Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިންގެ ގައުމީ ޓީމު

ރުބިއާލޭސްއާ ދެކޮޅަށް ކުރި ދައުވާ ކާމިޔާބު ކުރެވޭނެ: ކާލާ ވޯލް

އޭނާ ބުނީ އެންމެ ފުރަތަމަ ފެށުނީއްސުރެ އެމީހުން އަންނަނީ އެއްގޮތެއްގައި އެ ވާހަކަ ދައްކަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 06:32
ޖެނީ ހާމޯސޯގެ ގާނޫނީ ވަކީލު ކާލާ ވޯލް، ނޫސްވެރިންނާ ވާހަކަދައްކަނީ

ޖެނީ ހާމޯސޯގެ ގާނޫނީ ވަކީލު ކާލާ ވޯލް، ނޫސްވެރިންނާ ވާހަކަދައްކަނީ

ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސްއާ ދެކޮޅަށް ކުރާ، ޖިންސީ ގޯނާ ކުރުމުގެ ދައުވާ ކާމިޔާބު ކުރެވޭނެ ކަމަށް، ޖެނީ ހާމޯސޯގެ ގާނޫނީ ވަކީލު ކާލާ ވޯލް ބުނެފިއެވެ.

ކާލާ ވޯލް މިހެން ބުނީ އެ މައްސަލާގައި ހުކުރު ދުވަހު އޮތް އަޑުއެހުމަށްފަހު، ހައި ކޯޓުން ނިކުމެ ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ފެށުނީއްސުރެ އެމީހުން އަންނަނީ އެއްގޮތެއްގައި އެ ވާހަކަ ދައްކަމުން ކަމަށެވެ. އެއީ ރުބިއާލެސް ހާމޯސޯއަށް ބޮސްދިނީ އެއްވެސް ރުހުމެއް ނެތި ކަމަށާއި، އެ މަންޒަރު ފެންނަ ފޮޓޯ ތަކާއި، ޓީވީން އެ މަންޒަރު ދުށް، ގައުމުގެ އެންމެނަށް ވެސް އެކަން ސާފުވާނެ ކަމަށެވެ. އެ މައްސަލާގައި އިޖުތިމާއީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ބޮޑެތި ކަންކަން ފާހަގަވާން ހުރި ކަމަށާއި، އެހެން ކަމުން ރުބިއާލޭސްއާ ދެކޮޅަށް އެ މައްސަލަ ނިމޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ކާލާ ވޯލް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކާލާ ވޯލް ބުނީ އާންމު އިންސާނެއްގެ ބުއްދީގެ ހަމަތަކުގެ މަތިން ވިސްނި ނަމަވެސް، އެކަމުގެ ސަބަބުން ހާމޯސޯއަށް ކުރާނެ އަސަރު އެނގޭނެ ކަމަށެވެ. ނަފްސާނީ ގޮތުން ހާމޯސޯއަށް އަސަރުކޮށްފައި ވާކަމަށާއި، އެއީ އެންމެ ބޮޑު އެެއް މައްސަލަ ކަމަށް ކާލާ ވޯލް ފާހަގަކުރިއެވެ. ކާލާ ވޯލް ބުނީ ފައިނަލަށްފަހު ދަނޑުގައި ހާމޯސޯ ތަޖުރިބާ ކުރަން ޖެހުނީ ހިތްދަތި ކަމެއް ކަމަށެވެ. ކުޅިވަރުގެ ނަޒަރަކުން ބެލި ނަމަވެސް އެއީ މައްސަލައެއް ކަމަަށާއި، ހައިކޯޓުގައި އެކަން ފާހަގަކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލާގައި ރުބިއާލޭސް ތަމްސީލުކުރާ ވަކީލުން ވަނީ ނޫސްވެރިންނާ ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައެވެ. އޭނާގެ ވަކީލުން ބުނީ ހުކުރު ދުވަހު އޮތީ ފުރަތަމަ އަޑުއެހުން ކަމަށާއި، މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލައި، ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، ފަހުން ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުލުއިސް ރުބިއާލޭސްކާލާ ވޯލް (ގާނޫނީ ވަކީލު)

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު