Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޮރޮކޯ ބިންހެލުން

މޮރޮކޯ ބިންހެލުން: "ކުރިއަށް އޮތީ ފިނި މޫސުން... އަތަކު ހަމަ އެކައްޗެއްވެސް ނެތް"

މޮރޮކޯ ސިއްސުވާލި ވަރުގަދަ ބިންހެލުމުގެ ކާރިޘާއާ ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި އެ ޤައުމަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2023 | ހުކުރު 10:24
ބިންހެލުމުގެ ކާރިޘާގައި ގެދޮރު ގެއްލުނު ބައެއް މީހުންނަށް އެ ޤައުމުގެ ސަރުކާރުން ވަނީ ވަޤުތީ ޓެންޓުތަކެއް ފޯރުކޮށްދީފައި

ބިންހެލުމުގެ ކާރިޘާގައި ގެދޮރު ގެއްލުނު ބައެއް މީހުންނަށް އެ ޤައުމުގެ ސަރުކާރުން ވަނީ ވަޤުތީ ޓެންޓުތަކެއް ފޯރުކޮށްދީފައި

ސެޕްޓެމްބަރު 8 ވީ ހޮނިހިރު ވިލޭރޭ، މޮރޮކޯ ގަޑިން 11 ޖަހާ އެހާކަންހާއިރު އައި ވަރު ބާރުގަދަ ބިންހެލުމެއް އެ ޤައުމު ތަޖުރިބާ ނުކުރާތާ މިހާރު ޤަރުނަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރެކްޓަރ މިންގަނޑުން 6.8ގެ ބާރުމިނުގައި އައި ބާރުގަދަ އެ ބިންހެލުމުގައި ހާލުގައި ޖެހުނު އެތައް ހާސް ބަޔަކު އަދިވެސް ދިރިއުޅެމުން ދަނީ އިންތިހާ ދަތި ހާލުގައެވެ. ސެޕްޓެމްބަރ 12 ވީ އަންގާރަ ދުވަހުގެ ރެއަކީ ބިންހެލުމުގެ ކާރިޘާއަށް ފަހު މޮރޮކޯގެ އެތައް ހާސް ބަޔަކު މަގުތަކުގައި ނިދަން މަޖުބޫރުވި 4 ވަނަ ރެއެވެ. ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވި އެކަހެރި އަވަށްތަކަށް، ރެސްކިއު ޓީމުތަކަށް އަދި އުޅެނީ ރަނގަޅަށް ކައިރި ނުވެވިގެންނޭވެސް ދެންނެވިދާނެއެވެ.

ހައި އެޓްލަސް ފަރުބަދަތަކުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގެ ކާރިޘާގައި މަރުވި މީހުންގެ ޢަދަދު 2800 އަށް ވުރެ މައްޗަށް، އަދި ޒަޚަމްވީ މީހުންގެ ޢަދަދު 2500 އަށް ވުރެ މަތީގައި އުޅޭ އިރު، މި ޢަދަދުތައް އަދިވެސް މައްޗަށް އެރުން އެކަށީގެން ވާ ކަމަށް ބެލެވެއެވެ.

އަމިޒްމިޒްއަކީ ފަރުބަދަތަކުގެ ފެށޭ ހިސާބު ތިރީގައި އޮންނަ ބޮޑު އަވަށެކެވެ. މިއަދު އެއީ އެހީގެ މައި މަރުކަޒަކަށްވެސް ވެފައި އޮތް އަވަށެކެވެ. ބިންހެލުމުގެ ކާރިޘާގައި ގެދޮރު ގެއްލުނު ބައެއް މީހުންނަށް އެ ޤައުމުގެ ސަރުކާރުން ވަނީ ވަޤުތީ ޓެންޓުތަކެއް ފޯރުކޮށްދީފައެވެ. އަނެއް ބަޔަކަށް އަދިވެސް އޮތް ހަމަ އެކަނި ހިޔާވަހިކަމަކީ ރަޖާގަނޑެއްގެ މިންވަރެވެ. އެފަދަ އެކަކީ ވަޑާމުގެ މަސައްކަތުގައި އުޅެމުން ދިޔަ ނޫރައްދީން ބޫ ޔަޤީރުވާންއެވެ. ނޫރައްދީންގެ ދެމަފިރިންނާއި އޭނާގެ މައިދަތައާއި 2 ފިރިހެން ދަރިން މިވަޤުތު ހިޔާވަހިކަން ހޯދަމުން ދަނީ ރަޖާތަކުން ހަދާފައި ވާ ތަންކޮޅެއްގެ ތެރޭގައެވެ. ނޫރައްދީންގެ ފިރިހެން ދަރިންގެ ތެރެއިން އެއް ކުއްޖަކީ އޯޓިޒަމްވެސް ހުންނަ ކުއްޖެކެވެ.

ޓެންޓު ޖަހާފައި ވާ ކޭމްޕެއްގައި ދިރިއުޅެމުންދާ މަލީކާ ވަބީލާ ބުނި ގޮތުގައި ބިންހެލުމުގެ ކާރިޘާގައި އެމީހުންނަށް ހަމަ އެއްވެސް އެއްޗެއް ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

މޮރޮކޯ ސިއްސުވާލި ވަރުގަދަ ބިންހެލުމުގެ ކާރިޘާއާ ގުޅިގެން ބައިނަލްއަޤުވާމީ ފެންވަރުގައި އެ ޤައުމަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އެގޮތުން ސްޕެއިން، އިނގިރޭސިވިލާތް އަދި ޤަޠަރުގެ ރެސްކިއު ޓީމުތަކުން ދަނީ މޮރޮކޯގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. އިޓަލީވިލާތާއި ބެލްޖިއަމް އަދި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުންވެސް ވަނީ ސްޕެޝަލިސްޓުން ފޮނުވަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އެކަމަށް ޢަމަލީ ސިފަ ލިބެނީ، މޮރޮކޯ ސަރުކާރުގެ ފެހި ސިގުނަލާއެކުގައެވެ.

ވަޤުތު ފާއިތުވަމުން ދާ ވަރަކަށް، އިތުރު ބަޔަކު ދިރި ތިއްބާ ފެނިދާނެ ކަމުގެ ޢުއްމީދުވެސް ދަނީ ފަނޑުވަމުންނެވެ. މޮރޮކޯގެ ފަރުބަދަމަތީ އަވަށްތަކުގައި ޢިމާރާތްތައް އާންމު ގޮތެއްގައި އަޅާފައި ހުންނަނީ އެންމެ އިހުގެ ކިސަޑު ގާ ބޭނުންކޮށްގެން ކަމުން، ޢިމާރާތްތައް ބިމާހަމަވެގެން ދާއިރު، ވައި ހިނގާނެ ކުޑަ ޖާގައެއް ނަމަވެސް ނޯވެއެވެ.

މޮރޮކޯ ބިންހެލުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު