Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލީބިޔާގެ ފެންބޮޑުވުމުގެ ހާދިސާ

ލީބިޔާގައި ފެންބޮޑުވެ އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި، މުދަލަށް ގެއްލުންވުމުގައި މޫސުމާ ބެހޭ އިދާރާގެ އިހުމާލު؟

ދެވަނަ ފަހަރަށް އިވުނު އަޑުފަށްގަނޑާއެކު ރަށު ތެރެއަށް ފެންގަނޑު ބަންޑުންކޮށްލި، އެ އަޑުފަށްގަނޑަކީ، ޒަމާންވެ، ބާވެފައިވާ ޑޭމްތައް ފަޅަފަޅައިގެން ދިޔަ އަޑު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2023 | ހޯމަ 05:44
ފެންބޮޑުވުމުގެ ކާރިޘާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ދާރުނާގެ ރަށްވެހިން ނިދިން ހޭލައްވާލީ ބާރު އަޑުފަށްގަނޑަކާ އެކީގައި

ފެންބޮޑުވުމުގެ ކާރިޘާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ދާރުނާގެ ރަށްވެހިން ނިދިން ހޭލައްވާލީ ބާރު އަޑުފަށްގަނޑަކާ އެކީގައި

ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ހިތްދަތި ކަމާއި މާޔޫސްކަމެވެ. މަޑުމޮޅިކަމެވެ. ނުތަނަވަސްކަމާއި ހާސްކަމެވެ. ހުސްވި ހަފުތާގެ ކުރީކޮޅު ލީބިޔާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ވަރުގަދަ ކާރިޘާގައި ފުރާނަ ސަލާމަތް ވި އަހުމަދު އަލް-ޙަވާލުގެ މޫނުމަތިންވެސް ފެންނަނީ އެ އަސަރުތަކެވެ. އަލް ބައިދާ އަވަށުގައި އޭނާ ދިރިއުޅެމުން ދިޔަ ގެ މިއަދު އޮތީ ހަފުސްވެފައެވެ. އިމާރާތުގެ ބައިތަކާއި އެކި ކަހަލަ ކުނިބުނިން މުޅި ތަން އޮތީ ފުރިފައެވެ. ކުނިތަކުގެ ތެރެއިން ހިނގަމުން، ކިސަޑު ބޯވެފައިވާ ތަޅުންގަނޑު ސާފު ކުރުމުގެ މަސައްކަތުގައި އޭނާ އަވަދިނެތި އުޅެމުން ދިޔައެވެ.

ޙަވާލުގެ ޢާއިލާއިން ދިރިއުޅެމުން ދިޔަ ސަރަޙައްދަކީ މިއަދު އެއްވެސް ބަޔަކަށް ދިރިއުޅެވޭނެ ފަދަ ހާލަތެއްގައި އޮތް ތަނެއް ނޫނެވެ. އޭނާގެ އަވަށްޓެރިންގެ ގޮތުގައި ދިރިއުޅެމުން ދިޔަ 12 ޢާއިލާއެއް މިއަދު ތިބީ ބޯހިޔާ ކޮށްލާނެ ފަދައެއްވެސް ނެތިއެވެ.

އެއީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ތޫފާނީ ގަދަ ވިއްސާރާގައި ޑޭމްތަކެއް ފަޅައިގެން ގޮސް، ރަށުތެރެއަށް ފެންގަނޑު އަރައިގެން އައީ ކެކިގެން އައި ގަދަ ކަނޑެއް ފަދައިންނެވެ. ޢިމާރާތްތައް ބިމާ ހަމަ ކުރަމުން ފެންގަނޑު ދެމިގެން ދިޔައިރު ރަށު ތެރޭގައި ފިސާރި އޮއެވެސް ބާރެވެ. އެއީ އަދުގެ ތާރީޚުގައި މުޅި ލީބިޔާ ދުށް، އެންމެ ގެއްލުން ދެނިވި ޤުދުރަތީ ކާރިޘާއެވެ. އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިދިޔަ، ހިތްދަތި ކާރިޘާއެކެވެ. އެތައް ހާސް ބަޔަކަށް ވީ ގޮތެއް އަދިވެސް ނޭނގެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާއި، ޤުދުރަތީ ކާރިޘާތަކުގެ ގެއްލުން އިންތިހާއަށް ބޮޑުވުގެން ދިއުމުގައި އިންސާނީ އިހުމާލުތަކެއް ނުވާ ކަމުގައި ދެންނެވޭކަށް ނެތެވެ. އެއީ ޤަބޫލު ކުރަން ޖެހިފައި އޮތް ހިތްދަތި ޙަޤީޤަތެކެވެ.

މަސައްކަތުގެ ޒިންމާ ފުރިހަމައަށް އަދާ ކުރަމުން ދާ، މޫސުމާ ބެހޭ އިދާރާއެއް ލީބިޔާގައި އޮތް ނަމަ، ފެންބޮޑުވުމުގެ ކާރިޘާގައި މަރުވެ ދިޔަ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު އޮތީސް ކަމަށް، ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއުއެމްއޯ)ގެ އިސްވެރިޔާ، ޕެޓޭރީ ޓާލާސް ވަނީ ވިދާޅުވެފައެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި ދިޔަ ކާރިޘާއަށް ފަހު އެ ޤައުމުގެ ކަންކަން ހިންގުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ޒިންމާތަކާއި މައްސޫލިއްޔަތުތައް އާންމު އުސޫލުން ހިންގާ ވެރިކަމުގެ ނިޒާމެއް އެ ޤައުމުގައި ނެތުން ކަމަށެވެ.

އުތުރު އެޓްލާންޓިކް ޤައުމުތަކުގެ އަސްކަރީ އިއްތިހާދު (ނޭޓޯ)ގެ އެއްބާރުލުމާއެކު 2011 ވަނަ އަހަރު، މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލި ފަހުން ލީބިޔާގައި ސާބިތުވެ އޮތް މަރުކަޒީ ސަރުކާރެއް އެކުލަވާލެވިފައެއް ނެތެވެ. އޭގެ ފަހުން، ސިލްސިލާ ގޮތެއްގައި ހަނގުރާމަތައް ކުރިއެވެ. 7 މިލިއަން މީހުންގެ އާބާދީއެއް އޮތް ލީބިޔާ އޮތީ ސިޔާސީ ޚިޔާލު ތަފާތުވުންތަކާއެކު ފޮތިފޮތިވެ، ރޫޅިފައެވެ. މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް އެޅިގެންދާ އެންމެ ބޮޑު ހުރަހަކީވެސް ހަމަ އެއީއެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެން ފައިވާ ގަވަރމަންޓް އޮފް ނޭޝަނަލް ޔުނިޓީ (ޖީއެންޔޫ) މަރުކަޒު ވެފައި އޮތީ، ދެކުނުން ތުރާބުލުސްގައެވެ. ކަން އެހެން އޮތް އިރު، އިރުމަތީގައި، ދާރުނާވެސް ހިމެނޭހެން އެހެން ސަރުކާރެއް ހިންގައެވެ.

ލީބިޔާގެ މޫސުމާ ބެހޭ އިދާރީ ނިޒާމުގެ ކަންކަން ހަރުދަނާ ކުރުމަށް ޑަބްލިއުއެމްއޯއިން މީގެ ކުރިންވެސް ލީބިޔާގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައި ވާނެކަމަށް ޓާލާސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އަމަލީ ގޮތެއްގައި އެކަންކަން ފުރިހަމަ ކުރުމަށް، ސަލާމަތީ ރައްކާތެރިކަމުގެ ނުތަނަވަސްކަން ހުރަހަކަށް ވެފައި އޮތްކަން، ޑަބްލިއުއެމްއޯގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފެންބޮޑުވުމުގެ ކާރިޘާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ދާރުނާގެ ރަށްވެހިން ނިދިން ހޭލައްވާލީ ބާރު އަޑުފަށްގަނޑަކާ އެކީގައެވެ. އޭރު ގަޑިން، މެންދަމުން އަލިވެ 03:00 ޖެހީއެވެ. ދެވަނަ ފަހަރަށް އިވުނު އަޑުފަށްގަނޑާއެކު ރަށު ތެރެއަށް ފެންގަނޑު ބަންޑުންކޮށްލިއެވެ. އެ އަޑުފަށްގަނޑަކީ، ޒަމާންވެ، ބާވެފައިވާ ޑޭމްތައް ފަޅަފަޅައިގެން ދިޔަ އަޑެވެ.

ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް، ދާރުނާއިން އެކަނިވެސް 11000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.

ލީބިޔާގައި ފެންބޮޑުވުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު