Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޮރޮކޯ ބިންހެލުން

"މީހުންތައް މަރުވަމުން ދިޔައިރު ނަގައިދޭށޭ ގޮވާ ހަޅޭއްލަވަމުން ދިޔަ އަޑު އެހިން...ހުރިހާ ކަމެއް ކުރީ އަމިއްލަ ދެ އަތުން"

ރެސްކިއު ޓީމުންތަކުން އަވަދިނެތި މަސައްކަތް ކުރަމުން ދިޔައީ ބިމާހަމަވެފައިވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރެވޭތޯ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 06:31
މޮރޮކޯ ބިންހެލުން - ބިންހެލުމުގެ ކާރިޘާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސަރަޙައްދަކީ ހައި އެޓްލަސް ފަރުބަދަތަކުގެ ސަރަޙައްދު

މޮރޮކޯ ބިންހެލުން - ބިންހެލުމުގެ ކާރިޘާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސަރަޙައްދަކީ ހައި އެޓްލަސް ފަރުބަދަތަކުގެ ސަރަޙައްދު

ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ރޭ މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގެ ކާރިޘާއިން ސަލާމަތްވެ، ޢުމުރުން 66 އަހަރުގެ މުޙައްމަދު އައުޝާން ތެދުވެގެން އައީ ހެޔޮ ހާލުގައެވެ. ނަމަވެސް މަރަކީޝްގެ ދެކުނުން އޮންނަ އޭނާގެ ވަޒަން ކަމުގައި ވާ ޓިކެޚްތީގައި ހުރި އޭނާގެ ގެއެއް މިހާރަކު ނެތެވެ.

ސެޕްޓެމްބަރު 11 ވަނަ ދުވަހެވެ. ބިންހެލުމަށް ފަހު 3 ދުވަސް ފާއިތުވީއެވެ. ރެސްކިއު ޓީމުންތަކުން އަވަދިނެތި މަސައްކަތް ކުރަމުން ދިޔައީ ބިމާހަމަވެފައިވާ ޢިމާރާތްތަކުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރެވޭތޯއެވެ. ހާދިޘާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ، އެ މަސައްކަތުގައި އައުޝާންވެސް ދިޔައީ ބައިވެރިވަމުންނެވެ. ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި ވާ ޢާއިލާގެ ލޯބިވާ މެންބަރުންނާއި އަވަށްޓެރިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ ޚުދު އޭނާގެ އަމިއްލަ ދެ އަތުންނެވެ.

އައުޝާން ކިޔައިދިން ގޮތުގައި ބިންހެލުމުގެ ކާރިޘާގައި އެ އަވަށުން އޭނާއާއެކު ފުރާނަ ސަލާމަތްވި އެހެން މީހުން ވަނީ، އިތުރު 25 މީހެއް ސަލާމަތްކޮށްދީފައެވެ. ނަމަވެސް 480 އެއްހާ މީހުން ދިރިއުޅެމުން ދިޔަ އެ އަވަށުން 68 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ގާކުނޑިތަކުގެ ދަށުން، އައުޝާންގެ މަސައްކަތުން ނެރެނު މީހުންގެ ތެރޭގައި އޭނާގެ އުޚުތެއްގެ ދެމަފިރިންނާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ހިމެނެއެވެ.

ބިންހެލުމުގެ ކާރިޘާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސަރަޙައްދަކީ ހައި އެޓްލަސް ފަރުބަދަތަކުގެ ސަރަޙައްދެވެ. އެންމެ އިހުގެ ކިސަޑު ގަލާއި ލަކުޑިއާއި ވަކަރު ބޭނުންކޮށްގެން ގެތަށް ހާދާފައި ވާ އެ ސަރަޙައްދުން އިތުރު ބަޔަކު ދިރި ހުއްޓާ ފެނުމުގެ ފުރުޞަތު ކުޑަ ކަމަށް، ރެސްކިއު ޓީމުތަކުން ހޯމަ ދުވަހު ވަނީ އިންޒާރު ކޮށްފައެވެ.

މަރަކީޝްގެ ދެކުނުން އޮންނަ ޓިކެޚްތީގެ ކުޑަ އަވަށްގަނޑެއްގައި ދިރިއުޅެމުން ދިޔަ މޮރޮކޯގެ ރައްޔިތުން މިހާރު ވަނީ ކުޑަ ފޭލިގެއަކަށް ބަދަލުވެފައެވެ. އެ އަވަށް އޮންނަނީ ބިންހެލުމުގެ އެޕިސެންޓަރގެ އިރުންނެވެ.

ޓިކެޚްތީގެ މީހުން ބަދަލުވި ޓެންޓުތަކަކީ ނިސްބަތުން ކުޑަ ޓެންޓުތަކެކެވެ. ނަމަވެސް އެ ޓެންޓުތަކަކީ މުޅި ޢާއިލާތައް އެކުގައި ހިއްސާ ކުރަން މަޖުބޫރު ޓެންޓުތަކެކެވެ. އެއީ ވަޤުތީ ޙައްލެއް ކަމަށް އައުޝާން ފާހަގަ ކުރިއެވެ. މިވަޤުތު އެމީހުންގެ އަތުގައި އިތުރު އެހެން އެއްވެސް އެއްޗެއް ނެތެވެ. އައުޝާންގެ މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް، ސުންނާފަތިވެ، ކުނިބުންޏަށްވެ ހިނގައްޖެއެވެ.

މޮރޮކޯގެ ސަރުކާރުން ވަނީ ބިންހެލުމުގައި ނޭދެވޭ އަސަރުތައް ކޮށްފައި ވާ މީހުންނަށް އެހީވުމަށް ފަންޑެއް ހުޅުވާފައި ވާ ކަން ހާމަކޮށްފައެވެ. ބޯފެނާއި ކާބޯތަކެތީގެ އިތުރުން ޓެންޓާއި ރަޖާ ފަދަ ސާމާނު ފޯރުކޮށްދީގެން، ރެސްކިއު ޓީމުތަކަށް އިތުރު އެހީތެރިކަންވެސް މޮރޮކޯގެ ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. ދުނިޔޭގެ ޞިއްޚަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ޚަބަރު ދޭ ގޮތުގައި، ބިންހެލުމުގެ ކާރިޘާގެ ނޭދެވޭ އަސަރު ކުރި މީހުންގެ ޢަދަދު 3 ލައްކައަށް ވުރެ މައްޗަށް އަރައެވެ.

ސެޕްޓެމްބަރު 11 ވީ ހޯމަ ދުވަހުގެ މެންދުރުފަހަށް އަޅައިގެން އައި އިރު، ބިންހެލުމުގެ ކާރިޘާގައި މަރުވި މީހުންގެ ޢަދަދު ވަނީ 2600 އަށް ވުރެ މައްޗަށް އަރާފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދުވެސް 2500 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ރޭ، މޮރޮކޯ ގަޑިން ރޭގަނޑު 11 ޖަހާކަން ހާއިރު، ރެކްޓަރ މިންގަނޑުން 7.0ގެ ބާރުމިނުގައި އައި ވަރުގަދަ ބިންހެލުމަކީ، މިދިޔަ 120 އަހަރު ދުވަހުގެ ތެރޭގައިވެސް އެ ސަރަޙައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް މަޢުލޫމާތު ލިބެއެވެ.

މޮރޮކޯ ބިންހެލުންދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު