Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ އެވޯޑްސް 2023

ފީފާ އެންމެ މޮޅު ކޯޗުންގެ ނޮމިނޭޝަންގައި ގާޑިއޯލާ އަދި ޒަވީ

ޒަވީ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު، ގާޑިއޯލާ ވަނީ އެ ޓީމުގައި އޭނާ އަށް އިރުޝާދު ދީފައި، އޭގެ ކުރިން ކުޅުންތެރިންގެ ގޮތުގައި ބާސެލޯނާ އަށް ކުޅުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2023 | ހުކުރު 05:19
ޒަވީ އަދި ގާޑިއޯލާ އެކުގައި

ޒަވީ އަދި ގާޑިއޯލާ އެކުގައި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުންގެ ނޮމިނޭޝަންގައި ފަސް ކޯޗަކު ހިމެނިއްޖެ އެވެ.

ފީފާ އިން ހާމަކުރި ނޮމިނޭޝަންގައި ހިމެނެނީ، މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޕެޕް ގާޑިއޯލާ، ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޒަވީ ހެނާންޑޭޒް، އިންޓަ މިލާނަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ސިމޯން އިންޒާގީ، ނަޕޯލީ އަށް ކުރި އިރުޝާދު ދިން އަދި މިހާރު އިޓަލީ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ލޫސިއާނޯ ސްޕަލެޓީ އަދި ޓޮޓެންހަމަށް އިރުޝާދު ދެމުން އަންނަ އޮސްޓްރޭލިއާގެ އެންޖް ޕޮސްޓެކޯގްލޫ އެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ގާޑިއޯލާ އަދި ޒަވީ އެވެ. ޒަވީ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު، ގާޑިއޯލާ ވަނީ އެ ޓީމުގައި އޭނާ އަށް އިރުޝާދު ދީފަ އެވެ. އޭގެ ކުރިން ގާޑިއޯލާ އާއި ޒަވީ ވަނީ، ކުޅުންތެރިންގެ ގޮތުގައި އެކުގައި ބާސެލޯނާ އަށް ކުޅެފަ އެވެ.

ގާޑިއޯލާ ވަނީ ސިޓީ އާއެކު ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު، ޔުއެފާ ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕް އެވެ. އެއީ ސިޓީން އެ ކުލަބުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފަހަރެވެ. މީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑު ފިޔަވައި، އިނގިރޭސި ކުލަބަކުން ތިން ތަށި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެ، ޒަވީ ވެސް ވަނީ ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިންޒާގީ ވަނީ އިންޓަ އާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. ސްޕަލެޓީ ވަނީ 33 އަހަރަށްފަހު، ފުރަތަމަ ފަހަރަށް ނަޕޯލީ އަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދީފަ އެވެ.

ފީފާ އެވޯޑްސް 2023ޕެޕް ގާޑިއޯލާޒަވީފީފާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު