތޫފާނީ ގަދަވިއްސާރަގަނޑުގެ ތެރޭގައި، ޑޭމްތައް ފަޅަފަޅައިގެން ގޮސް، ރަށު ތެރެއަށް ފެންގަނޑު ބަންޑުންކޮށްލި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 11:20
ލީބިޔާއަށް ކުރިމަތިވި ގަދަވިއްސާރައާއި ފެންބޮޑުވުމުގެ ހިތްދަތި ކާރިޘާގައި މަރުވި މީހުންގެ ކަށަވަރު ޢަދަދެއް އަދިވެސް ލިބޭ ގޮތެއް ނުވޭ

ލީބިޔާއަށް ކުރިމަތިވި ގަދަވިއްސާރައާއި ފެންބޮޑުވުމުގެ ހިތްދަތި ކާރިޘާގައި މަރުވި މީހުންގެ ކަށަވަރު ޢަދަދެއް އަދިވެސް ލިބޭ ގޮތެއް ނުވޭ

ލީބިޔާގެ އިރުއުތުރު އައްސޭރިފަށުގެ އަވަށެއް ކަމަށް ސޫސާގެ މަގުތައް މަތިން ފެންނަނީ ކިސަޑު ބޯވެފައި ވާ މަންޒަރާއި ހަލާކުވެފައި ވާ ކާރުތަކެވެ. އަހުމަދު އަލް ކަރްކަރާ އަކީ ސޫސާގެ ރަށްވެއްސެކެވެ. ނަމަވެސް، ލީބިޔާގެ އަދުގެ ތާރީޚު ދުށް އެންމެ ވަރުގަދަ ފެންބޮޑުވުމުގެ ކާރިޘާގައި، އަހުމަދުގެ ގެއާއި ކާރުތައް ވަނީ އޮޔާ ގެންގޮސްފައެވެ.

އެތައް ހާސް ބައެކޭ އެއްފަދައިން އަހުމަދުވެސް މިއަދު މަސައްކަތް ކުރަމުން ދަނީ ލިބުނު ގެއްލުމާއި ކުރިމަތިވި ހިތާމައާއި އެކުގައިވެސް ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯއެވެ. ތޫފާނީ ގަދަ ވިއްސާރަގަނޑުގެ ތެރޭގައި އޭނާގެ ގެ، ފެނު އަޑިއަށް ޣަރަޤުވެގެން ދިޔަ ބިރުވެރި ރޭގެ ހަނދާންތަކުން މިންޖުވެވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ގެއަކީ އޭނާގެ މާބަނޑު އަންހެނުންނާއި ދަރިންވެސް ދިރިއުޅެމުން ދިޔަ ހިޔާވައްސެވެ.

އެއީ ސެޕްޓެމްބަރ 10 ވީ އާދީއްތަ ދުވަހުގެ ދަންވަރުގެ ވަޤުތެކެވެ. ތޫފާނީ ގަދަވިއްސާރަގަނޑުގެ ތެރޭގައި، ޑޭމްތައް ފަޅަފަޅައިގެން ގޮސް، ރަށު ތެރެއަށް ފެންގަނޑު ބަންޑުންކޮށްލީއެވެ. ރަށު ތެރޭގެ ހާލަތު، އޮއެބާރު ކަނޑެއް ފަދައެވެ. އެތައް ފަންގިލާއަކަށް ހަދާފައި ވާ ގެތަށް، ކަނޑަށް ދަމައިގަތީ، އެ ގެތަކުގެ ތެރޭގައި ނިދާފައި ތިބި މީހުންނާވެސް އެކީގައެވެ.

ލީބިޔާއަށް ކުރިމަތިވި ގަދަވިއްސާރައާއި ފެންބޮޑުވުމުގެ ހިތްދަތި ކާރިޘާގައި މަރުވި މީހުންގެ ކަށަވަރު ޢަދަދެއް އަދިވެސް ލިބޭ ގޮތެއް ނުވެއެވެ. ރަސްމީ ތަފާސް ހިސާބުތަކުގައިވެސް ފަރަޤުތަކެއް އެބަ ހުއްޓެވެ. ނަމަވެސް، ކޮންމެ ޢަދަދެއްވެސް ހާހުން ގުނާލެވެއެވެ.

ކާރިޘާއަށް ހަފުތާއެއް ވާން ގާތްވެފައި ވާ އިރު، މަރުވި މީހުންގެ ޢަދަދު 11300 އަށް ވަނީ އަރާފައެވެ. ގެއްލިފައި ވާ މީހުންގެ ލިސްޓުގައިވެސް އިތުރު އެތައް ހާސް ބައެއްގެ ނަން އެބަ އޮތެވެ.

ހިޖުރަވެރިންނާ ބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާ (އައިއޯއެމް)އިން ހުކުރު ދުވަހު ހާމަ ކުރި ގޮތުގައި، ކާރިޘާގައި އެންމެ ބޮޑަށް އަސަރު ފޯރި އިރުއުތުރުގެ ސަރަޙައްދުތަކުގައި އެކަނިވެސް، 38640 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި އެބަ ތިބި ކަމަށެވެ.

ލީބިޔާގައި ފެންބޮޑުވުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު